ކްރައިމިއާ ހިފިތާ އަށް އަހަރު ފުރުން ރަޝިއާގައި ކުލަގަދަކޮށް ފާހަގަކޮށްފި

ކްރައިމިއާ ހިފިތާ އަށް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ކޮންސެޓެއްގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވާހަކަދައްކަވަނީ.

ކްރައިމިއާ ހިފިތާ އަށް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ކޮންސެޓެއްގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވާހަކަދައްކަވަނީ.

ޔޫކްރެއިންގެ ދެކުނުގައި އޮންނަ ކްރައިމިއާ ހިފިތާ އަށް އަހަރު ފުރުމާ ދިމާކޮށް ރަޝިއާގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ބޭއްވި ކޮންސެޓުގައި ރައީސް ލެޑިމިއަ ޕުޓިން ބައިވެރިވެވަޑައިގެން، ރައްޔިތުންނާ މުހާތަބު ކުރެއްވި އެވެ.

ދައުލަތުގެ މުވައްޒަފުން ބުނީ ކޮންސެޓުގައި ބައިވެރިވާން އެ މީހުންނަށް އެންގި ކަމަށެވެ. ސްކޫލްތަކުގައި ވެސް "ކްރައިމިއަން ސްޕްރިންގް"ގެ ނަމުގައި ހާއްސަ ފިލާވަޅުތަކެއް ދަނީ ނަގައިދެމުންނެވެ.

ޔޫކްރެއިންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ދެކުނު އައްސޭރިފަށުގެ ސިޓީތަކާއި އަވަށްތަކަށް ރަޝިއާ ސިފައިން ދަތުރު ފެށީ ކްރައިމިއާގައި ހުރި މަރުކަޒުތަކުންނެވެ.

ރަޝިއާގެ އޮފިޝަލުން ބުނީ ހާއްސަ ކޮންސެޓަށް 200،000 އަށް ވުރެ ގިނަ މީހުން ޖަމާވި ކަމަށެވެ. އެ ތަނުގެ ރަސްމީ ކެޕޭސިޓީއަކީ 81،000 މީހުންނެވެ. ނަމަވެސް ސްޓޭޑިއަމްގެ ބޭރުގައި ވެސް ގިނަ ބަޔަކު ތިއްބެވެ.

ރައްޔިތުންނާ މުހާތަބު ކުރައްވަމުން ޕުޓިން ވަނީ ރަޝިއާ ސިފައިންނަށް ތައުރީފު ކުރައްވައި، ފައުޖުގެ ކިބައިން ފެންނަނީ އާދަޔާ ހިލާފު އެއްބައިވަންތަކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ޕުޓިންގެ ވާހަކައިގެ ވަކި ހިސާބަކުން، ކޮންސެޓްގެ ލައިވް ކަވަރޭޖް ކުއްލިއަކަށް ދައުލަތުގެ ހުރިހާ ބޮޑެތި ޓީވީ ޗެނަލްތަކުން މެދުކެނޑުނެވެ. ރަޝިއާއިން ބުނީ އެއީ ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

މޮސްކޯގެ މޭޔަރު ސާގެއި ސޮބްޔާނިން އަދި ދައުލަތުގެ ޓީވީގެ ނޫސްވެރިޔާ މާގަރީޓާ ސިމޮންޔަން އާއި ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަހަރޯވާ ވެސް ކޮންސެޓުގައި ވާހަކަދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox