ޗެރްނޮބީލް ނިޔުކްލިއާ ފެސިލިޓީއާ ގުޅުން ކެނޑުމުން އައިއޭއީއޭގެ ކަންބޮޑުވުން

ޗެރްނޮބީލް ނިޔުކްލިއާ ފެސިލިޓީގެ ކޮންޓްރޯލް އޮތީ ރަޝިއާ ސިފައިންގެ އަތުގައި. -- ފޮޓޯ: އޭއެފްޕީ

ޗެރްނޮބީލް ނިޔުކްލިއާ ފެސިލިޓީގެ ކޮންޓްރޯލް އޮތީ ރަޝިއާ ސިފައިންގެ އަތުގައި. -- ފޮޓޯ: އޭއެފްޕީ

ވިއެނާ، އޮސްޓްރިއާ (މާޗް 9) - ޔޫކްރެއިންގައި ހުންނަ ޗެރްނޮބީލް ނިޔުކްލިއާ ފެސިލިޓީއިން އދ. ގެ ނިޔުކްލިއާ ހަކަތައާ ބެހޭ އިދާރާއަށް ޑޭޓާ ފޮނުވުން ހުއްޓާލާފައި ވާތީ އެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި ޗެރްނޮބީލް ފެސިލިޓީގެ ކޮންޓްރޯލް ވަނީ ހޯދާފަ އެވެ. އެ ފެސިލިޓީއަކީ 1986 ވަނަ އަހަރު ހިނގި ހާދިސާއެއްގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ރޭޑިއޯއެކްޓިވް މާއްދާތައް މުޅި ޔޫރަޕްގައި ފެތުރުން މެދުވެރިވި ތަނެކެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ އެ ފެސިލިޓީގެ ޑޭޓާ ލިބުން ހުއްޓިފައިވާ ކަމަށާއި ޔޫކްރެއިންގެ އެހެން ހިސާބުތަކުގައި ހުރި ނިޔުކްލިއާ ފެސިލިޓީތަކުގެ ސްޓެޓަސް ބަލަމުންދާ ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިނަށް އެރި ފަހުން ފާއިތުވި 13 ދުވަހު ޗެރްނޮބީލް ފެސިލިޓީގެ 200 އަށް ވުރެ ގިނަ ޓެކްނިކަލް ސްޓާފުން ތިބީ އެ ތަނުގެ ތެރޭގައި ތާށިވެފަ އެވެ. ޔޫކްރެއިންގެ ރެގިއުލޭޓަރާ ހަވާލަދީ އައިއޭއީއޭ އިން ބުނީ ސްޓާފުންގެ ހާލަތު "ގޯސްވަމުންދާ" ކަމަށެވެ.

ބޭނުން ކުރުން ހުއްޓާލާފައިވާ ޗެރްނޮބީލް ފެސިލިޓީ ހުންނަ ޒޯނުގައި ބޭނުން ކުރުން ހުއްޓާލާފައިވާ ރިއެކްޓަރުތަކާއި ރޭޑިއޯއެކްޓިވް ކުނި ނައްތާލަން ހާއްސަ ފެސިލިޓީތައް ވެސް ހުރެ އެވެ. ފެސިލިޓީ ބޭނުން ނުކުރި ނަމަވެސް، ނިޔުކްލިއާ ކާރިސާއެއް ކުރިމަތިވި ނުދިނުމަށް ފެސިލިޓީ މެނޭޖް ކުރުމުގެ މަސައްކަތުގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން އުޅެ އެވެ.

އައިއޭއީއޭއިން ރަޝިއާއަށް ގޮވާލީ ބަންދުވެފައި ތިބި މުވައްޒަފުން ދޫކޮށްލައި، މުވައްޒަފުންގެ މެދުގައި ޑިޔުޓީ ރޮޓޭޓް ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެއީ މުވައްޒަފުން ވަރުބަލިވެ، ހާސްކަމުގައި މަސައްކަތް ކުރަން ޖެހޭ ނަމަ، ނިޔުކްލިއާ ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުންނެވެ.

މިދިޔަ ހަފްތާގައި ރަޝިއާއިން ވަނީ ޔޫރަޕްގެ ދެ ވަނައަށް އެންމެ ބޮޑު ނިޔުކްލިއާ ފެސިލިޓީއަށް ހަމަލާދީ އެ ތަން ވެސް ހިފާފަ އެވެ. ޔޫކްރެއިންގެ ޒަޕޮރިއްޒިޒިއާ ފެސިލިޓީ ހިފުމާ އެކު ޔޫކްރެއިން ސަރުކާރުން ބުނީ ރަޝިއާއިން "ނިޔުކްލިއާ ޓެރަރިޒަމް"ގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox