ހަމަލާ ހުއްޓުވުމުގެ އަމުރަކަށް ޔޫކްރެއިނުން އދ. ގެ އެންމެ މަތީ ކޯޓުގައި އެދެފި

ޔޫކްރެއިންގައި ހަނގުރާމަ ކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގައި ހަނގުރާމަ ކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ދަ ހޭގް، ނެދަލޭންޑްސް (މާޗް 7) - ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް ޔޫކްރެއިނުން އދ. ގެ އެންމެ މަތީ ކޯޓުގައި އެދެފި އެވެ.

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅޭ އަވަސް މައްސަލައެއް އެ ގައުމުގެ ސަރުކާރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

ޔޫކްރެއިނުން ބުނީ އެ ގައުމުގެ އިރުމަތީގައި އޮންނަ ޑޮނެސްކް އަދި ލުހާންސްކްގައި ސަރުކާރުން ގިނަ އަދަދެއްގެ ބަޔަކު މަރަމުންދާ ކަމަށް ރަޝިއާއިން ދޮގު ތުހުމަތެއް ކުރި ކަމަށެވެ.

އެ ތުހުމަތުގެ ބޭނުން ހިފައި، ރަޝިއާއިން ބުނަމުން ދަނީ ޔޫކްރެއިންގައި ހަނގުރާމަ ފަށަން ޖެހުނީ ޑޮނެސްކް އަދި ލުހާންސްކްގައި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާ ހިންގާތީ ކަމަށެވެ.

ނަމަވެސް ޔޫކްރެއިނުން ބުނީ "ޖަރީމާގެ އަމަލުތައް" ހިންގަން ރާވަމުން ދަނީ ރަޝިއާއިން ކަމަށާއި، ފެބްރުއަރީ 24 ވަނަ ދުވަހު ރައީސް ލެޑިމިއަ ޕުޓިން ފެއްޓެވި ހަމަލާތަކުން އެ މަންޒަރު ފެންނަ ކަމަށެވެ.

އެހެންވެ، ޔޫކްރެއިން ސަރުކާރުން ކޯޓުގައި އެދުނީ "އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމުގެ" އަމުރެއް ރަޝިއާއާ ދެކޮޅަށް ނެރެދިނުމަށެވެ. މައްސަލައިގެ ހުކުމަކާ ހަމައަށް ދެވެންދެން އެ އަމުރު ދަމަހައްޓައިދިނުމަށް ވެސް އެދުނެވެ. ހުކުމަކާ ހަމައަށް ދިޔުމަށް އަހަރުތަކެއް ހޭދަވުން އެކަށީގެންވެ އެވެ.

އައިސީޖޭގެ ރައީސް ޖޮއާން ޑޮނޮހިޔު މާޗް އެއް ވަނަ ދުވަހު ރަޝިއާއަށް ފޮނުއްވި "އަވަސް ލިޔުމެއްގައި" އެދުނީ ހަމަލާ ހުއްޓުމުގެ އަމުރެއް ނެރިއްޖެ ނަމަ ވަގުތުން ތަންފީޒު ކުރެވޭނެ ފަދަ ހާލަތެއް ގާއިމް ކުރުމަށެވެ.

އައިސީޖޭގެ ޕީސް ޕެލެސް.
އައިސީޖޭގެ ޕީސް ޕެލެސް.

އައިސީޖޭގެ ޕީސް ޕެލެސް.

މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު ފަށާނީ އައިސީޖޭގެ ޕީސް ޕެލެސް އޮފީހުގަ އެވެ. ހޯމަ ދުވަހު ޔޫކްރެއިނަށް ވާހަކަ ދައްކަން ފުރުސަތު ލިބޭއިރު، ރަޝިއާއަށް ފުރުސަތު ލިބޭނީ އަންގާރަ ދުވަހު އެވެ.

މައްސަލައާ ގުޅިގެން ރަޝިއާގެ ދިފާއު ހުށަހަޅާނީ ކޮން ގޮތަކަށް ކަމެއް ސާފެއް ނޫނެވެ. ދަ ހޭގްގައި ހުންނަ ރަޝިއާ އެމްބަސީން ވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

އައިސީޖޭ އުފެއްދީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އދ. ގެ މެމްބަރު ގައުމުތަކުގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުން ހައްލު ކުރުމަށެވެ. އެ ކޯޓުގެ ނިންމުންތަކަށް ގާނޫނީ ގޮތުން އަމަލު ކުރަން ޖެހުނު ނަމަވެސް، އަމަލު ނުކުރާ ނަމަ ތަންފީޒު ކުރެވޭނެ ގޮތެއް ނޯވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox