ހަނގުރާމައިގައި ޔޫކްރެއިންގެ ދެ ވަނަ ނިޔުކްލިއާ ފެސިލިޓީއަކަށް ގެއްލުން ލިބިއްޖެ

ހަމަލާތަކުގައި ގެއްލުން ލިބުނީ ހާރްކީވްގައި ހުންނަ ނިޔުކްލިއާ ފެސިލިޓީއަކަށް. -- ފޮޓޯ: ޔޫނިއަން

ހަމަލާތަކުގައި ގެއްލުން ލިބުނީ ހާރްކީވްގައި ހުންނަ ނިޔުކްލިއާ ފެސިލިޓީއަކަށް. -- ފޮޓޯ: ޔޫނިއަން

ވިއެނާ، އޮސްޓްރިއާ (މާޗް 8) - ޔޫކްރެއިންގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ހާރްކީވްގައި ހަމަލާ ބަދަލުކުރުމުގެ ތެރޭގައި ނިޔުކްލިއާ ފެސިލިޓީއަކަށް ގެއްލުން ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފި އެވެ.

ވިއެނާގައި ހުންނަ އދ. ގެ ނިޔުކްލިއާ ހަކަތައާ ގުޅޭ އިދާރާއިން ބުނީ ނިޔުކްލިއާ ފެސިލިޓީއަށް ގެއްލުން ލިބުނީ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް އެ ސައިޓުގައި ރޭޑިއޭޝަން ހުރި މިންވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.

އެ ފެސިލިޓީއަކީ ހާރްކީވް އިންސްޓިޓިއުޓް އޮފް ފިޒިކްސް އެންޑް ޓެކްނޮލޮޖީގެ ބަޔެކެވެ. އެ ތަނުގެ ބޭނުމަކީ ސިއްހީ އަދި ސިނާއީ ކަންކަމަށް ރޭޑިއޯއެކްޓިވް މާއްދާ އުފެއްދުމެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އެންމެ ބޮޑެތި ހަމަލާތަކެއް އަމާޒުވެފައި ވަނީ ހާރްކީވް އަށެވެ.

އައިއޭއީއޭއިން ބުނީ ޔޫކްރެއިންގެ ނިޔުކްލިއާ ފެސިލިޓީތަކުގައި ރައްކާތެރިކަމަށް ހުރަސް އެޅޭ ގިނަ ހާލަތްތަކެއް ހަނގުރާމައިގައި ފެންމަތިވަމުންދާ ކަމަށެވެ.

އެގޮތުން ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓަށް ދިން ހަމަލާއެއްގައި އެ ތަނުގައި ރޯވި އެވެ. ނަމަވެސް އެ ފަހަރު ވެސް ރޭޑިއޯއެކްޓިވް މިންވަރަށް ބަދަލެއް ނާންނަ ކަމަށް އައިއޭއީއޭއިން ބުންޏެވެ.

އޭގެ އިތުރުން ރޭޑިއޯއެކްޓިވް ކުނި ނައްތާލާ ފެސިލިޓީތަކަށް ވެސް ކިޔެވް އާއި ހާރްކީވްގައި ގެއްލުންވަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އައިއޭއީއޭއިން ބުނީ ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް މިހާރު އޮތީ ރަޝިއާގެ ބާރުގެ ދަށުގައި ކަމަށެވެ. އެ ތަނަކީ ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ހަކަތަ އުފައްދާ ފެސިލިޓީ އެވެ.

އައިއޭއީއޭއިން ރަޝިއާ އާއި ޔޫކްރެއިނަށް ގޮވާލީ ނިޔުކްލިއާ ފެސިލިޓީތައް ރައްކާތެރި ކުރެވޭނެ ގޮތެއް ރޭވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox