އިނގިރޭސިވިލާތުން ރަޝިއާ މަހުޖަނުންނާ ދެކޮޅު ފިޔަވަޅުތައް ވަރުގަދަ ކުރަނީ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: ނޯތު ވޭލްސް ކްރޮނިކަލް

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: ނޯތު ވޭލްސް ކްރޮނިކަލް

ލަންޑަން، އިނގިރޭސިވިލާތް (މާޗް 5) - ރަޝިއާގެ މަހުޖަނުންނަށް ފިޔަވަޅު އެޅުން ފަސޭހަކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާއާ އެއް ގޮތް ފިޔަވަޅުތައް އެޅޭނެ މަގު ފަހިކުރަން އިނގިރޭސިވިލާތުން ނިންމައިފި އެވެ.

ރަޝިއާގެ މަހުޖަނުންނާ ދެކޮޅަށް އިނގިރޭސިވިލާތުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރަޝިއާގެ ގިނަ މަހުޖަނުން ވަނީ ލަންޑަންގެ ރިއެލް އެސްޓޭޓް ވިޔަފާރީގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފަ އެވެ.

އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިގްތިސާދީ ކުށްތަކާ ބެހޭ ބިލަށް ގެންނަ އިސްލާހުތަކެއްގެ ދަށުން "ކޮރަޕްޓް މަހުޖަނުންނާ މެދު ފިޔަވަޅު އަޅައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ ސަރުކާރަށް ޕްރެޝަރު ބޮޑު ކުރެވޭނެ" ކަމަށެވެ.

އިސްލާހުތަކާ އެކު މިހާރަށް ވުރެ "ހަރުކަށި އަދި އަވަސް" ފިޔަވަޅުތައް އެޅޭނެ ކަމަށް ޓްރެޝަރީގެ އިގްތިސާދާ ބެހޭ ސެކެޓްރީ ޖޯން ގްލެން ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތާ އެކުވެރި އެމެރިކާ، ކެނެޑާ އަދި އީޔޫއިން އަޅާފައިވާ ފިޔަވަޅުތަކާ އެއް ގޮތް ފިޔަވަޅު އަޅަން ފަސޭހަވާނެ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުގައި ބޭރުގެ ކުންފުނިތައް ހިންގާ ވިޔަފާރިން ފައިދާވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ލިބޭ މުއްދަތު 18 މަހުން ހަ މަހަށް ކުޑަ ކުރަން އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. އޭގެ ބޭނުމަކީ ރިއެލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން މަނީ ލޯންޑާ ކުރުމަށް ހުރަސް އެޅުމެވެ.

އިނގިރޭސި ސަރުކާރުން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ބިލް ފާސްކޮށް ގާނޫނަކަށް ހެދުމަށެވެ. އިނގިރޭސިވިލާތުން މިހާރު ވެސް ވަނީ ރަޝިއާގެ މަހުޖަނުންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox