ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކާބޯތަކެތީގެ އެކްސްޕޯޓް މަދު ނުކުރަން ގޮވާލައިފި

ޖީ7 ގައި ހިމެނެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް.

ޖީ7 ގައި ހިމެނެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ގައުމުތަކުން ކާބޯތަކެތީގެ އެކްސްޕޯޓް މަދު ނުކުރުމަށް ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޖީ7 އިން ގޮވާލައިފި އެވެ.

ހުކުރު ދުވަހު ޖީ7 ގައުމުތަކުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރުންގެ ބައްދަލުވުމެއް އޮތެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރީ ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރާނެ އަސަރުތަކާ ގުޅޭ ގޮތުންނެވެ.

"އަޅުގަނޑުމެން ގައުމުތަކަށް ގޮވާލަނީ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ މާކެޓުތައް ހުޅުވާލާފައި ބާއްވަން. އަދި ސަބަބެއް ނެތި ގައުމަކުން އެކްސްޕޯޓް ކުރުން މެދުކަނޑާލަފާނެ ކަމަށް ބަލައި، ތައްޔާރީ ހާލަތުގައި ތިބުމަށް އަވަސް ފިޔަވަޅު އެޅުން މުހިއްމު،" ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުންޏެވެ.

މި ވަގުތު ޖީ7 ގެ ރިޔާސަތު ބަލަހައްޓަނީ ޖަރުމަނުވިލާތުންނެވެ. އެ ގައުމުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވީ ގައުމުތަކުން އެކްސްޕޯޓް ކުރުން މެދުކަނޑާލުމުގެ ފުރުސަތު އޮތުމަކީ "ވަރަށް ކަންބޮޑުވާ" މައްސަލައެއް ކަމަށެވެ.

"މި ހާލަތުގައި އަމިއްލަ އެދުން ބޮޑުވާ ނަމަ، ކާރިސާ ގޯހުން ގޯހަށް ގޮސް، އަގުތައް ނުހިފެހެއްޓޭ ވަރަށް މައްޗަށް އަރައިގެން ދާނެ. މިއީ އަޅުގަނޑުމެންނަށް ބޭނުން ނުވާ ހާލަތެއް އަދި އެ ހާލަތުން ދުރުގައި ތިބެވިދާނެ ފަދަ ހާލަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ހެދި ބައެއް މުހިއްމު ތަކެތީގެ އަގު ދުނިޔޭގެ މާކެޓުގައި ވަނީ އުފުލިފަ އެވެ. އެގޮތުން ތެލާއި ކާބޯތަކެތީގެ އަގު ފާހަގަކުރެވެ އެވެ.

ރަޝިއާ އާއި ޔޫކްރެއިނަކީ ވެސް ގިނަ އަދަދަކަށް ކާބޯތަކެތި އުފައްދާ ދެ ގައުމެވެ. އޭގެ ތެރޭގައި ސަންފްލާވާ ތެލާއި ގޮދަން ފުށް ހިމެނެ އެވެ. މި ދެ ގައުމުގެ މުދަލަށް އެންމެ ބޮޑަށް ބަރޯސާ ވަނީ މެދުއިރުމަތީގެ ގައުމުތަކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލޭނެ ކަމަށެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގަސް ކާނާ އެންމެ ގިނައިން އުފައްދާ އެއް ގައުމަކީ ރަޝިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox