މޮންފިލްސް އަތުން ބަލިވެ މެޑްވެޑޭވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ގެއްލެނީ

Mar 15, 2022, 7:12 AM
އިންޑިއަން ވެލްސް މެޗެއްގެ ތެރެއިން މެޑްވެޑޭވް ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއަން ވެލްސް މެޗެއްގެ ތެރެއިން މެޑްވެޑޭވް ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއަން ވެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 15) - މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ފްރާންސްގެ ގައެލް މޮންފިލްސް އަތުން ބަލިވެ، ރަޝިއާގެ ޑަނީލް މެޑްވެޑޭވް އަށް ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ގެއްލޭނެކަން ކަށަވަރުވެއްޖެ އެވެ.

އުމުރުން 35 އަހަރުގެ މޮންފިލްސް އަތުން މެޑްވެޑޭވް ބަލިވީ 4-6, 6-3, 6-1 އިންނެވެ. މި ނަތީޖާއާ އެކު ދެން އެންމެ އަވަހަށް ނެރޭ ޓެނިސް ރޭންކިން އިން މެޑްވެޑޭވް ފަހަތަށް ޖައްސާލުމަށް ފަހު ދެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ކޮވިޑް ވެކްސިން މައްސަލައިގައި އިންޑިއަން ވެލްސް މުބާރާތުގައި ނުކުޅެން ނިންމި ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ.

ދެ ގަޑިއިރާއި ހަ މިނިޓް ވަންދެން ކުޅުނު މެޗުގައި މެޑްވެޑޭވް ބަލިކުރުމަށް ފަހު މޮންފިލްސް ބުނީ ފޯމުގައި ރަނގަޅަށް ކުޅެލެވޭ ދުވަހެއްގައި އޭނާ އަށް ކޮންމެ ކުޅުންތެރިއަކު ވެސް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ.

މެޑްވެޑޭވްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މޮންފިލްސް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އޭޓީޕީ މުބާރާތެއްގެ މެޗެއްގައި މޮންފިލްސް އެންމެ ފަހުން ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ކުޅުންތެރިއަކު ބަލިކުރީ 2009 ވަނަ އަހަރު އެވެ.

ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގައި އޮތް ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ވަނީ އެމެރިކާގެ 21 އަހަރުގެ ޖެންސަން ބްރޫކްސްބައި އަތުން ބަލިވެފަ އެވެ. ބްރޫކްސްބައި މޮޅުވި މި މެޗުގައި ސެޓުތައް ދިޔައީ 1-6, 6-3, 6-2 އިންނެވެ.

ނަޑާލްގެ ރެކޯޑް ކުރިއަށް، ޖެހިޖެހިގެން 17 ވަނަ މޮޅު

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ރެކޯޑް 21 ވަނަ ގްރޭންޑް ސްލޭމް ތަށި އުފުލާލި ސްޕެއިނުގެ ރަފައެލް ނަޑާލް އަންނަނީ މި އަހަރުގެ ރަނގަޅު ފޯމު ދަމަހައްޓަމުންނެވެ. އުމުރުން 35 އަހަރުގެ ނަޑާލް ވަނީ 2022 ގައި މިހާތަނަށް ކުޅުނު 17 މެޗުން މޮޅުވެފަ އެވެ. މި އަހަރުގެ މެލްބަން ސަމާ ސެޓް މުބާރާތާއި އޮސްޓްރޭލިއަން އޯޕަން އަދި މެކްސިކަން އޯޕަންގެ ޗެމްޕިއަންކަން ހޯދި ނަޑާލަކީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ.

އެވަންސް އަތުން މޮޅުވި މެޗަށް ފަހު ނަޑާލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއަން ވެލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ނަޑާލް ވަނީ އިންގްލެންޑް ޑޭން އެވާންސް ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 7-5 6-3 އިންނެވެ.

ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގައި އޮތް ނަޑާލް ދެން އޮތް ބުުރުގައި ނުކުންނަން ޖެހޭނީ އެމެރިކާގެ ރެއިލީ އޮޕެލްކާ އާއި ކެނަޑާގެ ޑެނިސް ޝަޕަވަލޯވް ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެެވެ.

ނަޑާލް ބުނީ މެޗަކަށް ފަހު މެޗެއްގައި އޭނާގެ ފިޓްނަސް ރަނގަޅުވަމުން އަންނަކަން އިހުސާސް އެބަކުރެވޭ ކަމަށާއި މި ވަގުތު ފޯކަސް އަކީ ހަމަ ކުރިން ވެސް ވިސްނުން ބެހެއްޓި ގޮތަށް ހަށިގަނޑަށް ބަލައިގެން ކުޅެވޭނެ މުބާރާތެއްގައި ކުޅެފައި، ރިކަވަރީ އަށް ވަގުތު ދިނުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox