ހަނގުރާމަ ގޯސްވާ ނަމަ ލިބޭނެ އިގްތިސާދީ ގެއްލުން ވަރަށް ބޮޑު: އައިއެމްއެފް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އޮފީހެއް. -- ފޮޓޯ: އޭޕީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އޮފީހެއް. -- ފޮޓޯ: އޭޕީ

ވޮޝިންޓަން، އެމެރިކާ (މާޗް 6) - ރަޝިއާ އާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމަ އިތުރަށް ގޯސްވާ ނަމަ ލިބޭނެ އިގްތިސާދީ ގެއްލުން ވަރަށް ބޮޑު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފުން ނެރުނު ބަޔާނެއްގައި ބުނީ އިގްތިސާދަށް ކުރާނެ އަސަރު "ޔަގީންކަމާ އެކު" އަންދާޒާ ނުކުރެވުނު ނަމަވެސް، މިހާރު ވެސް "ވަރަށް ސީރިއަސް" ބަދަލުތަކެއް ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ މަންޒަރު ފެންނަ ކަމަށެވެ.

އެގޮތުގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އަރާފައިވާ އިރު، ހުރިހާ ގައުމެއްގައި ވެސް ހަކަތަ އާއި ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. އެ ބަދަލުގެ އަސަރު އެހާ ބޮޑަށް ކުރަމުން ދަނީ ކޮވިޑާ ގުޅިގެން އިގްތިސާދުތައް ފުރިހަމައަށް ރިކަވާވެފައި ނުވާތީ އެވެ.

"ހަނގުރާމަ ގޯސްވާ ނަމަ، އިގްތިސާދީ ގެއްލުން ވަރަށް ބޮޑު ވާނެ،" ހަނގުރާމައާ ގުޅިގެން އައިއެމްއެފްގެ އެކްޒެކްޓިވް ބޯޑުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި ބުންޏެވެ.

"ތަކެތީ އަގަށް އަންނަ ލޮޅުމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެ. ވަކިން ހާއްސަކޮށް އާމްދަނީ މަދު ގޭބިސީތަކަށް ކުރާނެ އަސަރު ވަރަށް ބޮޑު."

"ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެސް ދުނިޔޭގެ އިގްތިސާދާއި މާލީ މާކެޓަށް ބޮޑު އަސަރެއް ކުރާނެ. އަދި ރަޝިއާގެ އިގްތިސާދަށް އަންނަ ބަދަލާ އެކު އެހެން ގައުމުތަކަށް ވެސް އަސަރު ކުރާނެ."

އައިއެމްއެފުން ބުނީ ތަކެތީގެ ދަތިކަމާއި ސަޕްލައިއަށް ހުރަސް އެޅޭނެ ކަމަށް ބޮޑަށް ބެލެވެނީ ޔޫކްރެއިނާއި ރަޝިއާއާ ގާތް އިގްތިސާދީ ގުޅުމެއް އޮންނަ ގައުމުތަކަށް ކަމަށެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށިތާ 10 ދުވަސް ފާއިތުވެފައިވާ އިރު، ހަނގުރާމަ އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެގޮތުން ޔޫކްރެއިންގެ އެކި ހިސާބުތަކަށް ދަނީ ބޮން އަޅަމުންނެވެ.

އދ. އިން ލަފާކުރާ ގޮތުގައި 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށް ބަދަލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox