އިންޑިއާއިން ލަންކާއަށް އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޭން ސޮއިކޮށްފި

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ (މ)، އިންޑިއާ ސަރުކާރުގެ ވެރިންނާ އެކު.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ (މ)، އިންޑިއާ ސަރުކާރުގެ ވެރިންނާ އެކު.

ސްރީލަންކާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭސް އަދި އެހެނިހެން ޒަރޫރީ ތަކެތި ހޯދަން އިންޑިއާއިން އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ދޫކުރަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި ލަންކާ ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު އެވެ. ލަންކާ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ ވަނީ ދެ ދުވަހުގެ ދަތުރެއް އިންޑިއާއަށް ކުރައްވާފަ އެވެ.

ބެސިލް އާއި އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖެއިޝަންކަރާ ދެމެދު ނިއުދިއްލީގައި ބުރާސްފަތި ދުވަހު ބައްދަލުވުމެއް އޮތެވެ.

ބުދަ ދުވަހު ބެސިލް ވަނީ ބޮޑު ވަޒީރު ނަރެންދް މޯދީއާ ބައްދަލުކުރައްވައި، ސްރީލަންކާގެ އިގްތިސާދަށް އިންޑިއާއިން އެހީވާތީ ޝުކުރު އަދާ ކުރައްވާފަ އެވެ.

އިންޑިއާއިން ވަނީ ލަންކާގެ ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް ދާދި ފަހުން 500 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ހަދާފަ އެވެ. އެހެންވެ، ދެ ގައުމުގެ ދެމެދުގައިވާ ޖުމްލަ ކަރަންސީ ސްވޮޕްގެ އަދަދު ވަނީ 900 މިލިއަން ޑޮލަރަށް އަރާފަ އެވެ.

އޭގެ އިތުރުން ސްރީލަންކާއިން އިންޑިއާއަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ދެއްކުމަށް އިތުރު ވަގުތު ވެސް ދީފައިވެ އެވެ.

ތެލުގެ އިތުރުން ހަނޑުލާއި ބައެއް އެހެން ޒަރޫރީ ކާބޯތަކެތީގެ ދަތިކަން ވެސް ސްރީލަންކާއަށް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ، ސުޕަމާކެޓްތަކުން ތަކެތި ވިއްކަނީ ރޭޝަންކޮށްގެންނެވެ.

ތަކެތީގެ ދަތިކަމާ ހެދި ޖެނުއަރީ މަހު އިންފްލޭޝަން ރޭޓް ރެކޯޑް މިންވަރަކުން 25 ޕަސެންޓަށް އުފުލުނެވެ.

ސްރީލަންކާއަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ސިނާއަތަކީ ފަތުރުވެރިކަމެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމުގައި އެ ސިނާއަތް ވަނީ ހުއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox