އިނގިރޭސި ސަރުކާރުން އިންޒާރުދީފައި ވަނިކޮށް ޔޫކްރެއިން ހަނގުރާމައަށް ހިނގައްޖެ

އިނގިރޭސިވިލާތުން ޔޫކްރެއިން ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި ޕާލިމެންޓް މެމްބަރެއްގެ ދަރިއަކު ވެސް ހިމެނޭ. -- ފޮޓޯ: އަރަބް ނިއުސް

އިނގިރޭސިވިލާތުން ޔޫކްރެއިން ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި ޕާލިމެންޓް މެމްބަރެއްގެ ދަރިއަކު ވެސް ހިމެނޭ. -- ފޮޓޯ: އަރަބް ނިއުސް

ލަންޑަން، އިނގިރޭސިވިލާތް (މާޗް 10) - ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމާ ދެކޮޅަށް އިނގިރޭސި ސަރުކާރުން އިންޒާރުދީފައި ވަނިކޮށް އެ ގައުމުގެ ބަޔަކު ހަނގުރާމައަށް ހިނގައްޖެ އެވެ.

ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި ކޮންޒަވޭޓިވް ޕާޓީގެ ޕާލިމެންޓް މެމްބަރެއްގެ ދަރިއަކު ވެސް ހިމެނެ އެވެ.

ފެބްރުއަރީ 27 ވަނަ ދުވަހު ފޮރިން ސެކެޓްރީ ލިޒް ޓްރުސް ވިދާޅުވީ އިނގިރޭސި ރައްޔިތުން ހަނގުރާމައަށް ދާން ބޭނުން ނަމަ ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް، ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އޮފީހާއި، ޑިފެންސް ސެކެޓްރީ ބެން ވޮލެސް އަދި ސިފައިންގެ ވެރިޔާ ވެސް އެ ވިސްނުމާ ދެކޮޅެވެ. ބުދަ ދުވަހު ޓްރުސް ވެސް ވިދާޅުވީ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

ވޮޝިންޓަންގައި ބޭއްވި ނިއުސް ކޮންފެރެންސެއްގައި ޓްރުސް ވިދާޅުވީ ޔޫކްރެއިނަށް ދަތުރު ނުކުރުމަށް ފޮރިން އޮފީހުން ލަފާދޭ ކަމަށާއި އެހީވާން ބޭނުންވާ އިނގިރޭސި ރައްޔިތުންނަށް ފައިސާ އާއި ތަކެތި ހަދިޔާ ކުރެވޭނެ ކަމަށެވެ.

ނަމަވެސް، ދަ ގާޑިއަން ނޫހުން ބުނީ ފާއިތުވި ހަފްތާ ބަންދުގެ ތެރޭގައި އިނގިރޭސި ހަތް މީހުން ޔޫކްރެއިނަށް ދަތުރު ކުރި ކަމަށެވެ. އެ އެންމެންނަކީ ވެސް ކުރީގެ ސިފައިންނެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 30 އަހަރުގެ ބެން ގްރާންޓަކީ ރޯޔަލް މެރީންސްގައި ފަސް އަހަރު ހިދުމަތްކޮށްފައިވާ މީހެކެވެ.

އޭނާގެ މަންމަ، ހެލެން ގްރާންޓަކީ ކޮންޒަވޭޓިވް ޕާޓީގެ ޕާލިމެންޓް މެމްބަރެކެވެ. އޭގެ އިތުރުން ކުރިން މިނިސްޓަރުކަން ވެސް ކުރައްވައި، ބޮޑު ވަޒީރު ޖޯންސަން އަންހެން ކުދިންގެ ތައުލީމަށް ކަނޑައެޅުއްވި ހާއްސަ މަންދޫބުކަން ވެސް ކުރެއްވި އެވެ.

ތިން ކުދިންގެ ބައްޕަ، ބެން ގްރާންޓް ބުނީ އޭނާ ދަތުރު ފެށުމުގެ ކުރިން މަންމައަށް ނާންގާ ކަމަށާއި ހަނގުރާމައިގައި ބައިވެރިވާން ނިންމީ ޓީވީން ފެންނަމުން ދިޔަ މަންޒަރުތަކުގެ ސަބަބުން ކަމަށެވެ.

އޭނާ ބުނީ އިނގިރޭސިވިލާތުން އިތުރު 100 މީހުން ޔޫކްރެއިނަށް ދަތުރު ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ހަނގުރާމައިގެ އެކި ކަންކަމަށް ހާއްސަވެފައިވާ "ސްޕެޝަލިސްޓުން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox