ޔޫކްރެއިން ހަނގުރާމަ: ފޮޓޯތަކުން ފެނުނު މާބަނޑު މީހާ އާއި ތުއްތު ދަރިފުޅު ވެސް މަރުވެއްޖެ

ވިހަން ދިޔަ ހޮސްޕިޓަލަށް ބޮން އެޅުމުން އަންހެން މީހާ ސްޓްރެޗަރެއްގައި އެހެން ހޮސްޕިޓަލަކަށް ގެންދަނީ. -- ފޮޓޯ: އޭޕީ

ވިހަން ދިޔަ ހޮސްޕިޓަލަށް ބޮން އެޅުމުން އަންހެން މީހާ ސްޓްރެޗަރެއްގައި އެހެން ހޮސްޕިޓަލަކަށް ގެންދަނީ. -- ފޮޓޯ: އޭޕީ

ރަޝިއާއިން ޔޫކްރެއިންގެ މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލަށް ބޮން އެޅުމުން އަނިޔާވި އަންހެން މީހާ އާއި އޭނާގެ ތުއްތު ދަރިފުޅު ވެސް މަރުވެއްޖެ އެވެ.

އޭޕީއިން ނެގި ފޮޓޯތަކުން ފެނުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މަރިޔުޕޯލްގެ ހޮސްޕިޓަލަށް ދިން ހަމަލާއަށް ފަހު މާބަނޑު އަންހެން މީހަކު ސްޓްރެޗަރެއްގައި ގެންދަނިކޮށެވެ.

ހޮސްޕިޓަލަށް ދިން ހަމަލާގައި ތިން މީހުން މަރުވި އެވެ. އެ ތަނަށް ހަމަލާ ދިޔުމާ އެކު އަންހެން މީހާ ވިހަން ގެންދިޔައީ އެހެން ހޮސްޕިޓަލަކަށެވެ.

ސިޒޭރިއަން ހެދުމަށް ފަހު ތުއްތު ކުއްޖާ ނެގިއިރު އެއްވެސް ދިރުމެއް ނެތެވެ. ސާޖަރީ ހެދި ޓިމުރް މަރިން އޭޕީއަށް ބުނީ އަންހެން މީހާއަށް ހުރީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށެވެ.

ތުއްތު ދަރިފުޅު ވިހެއި އިރު ވެސް މަރުވެފައި އޮތް އިރު، އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރެވޭތޯ 30 މިނެޓު ވަންދެން މަސައްކަތް ކުރި އެވެ. ނަމަވެސް ކާމިޔާބެއް ނުވި އެވެ.

އަންހެން މީހާގެ ފިރިމީހާ އާޢި ބައްޕަ ހަށިގަނޑު ގެންގޮސްފައިވާ އިރު، އޭނާގެ ނަން ސާފު ކުރާނެ ވަގުތު ވެސް ނުލިބުނު ކަމަށް ޑޮކްޓަރުން ބުންޏެވެ.

މަރިޔުޕޯލް ސިޓީއަށް ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި މަރުވެފައިވާ މީހުން ވަޅުލުމަށް ބޮޑެތި ވަޅުތައް ދަނީ ކޮންނަމުންނެވެ. ނަމަވެސް އަންހެން މީހާގެ އާއިލާއިން ހަށިގަނޑު ގެންގޮސްފައި ވާތީ، އޭނާގެ ހަށިގަނޑު ވަޅުލާނީ ވަކިންނެވެ.

ހޮސްޕިޓަލަށް ބޮން އެޅުމަށް ފަހު، އެއީ "ސްޓޭޖްކޮށްގެން" ކުޅުނު ޑްރާމާއެއް ކަމަށް ލަންޑަންގައި ހުންނަ ރަޝިއާގެ އެމްބަސީން ތުހުމަތުކޮށް، ކުރި ޓްވީޓުތައް ޓްވިޓާއިން ވަނީ ޑިލީޓުކޮށްފަ އެވެ.

އެމްބަސީން ބުނީ ހަމަލާދިން އިރު ހޮސްޕިޓަލް ހުރީ ބަންދުކޮށްފައި ކަމަށާއި ފޮޓޯއިން ފެނުނު އަންހެން މީހާއަކީ އެފަދަ މަންޒަރުތަކަށް ހާއްސަ އެކްޓަރެއް ކަމަށެވެ.

އޭގެ އިތުރުން، އެ ހޮސްޕިޓަލުން ސަލާމަތްވި އިތުރު އަންހެން މީހެއްގެ ފޮޓޯއާ މެދު ވެސް އެމްބަސީން ސުވާލު އުފެއްދި އެވެ.

މަރިއަނާ ވިޝެގިރްސްކަޔާ. -- ފޮޓޯ: އޭޕީ
މަރިއަނާ ވިޝެގިރްސްކަޔާ. -- ފޮޓޯ: އޭޕީ

މަރިއަނާ ވިޝެގިރްސްކަޔާ. -- ފޮޓޯ: އޭޕީ

މަރިއަނާ ވިޝެގިރްސްކަޔާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވިހައިފަ އެވެ. ޔޫކްރެއިން ސަރުކާރުން ބުނީ މަރިޔުޕޯލް އިން މިހާތަނަށް 2،500 އަށް ވުރެ ގިނަ އާއްމުން މަރުވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox