ވިޔަފާރިވެރިޔާ ޝަވީދު ހިމެނޭ މައްސަލައިގައި ހުކުމް ތަންފީޒުކުރުން ފަސްކުރަން އަންގައިފި

ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު. އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ރައީސްކަމަށް ވެސް ވާދަކުރައްވަފަ. ފޮޓޯ: ފޭސްބުކް

ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު. އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ރައީސްކަމަށް ވެސް ވާދަކުރައްވަފަ. ފޮޓޯ: ފޭސްބުކް

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު ހިމެނޭ ދޮޅު މިލިއަން ރުފިޔާގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރުމާއި، އެ މައްސަލައިގައި ހިމެނޭ ފައިސާތަކެއް ހިފަހައްޓަން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރެއް ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އިއްޔެ ނެރުނު އެ ކޯޓު އަމުރުގައި ޝަވީދު ހިމެނޭހެން އޭނާގެ އާއިލާގެ ޖުމްލަ އަށް މީހެއްގެ އެކައުންޓް ފްރީޒްކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ވަނީ އަންގައިފަ އެވެ.

އަދި އެ އެކައުންޓްތަކުގައި 1.4 މިލިއަން ރުފިޔާގެ އަދަދެއް ހުރި ނަމަ އެ ފައިސާ ހިފަހައްޓައި ސިވިލް ކޯޓަށް އެންގުމަށް އެ ކޯޓުން ވަނީ ބީއެމްއެލްގެ މައްޗަށް އަންގައިފަ އެވެ.

އެ މައްސަލައިގައި ޝަވީދުގެ އިތުރުން ހިމެނޭ މަރިޔަމް ޝިފާގެ އެދުމަކަށް ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މިހިނދުން މަޑުޖައްސާ ނުލައިފިނަމަ އެ މައްސަލަ ހުށަހެޅި ޝިފާގެ މަސްލަހަތަށް އުނިކަމެއް އައިސްދާނެފަދަ ކަންކަން ހުރިކަމަށް ފާހަގަވާ ކަމަށެވެ.

އެހެންކަމުން ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން, ސިވިލް ކޯޓުގެ އެ ގަޒިއްޔާގެ ހުކުމް ތަންފީޒުކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެ މައްސަލައިގައި ޝިފާގެ އިތުރުން ދެން ހިމެނެނީ ހ. ވާލީވިލާ އަށް ނިސްބަތްވާ މުހައްމަދު ޝަވީދު، ފާތިމަތު ފަރީދާ، އަހުމަދު ޝިޔާމް، އާމިނަތު އަޝްފާ، އާމިނަތު ޝިފާ، ހަސަން ޝިޔާމް، އަލީ ޝިޔާމް އަދި ސ. މަރަދޫފޭދޫ، ފަހާގެ، ހައުލަތު ފަހީމް އެވެ.

ސިވިލް ކޯޓުން ވަނީ އެ އެންމެންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ދިނުމަށާއި އެ އެކައުންޓުތަކުގައި 1.4 މިލިއަން ރުފިޔާގެ އަދަދެއް ހުރެއްޖެނަމަ އެ ފްރީޒްކުރުމަށް އަންގައިފަ އެވެ.

ސިވިލް ކޯޓުން ނެރުނު އަމުރަކީ ޝަވީދު އަދި ޝިފާގެ އާއިލާ މީހެއްކަމުގައިވާ މުހައްމަދު އަނީސް، އެ އަށް މީހުނާ ދެކޮޅަށް 2011 ވަނަ އަހަރު ކުރި ދައުވާއެއްގެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމުގެ އަމުރެކެވެ.

އެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމުނީ މިދިޔަ އަހަރު، ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކުރުމުންނެވެ.

ޝަވީދާ ދެކޮޅަށް އަނީސް 2011 ވަނަ އަހަރު ހުށަހެޅި މައްސަލައަކީ އަނީސްގެ ވެސް ހިއްސާ އޮންނަ އާއިލީ ކުންފުނިތަކެއްގައި ހުރި އަނީސްގެ އަމިއްލަ މުދާ ހިމެނޭހެން މުދާތަކެއް ލިކުއިޑޭޓްނުކޮށް އާއިލާގެ މެމްބަރުންތަކެއްގެ މެދުގައި ވާރިސުންގެ ގޮތުގައި ބަހާލި މައްސަލައެކެވެ. އެ މައްސަލައިގައި އަނީސް ހުށަހެޅި މައްސަލަ 2011 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ އޭނާއާ އެއްކޮޅަށެވެ.

އެ މައްސަލައިގައި ހިމެނޭ ޝަވީދަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މުހިންމު މަގާމުތަކެއް މީގެ ކުރިން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox