އެގާރަ އަހަރުގެ ޔޫކްރެއިން ކުއްޖަކު އެކަނި ބޯޑަރު ހުރަސްކޮށް ސްލޮވާކިއާއަށް ހިނގައްޖެ

ޔޫކްރެއިންގައި ހަނގުރާމަ ކުރާތީ ބޯޑަރު ހުރަސްކޮށް، ސްލޮވާކިއާއަށް އެތެރެވި 11 އަހަރުގެ ކުއްޖާ. -- ފޮޓޯ: ސްލޮވާކިއާ ފުލުހުން/ ފޭސްބުކް

ޔޫކްރެއިންގައި ހަނގުރާމަ ކުރާތީ ބޯޑަރު ހުރަސްކޮށް، ސްލޮވާކިއާއަށް އެތެރެވި 11 އަހަރުގެ ކުއްޖާ. -- ފޮޓޯ: ސްލޮވާކިއާ ފުލުހުން/ ފޭސްބުކް

ބްރަޓިސްލާވާ، ސްލޮވާކިއާ (މާޗް 6) - އުމުރުން 11 އަހަރުގެ ޔޫކްރެއިން ފިރިހެން ކުއްޖަކު ޕްލާސްޓިކް ކޮތަޅަކާއި ޕާސްޕޯޓާއި އަތުގައި ލިޔެފައިވާ ފޯނު ނަންބަރާ އެކު ބޯޑަރު ހުރަސްކޮށް ސްލޮވާކިއާއަށް އެތެރެވެއްޖެ އެވެ.

ސްލޮވާކިއާ ފުލުހުންގެ ތަރުޖަމާނު ޑެނީސާ ބްރްޑްޔޯވާ ވިދާޅުވީ ޔޫކްރެއިންގެ ޒަޕޮރިއްޒިޒިއާއިން ފެށިގެން އެ ކުއްޖާ އެކަނު ދަތުރު ކުރީ ބެލެނިވެރިންނަށް ގައުމު ދޫކޮށް ދެވެން ނެތުމުން ކަމަށެވެ.

ހޮނިހިރު ދުވަހު ބޯޑަރު ހުރަސްކުރި ކުއްޖާއަށް އެހީވީ ވޮލަންޓިއަރުންނެވެ. އެ ކުއްޖާގެ މަންމަ ޔޫކްރެއިންގައި މަޑު ކުރަން ޖެހުނީ ކުއްޖާގެ ނުކުޅެދޭ މާމަ ގޮވައިގެން ދަތުރު ކުރެވެން ނެތުމުންނެވެ. އެހެންވެ، ސްލޮވާކިއާއަށް ދަތުރު ކުރާ ރޭލުގައި އެ ކުއްޖާ އެކަނި ފޮނުވާލީ އެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއައްޔާ،" އެ ކުއްޖާގެ މަންމަ ޔޫލިއާ ޕިސެޓްސްކާޔާ ފޭސްބުކްގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުންޏެވެ.

"ތިޔަ ކުޑަ ގައުމުގައި ދިރިއުޅެނީ ބޮޑެތި ހިތްތަކެއްގެ ވެރި ބަޔަކު،" ސްލޮވާކިއާއަށް ޝުކުރު އަދާ ކުރަމުން އޭނާ ބުންޏެވެ.

ސްލޮވާކިއާގެ ފުލުހުން ފޭސްބުކްގައި ބުނީ ފިރިހެން ކުއްޖާގެ "ހިނިތުންވުމާއި، ހިތްވަރާއި، ބިރު ކުޑަކަން" ފެނިފައި ހުރިހާ އެންމެންގެ ލޯބި ލިބެމުންދާ ކަމަށެވެ.

ވޮލަންޓިއަރުން ވަނީ ސްލޮވާކިއާގައި ދިރިއުޅޭ އެ ކުއްޖާގެ އާއިލާގެ ބައެއް މެމްބަރުންނަށް ގުޅައި، ކުއްޖާ ހަވާލުކޮށްފަ އެވެ. އެ މީހުން ދިރިއުޅެނީ ވެރިރަށް ބްރަޓިސްލާވާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox