ލަސްނުކޮށް ސުލްހައިގެ މަޝްވަރާ ފަށަން ޔޫކްރެއިންގެ ރައީސް ގޮވާލައްވައިފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޮނިހިރު ދުވަހު ގައުމާ މުހާތަބު ކުރައްވަނީ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޮނިހިރު ދުވަހު ގައުމާ މުހާތަބު ކުރައްވަނީ.

"ލަސްނުކޮށް" ސުލްހައިގެ މަޝްވަރާ ފެށުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޮނިހިރު ދުވަހު ގޮވާލައްވައިފި އެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި ރަޝިއާއަށް ހެދިފައިވާ "ގޯސްތަކުން" ލިބޭ ގެއްލުން ކުޑަ ކުރުމަށް އޮތް ހަމައެކަނި ފުރުސަތަކީ ސުލްހައިގެ މަޝްވަރާ ފެށުން ކަމަށެވެ.

"ރަޝިއާއިން ހަދާފައިވާ ގޯސްތަކުން ލިބެމުންދާ ގެއްލުން ކުޑަ ކުރަން ލިބޭ ހަމައެކަނި ފުރުސަތަކީ މިއީ،" ރޭ ވީޑިއޯ މެދުވެރިކޮށް ދެއްވި ހިތާބުގައި ޒެލެންސްކީ ވިދާޅުވި އެވެ.

"މިއީ ބައްދަލުކުރަންވީ ވަގުތު. މިއީ މަޝްވަރާ ކުރަންވީ ވަގުތު. މިއީ ޔޫކްރެއިނަށް އިންސާފު ހޯދައިދީ، ޔޫކްރެއިންގެ ބިމުގެ ސަރަހައްދު އަނބުރާ ކަށަވަރު ކުރަންވީ ވަގުތު."

ސުލްހައިގެ މަޝްވަރާއަށް ގޮވާލާފައިވާ އިރު، ރަޝިއާގެ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ޔޫކްރެއިންގެ ދެކުނުގައި އޮންނަ މަރިޔުޕޯލް ސިޓީއަށް ހަމަލާދެމުންނެވެ.

އެ ސިޓީއިން ނުނިކުމެވިފައި 400،000 މީހުން ތިބި ކަމަށް ބެލެވޭ އިރު، ހުކުރު ދުވަހު 5،000 އެއްހާ މީހުން ރައްކާތެރިކަމާ އެކު ސިޓީއިން ނުކުތެވެ.

ސިޓީގެ މޭޔަރު ވިދާޅުވީ ސިޓީގެ މެދުތެރޭގައި ވަރުގަދަ ހަމަލާތައް މިހާރު ބަދަލުކުރަމުންދާ ކަމަށެވެ. އެ ތަނުން ފެނާއި، ކަރަންޓު އަދި ފެން ކެނޑިފައި ވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ރަޝިއާއިން ބޮން އެޅި ތިއޭޓަރެއްގެ ތެރޭގައި 1،300 މީހުން ރައްކާތެރިކަން ހޯދަ ވަދެ ތިބި އިރު، އެ ތަނުން މީހުން ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ 130 މީހުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ސިޓީގައި އާއްމުން ދިރިއުޅޭ އިމާރާތްތަކުގެ 80 ޕަސެންޓަށް ވަނީ ގެއްލުންވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox