ހަނގުރާމައިގައި ބައިވެރިވާން އެކި ގައުމުތަކުގެ 20،000 މީހުން ޔޫކްރެއިނަށް ހިނގައްޖެ

ޔޫކްރެއިންގެ ސިފައިން މަގުމަތީގައި ބެރިކޭޑް ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ސިފައިން މަގުމަތީގައި ބެރިކޭޑް ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (މާޗް 7) - ރަޝިއާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން 20،000 މީހުން ޔޫކްރެއިނަށް އެތެރެވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

"މިހާރު އަދަދު އުޅެނީ ގާތްގަނޑަކަށް 20،000 ގައި. ގިނައިން ހިމެނެނީ ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ މީހުން،" ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ ސީއެންއެންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

"ދުނިޔޭގެ ގިނަ ބަޔަކު ރަޝިއާގެ އަމަލުތަކާ މެދު ނަފުރަތު ކުރޭ އެކަމަކު ނުކުމެ ހަނގުރާމަ ކުރަން ފަސްޖެހިފައި ތިބީ،" އޭނާ ވިދާޅުވި އެވެ.

"ޔޫކްރެއިންގެ މީހުން ހަނގުރާމަ ކުރާ މަންޒަރު ފެނި، ޔޫކްރެއިން މީހުން ދޫނުކުރާނެކަން ސާފުވުމުން، ގިނަ ބަޔަކަށް ހިތްވަރު ލިބިއްޖެ."

ހަނގުރާމައިގައި ސީދާ ބައިވެރިވާން ބޭނުންވުމުގެ ޝުއޫރުތައް ބަލައިގަންނަ ކަމަށް ވިދާޅުވެ، ކުލެބާ ފާހަގަކުރެއްވި ގޮތުގައި އެންމެ މުހިއްމީ "ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ" އެހީ އެވެ.

"މިކަމުގައި އެމެރިކާގެ ލީޑާޝިޕް ބޭނުންވޭ. ފޯކަސް ކުރަންވީ ޔޫކްރެއިންގެ ވައިގެ ސަރަހައްދު ދިފާއު ކުރަން،" ކުލެބާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށުމުން، އެހެން ގައުމުތަކުގެ ރައްޔިތުން ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުމަށް ދައުވަތު ދެއްވީ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެވެ.

އެގޮތުން ޝައުގުވެރިވާ މީހުން ޔޫކްރެއިންގެ އެމްބަސީގައި ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލި އެވެ. ޑެންމާކްގެ ރައްޔިތުންނަށް ހަނގުރާމައަށް ދިޔުމަށް ހުރަހެއް ނެތް ކަމަށް އާއްމުކޮށް ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox