ހާހަކަށް ވުރެ ގިނަ އާއްމުން ތިބި ތިއޭޓަރަކަށް ރަޝިއާއިން ބޮން އަޅައިފި

ތިން ފަންގިފިލާގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. -- ފޮޓޯ: ރޮއިޓާޒް

ތިން ފަންގިފިލާގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. -- ފޮޓޯ: ރޮއިޓާޒް

ހާހަކަށް ވުރެ ގިނަ އާއްމުން ރައްކާތެރިކަން ހޯދުމަށް ވަދެ ތިބި ތިއޭޓަރަކަށް ރަޝިއާއިން ބޮން އަޅާފައިވާ ކަމަށް ޔޫކްރެއިން ސަރުކާރުން ތުހުމަތުކޮށްފި އެވެ.

ދެކުނު މަރިޔުޕޯލް ސިޓީގެ ޑެޕިއުޓީ މޭޔަރު ސާގެއި އޮރްލޯވް ވިދާޅުވީ އެ އިމާރާތުގައި 1000-1200 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށެވެ. ހަމަލާގައި މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް ސާފެއް ނޫނެވެ.

ހަމަލާގެ ފޮޓޯތައް ދައުރުވާން ފަށާފައިވާ އިރު، ތިން ފަންގިފިލާގެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މީގެ ކުރިން ރަޝިއާގެ ހަމަލާތައް އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި މާބަނޑު އަންހެނުންނަށް ހާއްސަ ހޮސްޕިޓަލަކާއި، ފައްޅިއަކާއި އާއްމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތައް ހިމެނެ އެވެ.

އެމެރިކާގެ މެކްސާ ކުންފުނިން މާޗް 14 ވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ އިމާރާތުގައި ކުޑަކުދިން ތިބިކަން އަންގައިދިނުމަށް ރަޝިއާ ބަހުން "ކުޑަކުދިން" ލިޔެފައިވެ އެވެ.

ތިއޭޓަރު ހުންނަ އިމާރާތުގެ ބިމުގައި ރަޝިއާ ބަހުން "ކުޑަކުދިން" ލިޔެފައި.
ތިއޭޓަރު ހުންނަ އިމާރާތުގެ ބިމުގައި ރަޝިއާ ބަހުން "ކުޑަކުދިން" ލިޔެފައި.

ތިއޭޓަރު ހުންނަ އިމާރާތުގެ ބިމުގައި ރަޝިއާ ބަހުން "ކުޑަކުދިން" ލިޔެފައި.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެ ހަމަލާ ކުށްވެރި ކުރެއްވުމަށް ފަހު ވިދާޅުވީ ރަޝިއާއިން ތިއޭޓަރަށް އަމާޒު ކުރީ ގަސްދުގައި ކަމަށެވެ.

ޒެލެންސްކީ އާއި ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ އަދި މަރިޔުޕޯލް ސިޓީ ކައުންސިލުން ބުނީ ރަޝިއާއިން ދަނީ "ހަނގުރާމައިގެ ޖަރީމާތައް" ހިންގަމުން ކަމަށެވެ.

ހަނގުރާމަ ފެށި ފަހުން އެ ސިޓީން 2،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. މީހުންގެ ހަށިތައް ވަޅުލާން ބޮޑެތި ވަޅުތައް ވަނީ ކޮނެފަ އެވެ.

އެ ސިޓީގައި 300،000 މީހުން ތާށިވެފައިވާ އިރު، ކަރަންޓާއި ފެނާއި ގޭހުގެ ހިދުމަތް ކެނޑިފައި ވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ކާބޯތަކެއްޗާއި ފެނުގެ ސަޕްލައި ހުސްވާން ކައިރިވެފައިވާ އިރު، އިންސާނީ އެހީ އެތެރެ ކުރުމުގެ ފުރުސަތު ވެސް ރަޝިއާގެ ފައުޖުން ނުދޭ ކަމަށް ޔޫކްރެއިނުން ބުނެ އެވެ.

ހަމަލާގެ ހަބަރު ފެތުރެން ފެށުމާ އެކު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މަރިޔުޕޯލްގެ ތިއޭޓަރަށް އެ ގައުމުން ހަމަލާއެއް ނުދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox