ތެލުގެ ސަޕްލައި އާ މެދު އުއްމީދު ބޮޑުވެ، އަގު ތިރިވުމަށް ފަހު އަނެއްކާވެސް އުފުލިއްޖެ

ތެލުގެ އަގު 17 ޕަސެންޓު ތިރިވުމަށް ފަހު ތިން ޕަސެންޓުގެ އުފުލުމެއް ވަނީ އައިސްފައި. -- ފޮޓޯ: ރޮއިޓާޒް

ތެލުގެ އަގު 17 ޕަސެންޓު ތިރިވުމަށް ފަހު ތިން ޕަސެންޓުގެ އުފުލުމެއް ވަނީ އައިސްފައި. -- ފޮޓޯ: ރޮއިޓާޒް

ތެޔޮ އުފައްދާ ގައުމުތަކުން ސަޕްލައި އިތުރު ކުރާނެ ކަމުގެ އުއްމީދާ އެކު އަގުތައް ތިރިވުމަށް ފަހު އަނެއްކާވެސް އުފުލިއްޖެ އެވެ.

ޔޫއޭއީ އިން ވަނީ ތެލުގެ ސަޕްލައި އިތުރު ކުރަން، އޯޕެކް ގައުމުތަކުގެ ތެލުގެ އުފެއްދުންތެރިކަން މައްޗަށް ޖައްސަން ބާރު އަޅާފައި ކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ.

ނަމަވެސް, ޔޫއޭއީގެ ހަކަތަ އާ ބެހޭ މިނިސްޓަރު އެ ވާހަކަ ދޮގުކުރެއްވި އެވެ.

ބުދަ ދުވަހު ތެލުގެ އަގު 17 ޕަސެންޓުން ތިރިވުމަށް ފަހު ބުރާސްފަތި ދުވަހު އަނެއްކާވެސް ވަނީ ތިން ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެހެން އޮފިޝަލުން ވައުދުވެވަޑައިގެންފައި ވަނީ ތެލުގެ އަގުތައް ތިރި ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންވެ، އެމެރިކާއިން ދަނީ ސަޕްލައި އިތުރު ކުރަން ބާރު އެޅުމުގެ މަގްސަދުގައި ތެޔޮ އުފައްދާ ގައުމުތަކާ އެކު މެދުނުކެނޑި މަޝްވަރާ ކުރަމުންނެވެ.

"ތެލުގެ އުފެއްދުންތެރިކަން މަތި ކުރަން އަޅުގަނޑުމެން ތާއީދު. އަދި އޯޕެކް ގައުމުތަކުން އެގޮތަށް ވިސްނަން އަޅުގަނޑުމެން ބާރު އަޅަން،" ޔޫއޭއީގެ ސަފީރު ޔޫސުފް އަލް އުތައިބާ ވިދާޅުވި އެވެ.

އެކަމަކު ހަކަތައާ މިނިސްޓަރު ސުހައިލް އަލް މަޒްރުއޭއީ ފަހުން ވިދާޅުވީ އޯޕެކް ގައުމުތަކުން ކޮންމެ މަހަކު ވެސް ތެޔޮ އުފައްދަަން ކަނޑައަޅާފައިވާ ޓާގެޓަށް ބަދަލު ގެންނަން ޔޫއޭއީއިން ނުވިސްނާ ކަމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގުތައް ވަނީ 30 ޕަސެންޓު އުފުލިފަ އެވެ. މި ހަފްތާފައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 139 ޑޮލަރަށް އެރި އެވެ.

ބުދަ ދުވަހު އަގު 106 ޑޮލަރަށް ތިރިވުމަށް ފަހު އަނެއްކާވެސް ބުރާސްފަތި ދުވަހު އަގު އުފުލުފައި ވަނީ 114 ޑޮލަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox