ރަޝިއާގެ ހަމަލާތައް އަމާޒުވެދާނެތީ ޕޮލޭންޑް ބިރުވެރިކަމެއްގައި

ޔޫކްރެއިންގެ 1.7 މިލިއަން ރެފިއުޖީން ތިބީ ޕޮލޭންޑުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫކްރެއިންގެ 1.7 މިލިއަން ރެފިއުޖީން ތިބީ ޕޮލޭންޑުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ޕޮލޭންޑާއި ޔޫކްރެއިން ގުޅޭ ބޯޑަރާ ހަމައަށް ހަމަލާތައް ފޯރާފައި ވާތީ، ޕޮލޭންޑަށް އޮތް ބޮރުވެރިކަން އިތުރުވެއްޖެ އެވެ.

ޔޫކްރެއިންގެ ހުޅަނގުގައި ޕޮލޭންޑް ބޯޑަރު ކައިރީ އޮންނަ ލްވިވް ސިޓީގެ އަސްކަރީ ތަމްރީން މަރުކަޒަކަށް ރަޝިއާއިން ވަނީ ހަމަލާ ދީފަ އެވެ.

ޔޫކްރެއިންގެ 1.7 މިލިއަން ރެފިއުޖީން މިހާރު ވެސް ޕޮލޭންޑުގައި ތިބި އިރު، އަދިވެސް އިތުރު މީހުން ދަނީ އެ ގައުމަށް އެތެރެވުމަށް މަސައްކަތް ކުރަމުންނެވެ.

ބައެއް ރެފިއުޖީން އެހެން ގައުމުތަކުގައި ދިރިއުޅޭ އާއިލާ ކައިރިއަށް ދަތުރު ކުރި ނަމަވެސް، ޕޮލޭންޑާއި ޔޫކްރެއިނާ ދެމެދު އޮންނަ ސަގާފީ، އާއިލީ ގުޅުންތަކާއި ބަހުގެ އެއް ގޮތް ކަމާ ހެދި ގިނަ ބަޔަކު ނިންމަނީ އެ ގައުމުގައި މަޑު ކުރުމަށެވެ.

ނަތީޖާއެއްގެ ގޮތުގައި ފާއިތުވި ދެ ހަފްތާގެ ތެރޭގައި ޕޮލޭންޑްގެ ވެރިރަށް ވޯސޯގެ އާބާދީ ވަނީ 15 ޕަސެންޓުން އުފުލިފަ އެވެ.

ފާއިތުވި ހަފްތާ ބަންދުގައި ރަޝިއާއިން ބޮން އެޅި އަސްކަރީ މަރުކަޒަކީ ޕޮލޭންޑް ބޯޑަރާ އެންމެ 16 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

ޔޫރަޕްގެ ބޯޑަރުތައް ބަދަލުކޮށް، ބާރު ހޯދުމުގެ ބޮޑު ރޭވުމެއް ރަޝިއާއިން ގެންގުޅޭ ކަމަށް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ޕޮލޭންޑުން ދިޔައީ ހުޅަނގަށް އިންޒާރުދެމުންނެވެ. ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި އޭރު ގިނަ ބަޔަކު ސިފަކުރި އެވެ.

ހޯމަ ދުވަހު ޕޮލޭންޑްގެ ބޮޑު ވަޒީރު މަޓެޔުސްޒް މޮރަވިއެކީ ވިދާޅުވީ ހުޅަނގުގެ އެހީ އާއި އެއްބާރުލުން ޔޫކްރެއިން ސިފައިންނަށް ބޭނުންވާ ކަމަށާއި ހައްގުވާ ކަމަށެވެ.

ޔޫކްރެއިންގައި ހަނގުރާމަ ކުރަނީ ހަމައެކަނި އެ ގައުމުގެ މިނިވަން ކަމަށް ނޫން ކަމަށާއި އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ވެސް މިނިވަންކަން ހޯދައިދިނުމުގެ ހަނގުރާމައެއް ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ޔޫކްރެއިންގައި ހިންގާ ހަނގުރާމައަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ "ޖިއޯޕޮލިޓިކަލް" ރޭވުމުގެ ކުޑަ މިންވަރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކާ ގުޅުވައިދޭ އެންމެ ބާރުގަދަ ވަސީލަތެއްގެ ގޮތުގައި މި ވަގުތު އޮތީ ޕޮލޭންޑެވެ. ހުޅަނގުން ފޮނުވާ ހަތިޔާރުތައް ޔޫކްރެއިނަށް ފޯރަނީ ޕޮލޭންޑް ތެރެއިން ދަތުރު ކުރުމަށް ފަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަޝިއާއިން ބުނީ ހަތިޔާރު ހިފައިގެން ދަތުރު ކުރާ އުޅަނދުތަކަކީ "ގާނޫނީ ގޮތުން ސައްހަ އަސްކަރީ ޓާގެޓުތަކެއް" ކަމަށެވެ.

ޕޮލޭންޑަކީ ނޭޓޯ އައި އީޔޫގެ މެމްބަރު ގައުމެކެވެ. އެހެންކަމުން، ރަޝިއާއިން ހަގީގަތުގައި ވެސް ޕޮލޭންޑްގެ ފަސްގަނޑަށް ހަމަލާއެއް ދީފާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ނޭޓޯ އާއި އީޔޫއިން ވެސް ބުނާ ގޮތުގައި މެމްބަރު ގައުމަކަށް ދޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ދެކޭނެ އެވެ. އެހެންކަމުން، އެ ހާލަތް ވާނީ ދެ ނިޔުކްލިއާ ގަދަ ބާރު، ރަޝިއާ އާއި އެމެރިކާގެ ކުރިމަތިލުމަކަށެވެ.

ވޯސޯގެ މޭޔަރު ރަފަލް ޓްރްޒަސްކޮވްސްކީ ވިދާޅުވީ ޕޮލޭންޑް ހާސް ނުވި ނަމަވެސް، ބައެއް އާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށެވެ.

"[ހުޅަނގުގައި ބައިބައިވުން އުފައްދަން] ފޭކު ހަބަރާއި، ދޮގު މައުލޫމާތު ފަތުރައި، ރެފިއުޖީ ކާރިސާއެއް އުފައްދަން ވެސް ޕުޓިން ފަހެއް ނުޖެހޭނެ. ރެފިއުޖީ އަދަދުތައް އިތުރުވާ ނަމަ ޕޮލޭންޑްގެ ނިޒާމު ހުއްޓުމަކަށް އަންނާނެ،" އޭނާ ބީބީސީއަށް ވިދާޅުވި އެވެ.

އޭނާ ގޮވާލެއްވީ އީޔޫ އާއި އދ. އިން އިތުރު އެހީ ދިނުމަށެވެ. އެގޮތުން ވޮލަންޓިއަރުންނާއި، މާލީ އެހީ އާއި އެހެން ގައުމުތަކުން ރެފިއުޖީން ބަލައިގަތުން މުހިއްމު ކަމަށް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox