އެމްއޭސީއެލް ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހު ހަވާލު ކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އަޅަމުންދާ ޓަވަރުތައް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އަޅަމުންދާ ޓަވަރުތައް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ދެ ޓަވަރުގެ ފްލެޓުތަކުގެ ތަޅުދަނޑި އަންނަ މަހު ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއީ ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އާ ހަވާލުކުރި 24،000 އަކަފޫޓުގެ ބިމުގައި އެޅި ދެ ޓަވަރެވެ.

މި ޓަވަރުތަކުގައި ހުންނަނީ 1+2 ކޮޓަރި ހުންނަ 240 އެޕާޓުމަންޓާއި އެއް ކޮޓަރީގެ 144 އެޕާޓުމަންޓު ހިމެނޭހެން ޖުމްލަ 384 ހައުސިން ޔުނިޓެވެ. އޭގެ ތެރެއިން 312 ޔުނިޓު ލިބެނީ އެމްއޭސީއެލް މުވައްޒަފުންނަށެވެ. ބާކީ 72 ޔުނިޓަކީ އާންމުންނަށް ވިއްކާލާ އެއް ކޮޓަރީގެ ފްލެޓުތަކެވެ.

އެމްއޭސީއެލް ޓަވަރުތަކުން ފްލެޓުތައް ލިބޭ މުވައްޒަފުންގެ ލިސްޓު ފައިނަލްވެފައިވާއިރު، ހުސްވި މަހުގެ ތެރޭގައި ފްލެޓު ލިބޭ މީހުންނަށް އެތަންތަން ދައްކާ ވެސް ނިމިއްޖެ އެވެ. އެކަމަކު ތަޅުދަނޑި ހަވާލުކުރެވޭނެ ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލުން ބުނީ އެޕާޓްމަންޓްތައް މުވައްޒަފުންނާއި ހަވާލު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފައިވާ ކަމަށެވެ. އެ ޓަވަރުތަކުގެ 99 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ފްލެޓްތައް މުވައްޒަފުންނާއި ހަވާލުކުރުމުގެ މަސައްކަތްކުރިއަށް ގެންދާއިރު މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓާއި، ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ލަސްވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ކުންފުނިން މިހާރު ދަނީ މި ހިދުމަތްތައް އަވަސްކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުން. މި ކުންފުނީގެ އަމާޒަކީ އަންނަ އޭޕްރީލް މަހު މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކުރުން،" އެމްއޭސީއެލުން ބުންޏެވެ.

އެ ފްލެޓްތަކުގެ ކޮންޓްރެކްޓަރަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.

ފްލެޓު މަޝްރޫއަށް އެމްއޭސީއެލް އިން މުވައްޒަފުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގަ އެވެ. އެގޮތުން، މުޅި މަޝްރޫއަށް ފައިނޭންސްކުރީ އެމްއޭސީއެލްގެ ކޭޝްފްލޯ އިންނެވެ. އެ ކުންފުނިން ވިސްނަނީ އަޕްފްރަންޓު ފީއެއް ނަގައިގެން 15 އަހަރަށް ބަހާލައިގެން ފްލެޓުގެ ކުލި ދައްކާ ގޮތަށް ދޫކުރުމަށެވެ.

އެގޮތުން އެ މަޝްރޫއުގެ ޖުމުލަ އަންދާޒާ ކުރާ އަގަކީ 408،280،814.10ރ. / 251،291،698.16ރ. އެވެ.

އެއް ކޮޓަރި:

  • ޓައިޕް އޭ – 128 ކޮޓަރި / 448.06 / އަގު: 1،367،805.00ރ.
  • ޓައިޕް ބީ – 8 ކޮޓަރި / 446.22 / އަގު: 1،362،188ރ.
  • ޓައިޕް ސީ – 8 ކޮޓަރި / 440.31 / އަގު: 1،344.146ރ.

ދެ ކޮޓަރި ޕްލަސް އެކެއް:

  • ޓައިޕް ޑީ – 20 ކޮޓަރި / 662.09 / 2،021،180ރ.
  • ޓައިޕް އީ – 120 ކޮޓަރި / 649.78 / 1،983،600ރ.
  • ޓައިޕް އެފް – 20 ކޮޓަރި / 665.66 / 2،032،078ރ.
  • ޓައިޕް ޖީ – 80 ކޮޓަރި / 663.77 / 2،026،308ރ.

ތަޅުދަނޑި ހަވާލު ނުވަނީ ފެނާ ނަރުދަމާގެ މަސައްކަތްތައް ނުނިމޭތީ ކަމަށް އެމްއޭސީއެލް އިން ބުނި ނަމަވެސް، އެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެޗްޑީސީއާ ހަވާލާދީ ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން ތައްޔާރުކުރި ސަރުކާރު ކުންފުނިތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ރިޕޯޓުގައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox