މާޓީނޭޒްގެ ހެޓްރިކާ އެކު އިންޓަ އެއް ވަނަ އަށް

Mar 5, 2022, 3:00 AM
ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (މާޗް 5) - އިޓާލިއަން ލީގުގައި ރޭ ލަޓާރޯ މާޓީނޭޒްގެ ހެޓްރިކާ އެކު 5-0 އިން ސެލަނިޓާނާ ބަލިކޮށް އިންޓަ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އެއް ވަނަ އަށް އެރީ 27 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 27 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 27 މެޗުން 50 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ނަޕޯލީ އާއި މިލާން ކުޅޭ މެޗުން މޮޅުވާ ޓީމެއް އެއް ވަނަ އަށް އަރާނެ އެވެ.

ރޭގެ މެޗު ފަށައިގެން ސެލަނިޓާނާ އަށް ލީޑުނަގައިދޭން ސިމޯން ވާޑީ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން އިންޓަގެ މާޓީނޭޒް ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެކަމަކު، މެޗުގެ 20. ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލައި މާޓީނޭޒް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަަމަ ހާފު ނިމުމުގެ ކުރިން މާޓީނޭޒް އޭނާގެ ދެ ވަނަ ގޯލު ޖެހީ ވެސް ބަރޭލާ ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ މާޓީނޭޒް ވަނީ ތިން ވަނަ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ އެޑިން ޖެކޯ ނަގައިދިން ހުރަހަކުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން މާޓީނޭޒް ޖެހި ގޯލެކެވެ.

އޭގެ ފަހުން އިންޓަގެ ފަހު ދެ ގޯލު ޖެހީ ޖެކޯ އެވެ. އޭނާ ދެ ގޯލު ކާމިޔާބުކުރީ ފަސް މިނިޓްގެ ތެރޭގަ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި ރޮބިން ގޮސެންސް ނެގި ހުރަހަކުން ޖެކޯ އޭނާގެ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ ފަސް މިނިޓް ފަހުން ޖެކޯ އަނެއް ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox