މިހާތަނަށް މަރުވީ ޔޫކްރެއިން ސިފައިންގެ 1300 މީހުން: ޒެލެންސްކީ

ހަނގުރާމައިގައި ބައިވެރިވި ޔޫކްރެއިން ސިފައިންގެ މީހުންގެ ޖަނާޒާ ބާއްވަނީ.

ހަނގުރާމައިގައި ބައިވެރިވި ޔޫކްރެއިން ސިފައިންގެ މީހުންގެ ޖަނާޒާ ބާއްވަނީ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަން ފެށި ފަހުން މިހާތަނަށް ޔޫކްރެއިން ސިފައިން 1،300 މީހުން މަރުވެފައިވާ ކަމަށް ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

މިއީ ފެބްރުއަރީ 24 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ޔޫކްރެއިން ސަރުކާރުން މަރުވެފައިވާ މީހުންގެ އަދަދު ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ.

މާޗް ދެ ވަނަ ދުވަހު ރަޝިއާ ސަރުކާރުން ބުނީ އެ ގައުމުގެ ސިފައިންގެ 500 މީހުން އެހާތަނަށް މަރުވެފައިވާ ކަމަށެވެ.

ނަމަވެސް ޔޫކްރެއިންގެ ރައީސް ވިދާޅުވީ ރަޝިއާ ސިފައިން 12،000 އެއްހާ މީހުން މަރުވެފައިވާ ކަމަށެވެ.

ޔޫކްރެއިންގައި ކުރާ ހަނގުރާމައިގައި ރަޝިއާ ސިފައިންގެ 150،000 މީހުން ބައިވެރިވެ އެވެ. ރަޝިއާގެ އަމާޒު އަނެއްކާވެސް ހުރީ ވެރިރަށް ކިޔެވް ހިފުމުގެ މަސައްކަތަށެވެ.

ހޮނިހިރު ދުވަހު ހެނދުނު ކިޔެވްގެ ދެކުނުން އޮންނަ ވަސިލްކިވް އަވަށުގެ އެއާޕޯޓަށް ހަމަލާދީ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޭގެ އިތުރުން ތެޔޮ ރައްކާ ކުރާ ފެސިލިޓީއަކަށް ހަމަލާ ދިނުމުން އަލިފާން ރޯވި އެވެ.

ކިޔެވްގެ ހުޅަނގު އުތުރުގައި އޮންނަ އިރްޕިން އަދި ބުޗާ ހިސާބުތަކުގައި ވަރުގަދަ ހަމަލާތައް ބަދަލުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ރަޝިއާގެ އަސްކަރީ އުޅަނދުތައް މިހާރު ދަތުރު ކުރަނީ ސިޓީގެ އިރުއުތުރާ ދިމާލަށެވެ.

މޭޔަރު ވިޓާލީ ކްލިޝްކޯ ހޮނިހިރު ދުވަހު ވިދާޅުވީ ކިޔެވްގެ ދިފާއީ ބާރު ވަރުގަދަކޮށް، ކާބޯތަކެއްޗާއި ބޭށް އެއްކުރަމުންދާ ކަމަށެވެ.

ދެކުނުގައި އޮންނަ މަރިޔުޕޯލް ސިޓީގައި 12 ދުވަސް ތެރޭ 1،500 އާއްމުން މަރުވެފައިވާ އިރު، ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ ސިފަކުރެއްވީ "އެއީ ދުނިޔޭގައި ހިނގާ އެންމެ ބޮޑު އިންސާނީ ކާރިސާ"ގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox