މަނާކުރުންތަ؟ ނުވަތަ ރައްކާތެރި ސްކްރީން ވަގުތު ދިނުންތަ؟

މަނާކުރުންތަ؟ ނުވަތަ ރައްކާތެރި ސްކްރީން ވަގުތު ދިނުންތަ؟

މީހުން ބުނާނެ އެވެ. އެ ދިނީ ފޯނެވެ. ދަރިފުޅު މަސަލަސްކުރަން އަބަދު ހަދަނީ އެހެންނެވެ. އެއީ ދަރިން ހަލާކު ކުރާ ގޮތެވެ. ފޯނާއި އައިޕެޑާއި ގޭމުގެ ތެރެއަށް ޅަ ދަރިން ވައްދައި މޮޔަކޮށްލަނީ އެކަހަލަ މައިންނެވެ. ދަރިންނަށް ދޭނެ ވަގުތު ނެތިއްޔާ ނުހޯދީމަ ވީ އެވެ.

އެ މަންމައިން ބުނެ އެވެ. އުޅެނީ އެކަންޏެވެ. ދަރިފުޅަށް ވަގުތު ދެމެވެ. އެކަމަކު ސިކުނޑި އަށް ބަރުވެ، ހައްޓަށް ވަރުބަލިކަން އިހުސާސް ކުރެވޭ ވަގުތު ދަރިފުޅު ހިމޭނުން ބައިންދަން ކުޑަ ވަގުތު ކޮޅަކަށް ޓީވީ ދައްކަމެވެ. އައިޕެޑު ދެމެވެ. އެކަމަކު ދަރިފުޅު ހަދާ ނުހަދާއެއް ބަލަމެވެ. އެހީތެރިއަކު ނެތެވެ. އެކަންޏެވެ. މިއީ އަހަރެން ގޯސް މަޔަކަށް ވާ ވަރުގެ ސަބަބެއް ހެއްޔެވެ؟

ކުދިންގެ ހޭވެރިކަމާއި ހަމަޖެހުމާއި ހިތްހަމަޖެހުން ފޯނާއި އައިފެޑުން އެކަނި ލިބޭ ވަރަށް އެތަކެއްޗަށް އެކުދިން ހިތް ޖެއްސުވުމަކީ ގޯހެވެ. އެކަން އެގޮތަށް ކޮށްގެން ނުވާނެ އެވެ. ކުދިންނަށް އެގޮތް ރަނގަޅެއް ނޫނެވެ. އެއީ ދެވޭ ގެއްލުމެކެވެ.

Advertisement

ސްކްރީން ޓައިމް ގިނަ ކުރުމުން ކުދިންނަށް ލިބޭ ގެއްލުން

  • މާ ބޮޑަށް ފަލަވުން
  • ނިދުމުގެ މައްސަލަތައް ދިމާވުން
  • ރުޅިގަދަ ވުމާއި ރުންކުރުވުން ފަދަ އަހުލާގީ މައްސަލަތައް
  • ވާހަކަދައްކަން ދަސްވުން ލަސްވުމާއި ހުނަރު ކުރިނޭރުން
  • ކަންތައްތަކަށް ފޯކަސްކުރަން އުނދަގޫވުން
  • އާ ކަންކަން ދަސްކުރުމަށް ވަގުތު ހޭދަކުރާ ހިތް ނުވުން

އެކަމަކު ފޯނާއި އައިޕެޑާއި ޓީވީ ވަގުތަކީ އަބަދު ގޯސް ވަގުތުތަކެއް ހެއްޔެވެ؟ މި ޒަމާނުގައި އެތަކެއްޗާ ދުރުން ދަރިން ގެންގުޅެވިދާނެ ހެއްޔެވެ؟ ނުވަތަ ގެންގުޅޭނީ ކިހިނަކުން ހެއްޔެވެ؟

މި ޒަމާނުގެ ހަގީގަތަކީ، އުޅޭ ބިޒީ ދިރިއުޅުމުގައި ދަރިން ގެންގުޅޭ އިރު ކޮންމެވެސް ވަރަކަށް "ޗީޓް މެތޮޑް" ތަކެއްގެ ބޭނުން ހިފަން ޖެހޭ ކަމެވެ. ހާއްސަކޮށް ރަށްރަށަށް ވުރެ ބޮޑަށް މާލޭގައި ދިރިއުޅޭ މީހުން ބިޒީ އެވެ. ކުދިންގެ ކަންކަމުގައި އެހީތެރިވާނެ މީހުން މަދުވެފައި އެކަނިވެރި އެވެ.

އެހެންވީމަ މިކަމުގައި ގެންގުޅެވިދާނެ ހައްލަކީ ކޮބައިހެއްޔެވެ؟

ފޯނަކީ އެންމެ އާންމު ޓެކްނޮލޮޖީ އެވެ. ބޭނުންތެރި މައުލޫމާތުތައް ފަސޭހައިން ބަލައިލެވި، އޭގައި ރައްކާކުރެވޭ އަތްމަތީ ވަސީލަތެކެވެ. އަތްފޯރާ ހިސާބުގައި އަބަދުވެސް އަތުގައެވެ. ކިޔަވާ ކުއްޖަކަށް ފޯނަކުން ވަރަށް ގިނަ ފައިދާތަކެއް ކޮށްފާނެ އެވެ. މިސާލަކަށް، ކިޔަވާއިރު އޮޅުން އަރާ އެއްޗެއް އޮވެއްޖެނަމަ އެ އެއްޗެއް ސާޗްކޮށްލަން މާ ބޮޑަށް ކަންބޮޑުވާކަށް ނުޖެހެ އެވެ. މިއީ ފޯނާ ގުޅިފައިވާ ހުސް ރަނގަޅު ކަންކަމެވެ.

ކުޑަކުދިންގެ ބިހޭވިއާ ދިރާސާކުރާ ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި ފޯނަކީ އޭގެ ޒާތުގަ ގޯސް އެއްޗެއް ނޫނެވެ. އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ދަސްކޮށްދެވިއްޖެ ނަމަ، ކުއްޖާގެ ކުރިއެރުމަށް އެހީތެރިކަން ހޯދިދާނެ ވަސީލަތެކެވެ. މިކަން ދަރިފުޅު އަތަށް ފޯނުދޭ ވަގުތު އުޅޭ ނޫޅޭ ގޮތް ބަލައިގެން މޮނިޓާ ކޮށްގެން ވެސް ކުރެވިދާނެ އެވެ.

ސްކްރީން ވަގުތު ދޭނެ ގޮތުގެ ގަވާއިދެއް ގޭގައި ގެންގުޅޭނެ ގޮތް

އުމުރުން 18 މަސް ނުވާ ތުއްތުކުދިންނަށް ގިނައިން ފޯނާއި ސްކްރީން ދެއްކުމަކީ ސިއްހީ މާހިރުން އެއްގޮތަކަށް ވެސް އެއްބަސްވާ ކަމެއް ނޫނެވެ. 18 މަސް ވުމުން ސްކްރީން ވަގުތު ދޭން ނިންމާ ނަމަ ކޮންޓެންޓް ވަރަށް ބޮޑަށް މޮނިޓާކޮށް، ބެލެނިވެރިއަކާ އެކު މެނުވީ ކުދިންނަށް އެ ފުރުސަތު ދިނުން ރަނގަޅެއް ނޫނެވެ.

ހަނދާނުގައި ބަހައްޓާށެވެ. މިހިއްމީ ކުއްޖާގެ އަތަށް ދޭ މީޑިއާގެ ވަސީލަތެއް ނޫނެވެ. މީގެ އަސްލު މައްސަލަ އަކީ އެއިން ކުއްޖާ އަށް ފެންނަ މަންޒަރާއި ދައްކާ އެއްޗެކެވެ.

އެހެންވީމަ، ރަނގަޅު، މަންފާކުރަނިވި ސްކްރީން ވަގުތެއް ދަރިފުޅަށް ހޯދައިދެވޭނެ ތިން ހަތަރު ގޮތެކެވެ.

  • ކުދިންނަށް ދެއްކުމުގެ ކުރިން އަމިއްލައަށް އެ ޕްރޮގްރާމެއް ނުވަތަ ޝޯ އެއް ބަލައިލުން.
  • ކުދިންނަށް އެކުދިން އާންމު ދިރިއުޅުމުގައި ކުރާ ތަޖުރިބާ ތަކާ ގުޅޭ ކަހަލަ މީޑިއާ ކޮންޓެންޓު ދެއްކުން. އޭރުން އަސްލު މާހައުލުގައި ހިނގާ ކަންކަން ދެނެގަނެ ކަންކަމާމެދު އަޅާ ކިޔައި ފިކުރު ކުރާނެ ޖާގަ ލިބޭނެ
  • ޕޭރެންޓަލް ކޮންޓްރޯލްސް ނުވަތަ އިންޓަނެޓުން ދައްކާ ކޮންޓެންޓް ފިލްޓާ ކުރުން
  • ކުދިންނަށް ފޯނާއި އައިޕެޑާއި ޓީވީ ދައްކާއިރު އެކުދިން ކުރާ ކަންކަން ފެންނަ ހިސާބެއްގައި ހުރުން
  • ކުދިން ބަލާ އެއްޗިއްސާ ބެހޭގޮތުން އެކުދިންގެ ކައިރީގައި އަބަދުވެސް އެހުން، ސުވާލުކުރުން، އޭގެ ވާހަކަ ދެއްކުން
  • ދަރިފުޅާ އެކު އެއްޗެއް ބަލާނަމަ އެއީ ކީއްވެ ބަލާ އެއްޗެއްތޯ އާއި އިޝްތިހާރުތަކާއި އެޑް ތަކާ ބެހޭ ގޮތުން ކިޔައިދިނުން

ބޮޑެތި ކުދިންގެ ސްކްރީން ވަގުތު ލިމިޓް ކުރުން

  • ވީހާ ވެސް ބޮޑަށް ޓެކްނޮލޮޖީ ނުހިމަނައި ކުޅޭން ގޮތްތައް ފަހިކޮށްދިނުމާއި ހިތްވަރު ދިނުން
  • ޓެކް-ފްރީ ޒޯން ތައް ގޭގައި ކަނޑައެޅުން؛ ކާ ވަގުތާއި ނިދާ ވަގުތާއި ކިޔަވާ ވަގުތު ފަދަ ވަގުތުތައް ނުވަތަ ރޭގަނޑުގެ ވަގުތު
  • ކިޔަވާ ގަޑީގަ އާއި ފިލާވަޅުތައް ހަދާ ވަގުތު ތަކުގައި ސްކްރީން މަނާކުރުން
  • ސްކްރީން ޓައިމް ލިމިޓް ސެޓް ކުރުމާއި ކާފިއު ސެޓް ކުރުން؛ މިސާލަކަށް ނިދުމުގެ އެއް ގަޑިއިރު ކުރިން އެފަދަ ހުރިހާ ވަސީލަތަކާ ދުރުވެލުން

މިފަދަ ރޫލްތަކެއް ގެންގުޅުމާ އެކު އަމިއްލަ މީހާ ވެސް ދަރިންނަށް ނަމޫނާ އަކަށް ވުމަކީ މުހިއްމު ކަމެކެވެ. ކުދިންނަކީ ކޮޕީ ކުރާ ބައެކެވެ. މަންމަ ނުވަތަ ބައްޕަ އަބަދު ފޯނާ ކުޅޭ ތަން ފެންނަ ކަމަށް ވާނަމަ، ކިތަންމެ މަސައްކަތް ކުރިޔަސް، މި ބުނި އާދަތަކަށް ކުއްޖާ ހާނަން އުނދަގޫ ވެދާނެ އެވެ. ބަސް ގަބޫލު ނުކޮށްފާނެ އެވެ.

އެހެންވީމަ، ގޭތެރޭގެ އަހުލާގު ހިފެއްހެއްޓުމާއި ބޮޑެތިވަމުން އަންނަ އިރު އެފަދަ ކަންކަމުގައި ދޫ ނުދިނުމަކީ ސްކްރީނުން ވެސް ކުދިންނަށް ރަނގަޅު މަންފާ ކުރަނިވި ތަޖުރިބާތަކެއް ހޯދައިދެވިދާނެ ގޮތެކެވެ. މިޒަމާނާ ގުޅޭ ހައްލަކީ ވެސް އެއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox