ރަޝިއާގެ ބޮމުގެ ހަމަލާއިން ސަލާމަތްވި ޓެނިސް ކުޅުންތެރިޔާ ޑަޔާނާގެ އިނާމް ފައިސާ ޔޫކްރެއިނަށް

Mar 8, 2022, 9:28 AM
ލިޔޯން އޯޕަން ޓެނިސް މުބާރާތުގެ ރަނަރަޕަށް ދިޔަ ޔޫކްރެއިންގެ ޓެނިސް ކުޅުންތެރިޔާ ޑަޔާނާ: ލިޔޯން މުބާރާތުގެ ރަނަރަޕަށް ދިއުމުން ލިބުނު ފައިސާ އޭނާ ވަނީ ޔޫކްރެއިން ހަނގުރާމައިގައި އެހީތެރިވެދޭ މީހުންނަށް ހަދިޔާކުރަން ނިންމާފައި.-- ފޮޓޯ: އޭއެފްޕީ

ލިޔޯން އޯޕަން ޓެނިސް މުބާރާތުގެ ރަނަރަޕަށް ދިޔަ ޔޫކްރެއިންގެ ޓެނިސް ކުޅުންތެރިޔާ ޑަޔާނާ: ލިޔޯން މުބާރާތުގެ ރަނަރަޕަށް ދިއުމުން ލިބުނު ފައިސާ އޭނާ ވަނީ ޔޫކްރެއިން ހަނގުރާމައިގައި އެހީތެރިވެދޭ މީހުންނަށް ހަދިޔާކުރަން ނިންމާފައި.-- ފޮޓޯ: އޭއެފްޕީ

ލިޔޯން, ފްރާންސް (މާޗް 8) - މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޔޫކްރެއިންގެ ސިޓީ އޮޑެސާގައި ދިރިއުޅެމުންދިޔަ ޓެނިސް ކުޅުންތެރިޔާ ޑަޔާނާ ޔަސްޓްރެމްސްކާ ބޮމުގެ ހަމަލާތަކުން ސަލާމަތްވެ، ފްރާންސަށް އައިސް ލިޔޯން އޯޕަން ޓެނިސް މުބާރާތުގައި ވާދަކޮށް ރަނަރަޕަށް ދިއުމުން ލިބުނު ފައިސާ ޔޫކްރެއިންގެ ހަނގުރާމައިގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަދިޔާކުރަން ނިންމައިފި އެވެ.

ދުނިޔޭގެ 140 ވަނައިގައި އޮތް ޑަޔާނާ ފައިނަލުގައި ބަލިވީ ޗައިނާގެ ޒޭންގާ ވާދަކޮށް 3-6, 6-3, 6-4 އިންނެވެ. ޒޭންގް އަކީ ދުނިޔޭގެ ރޭންކިންގެ 64 ވަނައިގައި އޮތް ކުޅުންތެރިއެކެވެ. ރަނަރަޕަށް ދިއުމުން ޑަޔާނާ އަށް ފައިސާގެ އިނާމުގެ ގޮތުގައި 15،700 ޑޮލަރު ލިބުނުއިރު، އޭނާ ވަނީ އެ ޔޫކްރެއިންގެ ހަނގުރާމައިގައި ހާލު ޖެހުނު މީހުންނަށް ހަދިޔާކުރަން ނިންމައިފަ އެވެ.

"އަހަންނަށް މި ލިބުނު ފައިސާ ހަރަދުކުރާނީ ޔޫކްރެއިންގެ ފައުންޑޭޝަނަށް. ޔޫކްރެއިން މީހުން އަހަރެންގެ މި މެޗު ބަލަން ތިބި ނަމަ ބުނެލަން އޮތީ އެންމެ ވާހަކައެއް. ތި މީހުންނަކީއޭ އެންމެ ހިތްވަރުގަދަ ބަޔަކީ. އަހަރެން ވެސް ޔޫކްރެއިނަށްޓަކައި ހަނގުރާމަ ކުރަން ބޭނުމޭ،" އުމުރުން 21 އަހަރުގެ ޑަޔާނާ ބުންޏެވެ.

ޑަޔާނާ، ލިޔޯން އޯޕަންގައި ވާދަކުރަން ފްރާންސަށް އައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފްރާންސަށް އައުމަށް ފަހު އެ ގައުުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފާއިތުވި ދިުވަސްތަކުގައި ހޭލެވެނީ ދިރިއުޅޭ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތީ މިހުންގެ ރުއިމުގެ އަޑުތަކާ އެކު ކަމަށެވެ. ޑަޔާނާ އާއި އޭނާގެ އާއިލާ ކާރު ޕާކު ކުރަން ހުންނަ ތަނެއްގައި ބޮމުގެ ހަމަލާތަކުން ސަލާމަތްވާން ހުންނަން ޖެހުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޑަޔާނާ ފްރާންސަށް އައީ ރުމޭނިއާ މަގުންނެވެ. ޑަޔާނާ އާއި އޭނާގެ 15 އަހަރުގެ ކޮއްކޮ، އިވާނާ ބޯޓެއްގައި ރުމޭނިއާ އަށް އައިއިރު، އެ ދެ މީހުންގެ މަންމަ އާއި ބައްޕަ ވަނީ ޔޫކްރެއިންގައި މަޑުކުރަން ނިންމައިފަ އެވެ. ލިޔޯން މުބާރާތަށް ފަހު ޑަޔާނާ އަށް މިހާރު ވަނީ އެމެރިކާގައި ވަރަށް އަވަހަށް ފަށަން ނިންމާފައިވާ އިންޑިއަން ވެލްސް މުބާރާތުގެ ވައިލްޑް ކާޑު ފުރުސަތެއް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox