ފުލުހުން "ޖެއްސުން" ކުރާކަމަށް ބުނެ ޓެކްސީ ޑްރައިވަރުން އިހްތިޖާޖުކުރަނީ

ޓެކްސީއެއް މާލެ ތެރޭގައި. ޑްރައިވަރުން ދަނީ ދަތުރުތަކުގެ އަގުބޮޑުކުރަން މަސައްކަތްކުރަމުން. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޓެކްސީއެއް މާލެ ތެރޭގައި. ޑްރައިވަރުން ދަނީ ދަތުރުތަކުގެ އަގުބޮޑުކުރަން މަސައްކަތްކުރަމުން. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެއާޕޯޓުން ދަތުރު ނަގަން މަސައްކަތްކުރި ބައެއް ޓެކްސީ ޑްރައިވަރުންނަށް ފުލުހުން "ޖެއްސުން" ކުރިކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ބައެއް ޓެކްސީ ޑްރައިވަރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިހްތިޖާޖުކުރަން ފަށައިފި އެވެ.

ގާތްގަނޑަކަށް 10-15 ޑްރައިވަރުން މިހާރު ހުޅުމާލޭގައި އިހްތިޖާޖުކުރަމުން ދަނީ އެމީހުން ބުނާ ގޮތުގައި އެއާޕޯޓުގައި ފުލުހުން އެމިހުންގެ މަސައްކަތަށް ހުރަސްއެޅުމުންނެވެ.

އެގޮތުން އެއާޕޯޓުގައި ދަތުރު ނަގަން މަސައްކަތްކުރަމުންދިޔަ ޑްރައިވަރުންގެ ކާރުތައް ހުއްޓުވައި ކަސްޓަމަރުން ކައިރިން ފުލުހުން އެކި ސުވާލުތައް ކުރިކަމަށް ޓެކްސީ ސެންޓަރެއްގެ އިސްވެރިޔަކު މި ނޫހަށް މައުލޫމާތު ދިނެވެ.

ހުޅުމާލެ ރުއްގަނޑު ސަރަހައްދަށް ބައެއް ޓެކްސީ ޑްރައިވަރުން އެއްވެގެން. އެމީހުން އިހްތިޖާޖުކުރަނީ ފުލުހުން މަސައްކތަށް ހުރަސްއަޅާތީވެކަމަށް ސެންޓަރަކުން މައުލޫމާތު ދިން. ފޮޓޯ: ސޯޝަލް މީޑިއާ
ހުޅުމާލެ ރުއްގަނޑު ސަރަހައްދަށް ބައެއް ޓެކްސީ ޑްރައިވަރުން އެއްވެގެން. އެމީހުން އިހްތިޖާޖުކުރަނީ ފުލުހުން މަސައްކތަށް ހުރަސްއަޅާތީވެކަމަށް ސެންޓަރަކުން މައުލޫމާތު ދިން. ފޮޓޯ: ސޯޝަލް މީޑިއާ

ހުޅުމާލެ ރުއްގަނޑު ސަރަހައްދަށް ބައެއް ޓެކްސީ ޑްރައިވަރުން އެއްވެގެން. އެމީހުން އިހްތިޖާޖުކުރަނީ ފުލުހުން މަސައްކތަށް ހުރަސްއަޅާތީވެކަމަށް ސެންޓަރަކުން މައުލޫމާތު ދިން. ފޮޓޯ: ސޯޝަލް މީޑިއާ

"ކިއުގަ ތިބޭއިރު ބައެއް މީހުން ފޮނުވާލާ. އަނެއްބައި މީހުން ދަތުރު ނަގަނިކޮށް ކަސްޓަމަރުން ކައިރީ ކިހާވަރަކަށްހޭ ދަތުރުކުރަނީ އަހާ. ބައެއް ކާރުތަކުގައި ކަޅު ބިއްލޫރި ހުރިކަމަށް ބުނެ ޖޫރިމަނާކޮށް. ޑްރައިވަރުންނަށް އުނދަގޫވެެ ޖެއްސުންކުރާ ކަންތައްތަކަކާހެދި އިހްތިޖާޖުކުރަނީ،" ނަން ހާމަނުކުރަން ޝަރުތުކުރަމުން އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ އެއީ އެއްވެސް ސެންޓަރަކުން ރާވައިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސެންޓަރަކުން އަންގައިގެން ޑްރައިވަރުން ކުރާ ކަމެއް ނޫންކަމަށް ވެސް އޭނާ ބުނި އެވެ. އަދި ޑްރައިވަރުންގެ ހިތްހަމަނުޖެހުން ހުރީ އެއީ ވަކި ބަޔަކަށް ވަކި ގޮތަކަށް ކަންކަން އޮންނާތީވެކަމަށް އޭނާ ބުނި އެވެ.

"ހަމަ ޕްރައިވެޓް ކިތައް ކާރުގަ ކަޅު ބިއްލޫރި ޖަހާފަ އޮންނަނީ؟ އެކަމަކު ކަމެއް ނުކުރޭ. ރީނދޫ ބޯޑު ޖަހާފަ ހުރީމަ މިހެން މި ހަދަނީ. މިއުޅެނީ އަދި އަޅުގަނޑުމެން އަގުބޮޑުކުރާކަށް ވެސް ނޫން. ވަގުތީ ގޮތުން ތެޔޮ ހަރަދަށް ބަލާފަ އަގުބޮޑުކޮށްދޭން އެދުނީ،" އޭނާ ބުނި އެވެ.

އެހެން ސެންޓަރެއްގެ އިސްވެރިޔަކު މި ނޫހަށް ބުނީ މިހާރު ސެންޓަރުތަކުން އަމިއްލަ އިސްނެގުމަށް ޓެކްސީތަކުގައި މީޓަރު ހަރުކުރަން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިއަދު ސެންޓަރުތަކުގެ ވެރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލުކޮށް، ޑްރައިވަރުންގެ ފަރާތުން އަގުތަކަށް ގެންނަން އެދޭ ބަދަލުތަށް ހުށަހަޅާފައިވާކަމަށެވެ.

"މިނިސްޓަރު ވިދާޅުވި އެ ދިރާސާކުރުމަށްފަހު އެކަމަށްޓަކައި ބައްދަލުވުމެއް ވެސް ބާއްވާނަމޭ. ދެން މިހާރު މީޓަރު ހަރުކުރުން ނޫން އިތުރު ގޮތެއް ނެތީމަ އެގޮތަށް މިދަނީ،" އޭނާ ބުނި އެވެ.

ޓެކްސީ ސެންޓަރުތަކުން ދަތުރުތަކުގެ އަގުބޮޑުކުރަން މަސައްކަތް ފެށީ ރާއްޖެއާއި ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް މަތިވުމުގެ ސަބަބުންކަމަށް ޑްރައިވަރުން ބުނެ އެވެ.

އެގޮތުން މިއަދު މިނިސްޓްރީއަށް ޑްރައިވަރުން ހުށަހެޅި އަގުތަކުގައި މާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގުތައް 30ރ. އަށް އިތުރުކުރަން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެތެރޭގެ އަގުތަކަށް ބަދަލެއް ގެންނާކަށް ހުށައެއްނާޅަ އެވެ.

އޭގެ އިތުރުން ވެސް ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ނަމަ 100ރ. އަދި މާލެއިން އެއާޕޯޓަށް ނަމަ 80ރ. ނަގަން ވަނީ ހުށަހަޅާފަ އެވެ. އަދި މާލެއިން ހުޅުލޭގެ ސީޕްލޭން ޓާމިނަލަށް ނަމަ 100ރ. ގެ ރޭޓުން ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

އަދި ހުޅުމާލެ އެއް ފޭސް އިން އަނެއް ފޭސްއަށް ދާނަމަ 40ރ. އަދި ހުޅުމާލެ ފޭސް ދެއަކުން އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ވެސް 120ރ. އަދި މާލެއިން ހުޅުމާލެ ފޭސް ދެއަކަށް ވެސް 120ރ. ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ އަގުތަކަށް ބަދަލުގެނައުމުގެ ވިސްނުމެއް އެ މިނިސްޓްރީއަކު ނެތްކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ވަނީ ބޮޑު އަގުގައި ދަތުރުކުރާ ޓެކްސީތަކަށް ފިޔަވަޅު އަޅާނެކަމަށް މިއަދު ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox