ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޖައްވީ ސްޓޭޝަން ދުނިޔެއަށް ވެއްޓޭނެކަމުގެ އިންޒާރު

ޖައްވީ ސްޓޭޝަން ދުނިޔެއަށް ނުވެއްޓި އޯބިޓުގައި ފްލޯޓް ވަނީ ރަޝިއާގެ މަސައްކަތުން.

ޖައްވީ ސްޓޭޝަން ދުނިޔެއަށް ނުވެއްޓި އޯބިޓުގައި ފްލޯޓް ވަނީ ރަޝިއާގެ މަސައްކަތުން.

ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ބައިނަލްއަގްވާމީ ޖައްވީ އިދާރާ (އައިއެސްއެސް) ދުނިޔެއަށް ވެއްޓިދާނެކަމުގެ އިންޒާރު ރަޝިއާއިން ދީފި އެވެ.

ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްގެ ވެރިޔާ ޑިމިޓްރީ ރޮގޮޒިން ހޮނިހިރު ދުވަހު ގޮވާލެއްވީ ދަތިކުރުމުގެ ފިޔަވަޅުތައް އަވަހަށް އުވާލުމަށެވެ.

ރޮގޮޒިން ވިދާޅުވީ ޖައްވީ އިދާރާ އޯބިޓުގައި ފްލޯޓްވާ ގޮތް ހެދުމަށް ރަޝިއާއިން އޮޕަރޭޓް ކުރާ އުޅަނދުތައް ސާވިސް ކުރުމުގެ މަސައްކަތަށް ފިޔަވަޅުތަކާ ހެދި ހުރަސް އެޅިދާނެ ކަމަށެވެ.

Advertisement

އެމެރިކާއިން ސަޕްލައި ކުރަނީ އައިއެސްއެސްއަށް ބޭނުންވާ ހަކަތަ އެވެ. އަދި ރަޝިއާއިން ޒިންމާ ވަނީ އައިއެސްއެސް އޯބިޓްގައި ހުއްޓުމެއް ނެތި އެނބުރުމާއި ފްލޯޓްވުމަށެވެ.

ރަޝިއާއިން އެކަން ކުރަނީ އައިއެސްއެސްގައި ޖައްސާފައިވާ "ޕްރޮގްރެސް" ޖައްވީ އުޅަނދުގެ އެހީގައި އެ ސްޓޭޝަން 250 މޭލު އުސް ހިސާބެއްގައި ދަމަހައްޓައިގެންނެވެ.

މީގެ ކުރިން ވެސް ރޮގޮޒިން ވިދާޅުވެފައި ވަނީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ރައްދެއްގެ ގޮތުން އައިއެސްއެސްގެ ޕާޓްނާޝިޕް ނިންމަން ވިސްނަމުންދާ ކަމަށެވެ.

އެހެން ވެއްޖެ ނަމަ، 400 ޓަނުގެ ޖައްވީ ސްޓޭޝަން ދުނިޔެއަށް ވެއްޓޭނެ އެވެ. އައިއެސްއެސް އޯބިޓުގައި ރަޝިއާ މަތިން ދަތުރު ކުރަނީ ވަރަށް މަދުންނެވެ. އެހެންކަމުން ދުނިޔެއަށް ވެއްޓޭ ނަމަ ރަޝިއާގެ ބިމުގެ ސަރަހައްދަކަށް ވެއްޓުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

ފިނި ހަނގުރާމައަށް ފަހު އެއްބައިވަންތަކަމުގެ ނިޝާނެއްގެ ގޮތުގައި ފާއިތުވި 21 އަހަރު އެކި ގައުމުގެ އެސްޓްރޮނޯޓުން މަސައްކަތުގައި އުޅެމުންދާ އައިއެސްއެސްގައި މީގެ ކުރިން ރަޝިއާ އާއި އެމެރިކާއިން ގުޅުން ކަނޑާލާފައެއް ނުވެ އެވެ.

ނަމަވެސް ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރަށް ގޯސްވާ ނަމަ، އެމެރިކާ އާއި ރަޝިއާގެ ޖައްވީ ގުޅުން ދެމިއޮތުމުގެ ފުރުސަތު ކުޑަ ކަމަށް އެނެލިސްޓިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox