ރަޝިއާގެ "އަސްކަރީ އޮޕަރޭޝަން" ވަގުތުން މެދުކަނޑާލަން އދ. ގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ވީޑިއޯގެ ސްކްރީންޝޮޓެއް.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ވީޑިއޯގެ ސްކްރީންޝޮޓެއް.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ ވަގުތުން މެދުކަނޑާލުމަށް އދ. ގެ އެންމެ މަތީ ކޯޓުން ބުދަ ދުވަހު އަމުރުކޮށްފި އެވެ.

"ޔޫކްރެއިންގެ ބިމުގެ ސަރަހައްދުގައި ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ފެށި އަސްކަރީ އޮޕަރޭޝަން ވަގުތުން މެދުކަނޑާލަން ޖެހޭ،" ފަނޑިޔާރު ޖޮއޭން ޑޮނޮހިޔު ވިދާޅުވި އެވެ.

"ރަޝިއާއިން ބާރުގެ ބޭނުން ކުރާ ގޮތްތަކާ މެދު ކޯޓުން ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި އެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ސީރިއަސް މައްސަލަތަކެއް."

ރަޝިއާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ސަރުކާރުންނެވެ.

ޔޫކްރެއިނުން ބުނީ އެ ގައުމުގެ އިރުމަތީގައި އޮންނަ ޑޮނެސްކް އަދި ލުހާންސްކްގައި ސަރުކާރުން ގިނަ އަދަދެއްގެ ބަޔަކު މަރަމުންދާ ކަމަށް ރަޝިއާއިން ދޮގު ތުހުމަތެއް ކުރި ކަމަށެވެ.

އެ ތުހުމަތުގެ ބޭނުން ހިފައި، ރަޝިއާއިން ބުނަމުން ދަނީ ޔޫކްރެއިންގައި ހަނގުރާމަ ފަށަން ޖެހުނީ ޑޮނެސްކް އަދި ލުހާންސްކްގައި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާ ހިންގާތީ ކަމަށެވެ.

ނަމަވެސް ޔޫކްރެއިނުން ބުނީ "ޖަރީމާގެ އަމަލުތައް" ހިންގަން ރާވަމުން ދަނީ ރަޝިއާއިން ކަމަށާއި، ފެބްރުއަރީ 24 ވަނަ ދުވަހު ރައީސް ލެޑިމިއަ ޕުޓިން ފެއްޓެވި ހަމަލާތަކުން އެ މަންޒަރު ފެންނަ ކަމަށެވެ.

އެހެންވެ، ޔޫކްރެއިން ސަރުކާރުން ކޯޓުގައި އެދުނީ "އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމުގެ" އަމުރެއް ރަޝިއާއާ ދެކޮޅަށް ނެރެދިނުމަށެވެ. މައްސަލައިގެ ހުކުމަކާ ހަމައަށް ދެވެންދެން އެ އަމުރު ދަމަހައްޓައިދިނުމަށް ވެސް އެދުނެވެ. ހުކުމަކާ ހަމައަށް ދިޔުމަށް އަހަރުތަކެއް ހޭދަވުން އެކަށީގެންވެ އެވެ.

މައްސަލައިގެ އަޑުއެހުން މިދިޔަ ހަފްތާގައި ފެށުމުން ރަޝިއާއިން ކޯޓަށް ހާޒިރެއް ނުވެ އެވެ. ރަޝިއާގެ ސަފީރު އެލްގެޒެންޑާ ޝުލްގުން ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރަޝިއާއިން އަޑުއެހުންތަކުގައި ބައިވެރިނުވާނެ ކަމަށެވެ.

އައިސީޖޭ އުފެއްދީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އދ. ގެ މެމްބަރު ގައުމުތަކުގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުން ހައްލު ކުރުމަށެވެ. އެ ކޯޓުގެ ނިންމުންތަކަށް ގާނޫނީ ގޮތުން އަމަލު ކުރަން ޖެހުނު ނަމަވެސް، އަމަލު ނުކުރާ ނަމަ ތަންފީޒު ކުރެވޭނެ ގޮތެއް ނޯވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox