ވެލިދޫ ޕެޓްރޯލް ޝެޑް: ރަށުގެ ތަރައްގީ އަށް މުހިންމު އިންވެސްޓެއް

ވެލިދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕެޓްރޯލް ޝެޑު: މި ޕެޓްރޯލް ޝެޑަކީ ރަށުގެ ތަރައްގީއަށް މުހިންމު ފިޔަވަޅެއް -- ފޮޓޯ: ފައިލް

ވެލިދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕެޓްރޯލް ޝެޑު: މި ޕެޓްރޯލް ޝެޑަކީ ރަށުގެ ތަރައްގީއަށް މުހިންމު ފިޔަވަޅެއް -- ފޮޓޯ: ފައިލް

ނ. ވެލިދޫ ބަނދަރުގެ ހުޅަނގު ކޮޅުގައި ޒަމާނީ ބައްޓަމައަކަށް ފައްކާކުރަމުން އަންނަ "އޯ ތުރީ" ޕެޓްރޯލް ޝެޑުގެ އަޑީ ޓޭންކު ތަކުގައި 54،000 ލިޓަރުގެ ތެޔޮ ރައްކާކުރެވެ އެވެ. އެތަނުގެ ފިއުއެލް ސިސްޓަމްތައް ޑިޒައިންކޮށްފައިވަނީ އަމިއްލަ އަށް ހިދުމަތް ހޯދޭ ގޮތަށް "ސެލްފް ސާވިސް" ކޮންސެޕްޓަށެވެ. އިމާރާތުގެ ފަރުމާގައި ޒަމާނީ ހިތްގައިމު ކަމެވެ.

"މިތަނަކީ ދިހަ، ވިއްސަކަށް އަހަރުގެ ހައްލެއް ނޫނެވެ. ފަންސާސް ފަސްދޮޅަސް އަހަރު ކުރިއަށް ވިސްނާފައި ކުރާ އަގުބޮޑު އިންވެސްޓްމަންޓް،" އެކެވެ. ވެލިދޫ އަށް އުފަން ވިޔަފާރިވެރިޔާ، "ބަހާރު" އަބްދުﷲ އިބްރާހިމް، އޭނާގެ ޕާޓްނަރުން، ހަސަން ހަލީމް އާއި އަބްދުއްރަޝީދު އަލީ (ގައްޒަ) އުފަން ރަށަށް އޮތް ލޯތްބާއި އުންމީދުގައި، ރަށުގެ ބަނދަރުގެ ހިތްގައިމުކަމުގެ އެއް އަރިމަތީގައި އިމާރާތްކޮށް ނިންމަމުންދާ ޕެޓްރޯލް ޝެޑުގެ ފަހުރުގައި ބުނެލީ މިހެންނެވެ.

އާބާދީގައި 2700 އެއްހާ މީހުން ދިރިއުޅޭ ވެލިދޫ އަކީ ނޫނު އަތޮޅުގެ އެންމެ ތިޔާގި ރަށެވެ. އެންމެ ބޮޑު އާބާދީއެއް އޮތީ އެރަށުގަ އެވެ. އެކަމަކު ތެލުގެ ވިޔަފާރި އަކީ، އަތޮޅުގެ ހުރިހާ ރަށެކޭ އެއްގޮތަށް ވެލިދޫ އަށް ވެސް ބޮޑުވެފައިވާ ދައްޗެކެވެ. ބޮޑު ބިރެކެވެ.

"އަދިވެސް ޕެޓްރޯލާއި ތެޔޮ ވިއްކަނީ ގެތަކުގައި ގޯތި ތެރޭގައި ފިހާރަތަކުގައި. މިކަމުގެ ނުރައްކާތެރިކަން އެހާ ބޮޑު. ރަށަށް މެހުމާނަކު އެރިޔަސް، ސައިކަލަށް ޕެޓްރޯލް ފޮދެއް ހޯދަން ކުރަން ޖެހެނީ އުނދަގޫ މަސައްކަތެއް،" އޭނާ ބުންޏެވެ.

ބަހާރު އާއި އޭނާގެ ޕާޓްނަރުން، ހަސަން ހަލީމް އާއި އަބްދުއްރަޝީދު އަލީ (ގައްޒަ) ގުޅިގެން ހިންގާ އޯ ތްރީ ކުންފުނިން ޕެޓްރޯލް ޝެޑްގެ މަޝްރޫއާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އެއީ ކައުންސިލުން އެފަދަ ޕްރޮޖެކްޓަކަށް ހުޅުވާލައި ބިން ދޫކުރަން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ޕެންޑެމިކް ޖެހި، ނިންމަން ބޭނުންވި ސްޕީޑުގައި ކުރިއަށް ނުގޮސް ޕެޓްރޯލް ޝެޑުގެ މަސައްކަތް ވެސް ލަސްވި އެވެ. މިހާރު ގާތްގަނޑަކަށް ފިނިޝިން ސްޓޭޖުގައި އޮތް ޕެޓްރޯލްޝެޑް ހުޅުވަން ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ.

ވެލިދޫގައި ހަދަމުންދާ ޕެޓްރޯލް ޝެޑް: މިތަނަކީ ރާއްޖޭގެ ފުރަތަމަ ސެލްފް ސާވިސް ޕެޓްރޯލް ޝެޑު    ފޮޓޯ މުހައްމަދު ޝާބިން / އަދަދު
ވެލިދޫގައި ހަދަމުންދާ ޕެޓްރޯލް ޝެޑް: މިތަނަކީ ރާއްޖޭގެ ފުރަތަމަ ސެލްފް ސާވިސް ޕެޓްރޯލް ޝެޑު ފޮޓޯ މުހައްމަދު ޝާބިން / އަދަދު

ވެލިދޫގައި ހަދަމުންދާ ޕެޓްރޯލް ޝެޑް: މިތަނަކީ ރާއްޖޭގެ ފުރަތަމަ ސެލްފް ސާވިސް ޕެޓްރޯލް ޝެޑު ފޮޓޯ މުހައްމަދު ޝާބިން / އަދަދު

"އަޅުގަނޑުމެން މަސައްކަތްކުރީ ރޯދަ މަހަށް ހުޅުވޭ ވަރު ކުރަން. އެކަމަކު ބައެއް މެޓީރިއަލް ލިބުން ލަސްވެގެން ބާކީ މި އޮތް 15 ވަރަކަށް ދުވަސް ތެރޭގައި ނުނިމިދާނެ. މި ބަލަނީ ވީހާވެސް އަވަހަށް ހިދުމަތް ފައްޓަން،" ރަށު ކޮޅުގައި ޝެޑުގެ މަސައްކަތް މެނޭޖްކުރާ ވެރިޔާ، އާދަމް އިބްރާހިމް (އެޑަމް) ބުންޏެވެ.

ތެލުގެ ވިޔަފާރިއަށް ރައްކާތެރިކަން، ވެލިދޫއަށް އައިކޮނިކް ބިނާ އެއް

ބަހާރުގެ ވިސްނުމުގައި "އޯ ތުރީ" ޕެޓްރޯލްޝެޑް ވެގެންދާނީ ވެލިދޫ އަށް ރައްކާތެރިކަމާއެކު ތެލުގެ ވިޔަފާރި ކުރުމަށް ފަހިވާ ފުރުސަތަކަށް އެކަންޏެއް ނޫނެވެ. އެތަނުގެ ހިތްގައިމު ފަރުމާއާ އެކު ތަން އެއްކޮށް ނިމޭއިރު، އެ ޝެޑް ވެލިދޫގެ "އައިކޮނިކް" ބިނާ އަކަށް ވާނެ އެވެ.

"ރާއްޖޭގެ މޮޅު ޑިޒައިނަރުންނާއި އިންޖީނަރުން ލައްވައި ޑިޒައިން ކޮށްގެން، ކުރެހުމަށް އެކަނި ވެސް އެއް ލައްކަ ރުފިޔާ އަޅުގަނޑުމެން ހޭދަކުރިން. އާންމު އުސޫލަކުން ވިސްނާފައި، އަހަރެމެންނަށް ހަތަރުގަނޑު ފާރު ރާނައި، ޑިސްޕެންސަރު ބައިންދާފައި ތެޔޮ އަޅާލެވޭނެ. އެކަމަކު އެ ފެންވަރުގައި އެހާ ހިތްގައިމު ޑިޒައިނަކަށް ޝެޑު ހެދީ އަހަރެމެންގެ އުފަން ރަށަށް ތަރައްގީ އާއި ރީތި ނަން ގެންނަން ބޭނުންވާތީ،" ބަހާރު ބުންޏެވެ.

އޭނާ ބުނީ ތަނަށް ފައްތާފައިވަނީ ހުޅަނގުގެ ގައުމުތަކުގައި ގެންގުޅޭ "ސެލްފް ސާވިސް" ކޮންސެޕްޓު ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބެންކުތަކުން އަދި އެފަދަ ހިދުމަތް ދޭން ފަށާފައި ނުވާތީ ކަސްޓަމަރުންނަށް އެ ފުރުސަތު ދޭނެ ގޮތް ފަހިވެފައި ނެތް ކަން ވެސް ފާހަގަކުރި އެވެ.

ވެލިދޫގައި ހަދަމުންދާ ޕެޓްރޯލްޝެޑްގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް .  އަދަދު ފޮޓޯ/މުހައްމަދު ޝާބިން
ވެލިދޫގައި ހަދަމުންދާ ޕެޓްރޯލްޝެޑްގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް . އަދަދު ފޮޓޯ/މުހައްމަދު ޝާބިން

ވެލިދޫގައި ހަދަމުންދާ ޕެޓްރޯލްޝެޑްގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް . އަދަދު ފޮޓޯ/މުހައްމަދު ޝާބިން

"ބޭންކް ތަކުން އަދި ނެތް ކާޑު ޖަހާލައިގެން ކެނޑޭ ގޮތެއް. އެކަމަކު އެގޮތަށް އެ މެޝިން ތައް ޑިޒައިންކޮށްފައި ހުރީ. އެ ހިދުމަތް ލިބޭހާ އަވަހަކަށް އެތަން އޭގެ އަސްލު ކޮންސެޕްޓަށް ދާނެ." ބަހާރު ބުންޏެވެ.

ބަހާރު ގަބޫލުކުރާ ގޮތުގައި ވިޔަފާރިއެއްގެ ކާމިޔާބީގައި ދުރުވިސްނުން ގެންގުޅުމަކީ މުހިންމު ކަމެކެވެ. އެ ޕްޓްރޯލް ޝެޑަކީ އޭނާގެ އެފަދަ މަސައްކަތެކެވެ. އެ މަސައްކަތުން ވެލިދޫއަށް ޒަމާންތަކެއް ވަންދެން ފައިދާ ވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. މުސްތަގުބަލުގައި ވެލިދޫ އަކީ އާބާދީ އިތުރުވާނެ ކަމުގެ ޔަގީންކަން ބޮޑު ރަށެއް ކަމަށް ގަބޫލުކުރެވޭތީ، މީގެ އަހަރުތަކެއް ފަހުން އޭނާ އަށް އެތަނުން ނެރެން ބޭނުންވާ ހަގީގީ ނަފާ ވެސް ލިބެން ފަށާނެ ކަމަށް ވެސް ބަހާރު ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox