ފިޔަވަޅުތަކަށް ރަޝިއާގެ ރައްދު: ބައެއް މުދާ އެކްސްޕޯޓް ކުރުން މަނާ ވާނެ

ރަޝިއާއިން އެކްސްޕޯޓް ކުރުން މަނާކުރި ތަކެތީގެ ތެރޭގައި އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ބަޔެއް ބައިތައް ހިމެނޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރަޝިއާއިން އެކްސްޕޯޓް ކުރުން މަނާކުރި ތަކެތީގެ ތެރޭގައި އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ބަޔެއް ބައިތައް ހިމެނޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާތީ، ރައްދުގައި ރަޝިއާއިން ބައެއް މުދާ އެކްސްޕޯޓް ކުރުން މެދުކަނޑާލައިފި އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ނިޔަލަށް އެކްސްޕޯޓް ކުރުން މެދުކަނޑާލި މުދަލުގެ ތެރޭގައި ޓެލެކޮމް، ސިއްހީ ދާއިރާ، އުޅަނދު ފަހަރު، ދަނޑުވެރިކަމުގެ ދާއިރާ އަދި ކަރަންޓާ ގުޅުން ހުރި ބައެއް އުފެއްދުންތަކާއި، ލަކުޑި ފަދަ ތަކެތި ހިމެނެ އެވެ.

އިކޮނޮމީ މިނިސްޓްރީން ބުނީ އިތުރު ފިޔަވަޅެއްގެ ގޮތުން ބޭރުގެ ބޯޓުތައް ރަޝިއާގެ ބަނދަރުތަކަށް ވަނުން މަނާ ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ. މިއީ ރަޝިއާއަށް ދަތިކޮށްފައި ވާތީ ރައްދުގައި އަޅަން "އެންމެ އެކަށޭނަ" ފިޔަވަޅުތަކުގެ ގޮތުގައި މިނިސްޓްރީން ސިފަކުރި އެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ސީދާ ރައީސް ލެޑިމިއަ ޕުޓިން އާއި ރަޝިއާގެ މަހުޖަނުންނަށް ވެސް ދަތިކޮށްފައިވެ އެވެ. އޭގެ އިތުރުން ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލަން ވެސް އެމެރިކާއިން ނިންމާފައިވެ އެވެ.

ރައްދުގައި ރަޝިއާއިން އެޅި ފިޔަވަޅުތަކުގެ އަސަރު 48 ގައުމަކަށް ކުރާނެ އެވެ. އޭގެ ތެރޭގައި އީޔޫގެ ގައުމުތަކާ އެމެރިކާ ހިމެނެ އެވެ.

ރަޝިއާގެ ބޮޑު ވަޒީރު މީކާއީލް މިޝުސްޓިން ވިދާޅުވީ ފިޔަވަޅުތަކުގެ ދަށުން ރަޝިއާގައި އޮޕަރޭޓް ކުރާ ބޭރު ކުންފުނިތަކުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން ވެސް މަނާ ވާނެ ކަމަށެވެ. އެގޮތުން ކާރާއި، ރޭލުގެ ބައިތަކާއި ކޮންޓެއިނަރު ހިމެނެ އެވެ.

ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވިދާޅުވެފައި ވަނީ އެ ގައުމުގައި އޮޕަރޭޓް ކުރުން ހުއްޓާލާ ހުޅަނގުގެ ގައުމުތަކުގެ ކުންފުނިތަކުގެ މުދާ، ދައުލަތުގެ ދަށަށް ގެންނަން ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އެކަމަށް މަގުފަހިވާ ގާނޫނެއް ޕާލިމެންޓުން މިދިޔަ ބުދަ ދުވަހު ފާސްކުރި އެވެ.

ބައިނަލްއަގްވާމީ ގިނަ ކުންފުނިތަކުން ރަޝިއާ ދޫކޮށް ދާން ފަށާފައިވާ އިރު އިތުރު ކުންފުނިތަކުން ވަނީ އެ ގައުމުގައި ހިންގާ އޮޕަރޭޝަންތައް މެދުކަނޑާލާފަ އެވެ. އޭގެ ތެރޭގައި ސްޓާބަކްސް، ސޮނީ އަދި ޔުނިލެވާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox