ޔޫކްރެއިން ދޫވެއްޖެ ނަމަ ދެން ނުރައްކާ ވާނީ ބޯލްޓިކް ގައުމުތަކަށް: ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ޕްރެސް ކޮންފެރެންސެއް ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ޕްރެސް ކޮންފެރެންސެއް ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ކިޔެވް، ޔޫކްރެއިން (މާޗް 3) - ޔޫކްރެއިން ދޫވެއްޖެ ނަމަ ޔޫރަޕްގެ ބާކީ ހުރި ގައުމުތަކަށް ނުރައްކާ ވާނެ ކަމަށާއި އެހެންކަމުން ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އެހީ އިތުރު ކުރަން ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގޮވާލައްވައިފި އެވެ.

"ވައިގެ ސަރަހައްދު ބަންދު ކުރާނެ ބާރު ނެތް ނަމަ، އަޅުގަނޑަށް ވައިގެ އުޅަނދުތައް ދެއްވާ! އަޅުގަނޑުމެން ދޫވެގެން ހިނގައްޖެ ނަމަ، ދެން ނުރައްކާ އޮތީ ލެޓްވިއާ، ލިތުއޭނިއާ އަދި އެސްޓޯނިއާއަށް،" ޒެލެންސްކީ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަނގުރާމަ ހުއްޓޭނެ ހަމައެކަނި ގޮތަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ސީދާ މަޝްވަރާ ކުރުން ކަމަށެވެ. އެހެންކަމުން، އެފަދަ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން ރަޝިއާއަށް ހަމަލާއެއް ނުދެން އަދި ހަމަލާދޭކަށް ނުވެސް ރާވަން. އަޅުގަނޑުމެންގެ އަތުން ބޭނުންވެގެން ތި އުޅުއްވަނީ ކޮން އެއްޗެއްޗޯ؟ އަޅުގަނޑުމެންގެ ބިން ދޫކޮށް އަވަހަށް ވަޑައިގަންނަވާ،" ޕުޓިންއަށް ދެއްވާ މެސެޖެއްގެ ގޮތުން ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އެރީ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. ރަޝިއާގެ ހަމަލާތަކުގައި އާއްމުންނަށް އަމާޒު ނުކުރާ ކަމަށް ބުނި ނަމަވެސް، ގިނަ އަދަދެއްގެ އާއްމުން ދަނީ މަރުވަމުންނެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ.

ބުދަ ދުވަހު ރަޝިއާގެ ވައިގެ އުޅަނދުތަކުން ޗެރްނިހިވް ސިޓީގެ ސްކޫލަކަށް ހަމަލާ ދިނުމުން ނުވަ މީހުން މަރުވި ކަމަށް ޔޫކްރެއިނުން ބުނެ އެވެ. އެ ގައުމުން ލަފާކުރާ ގޮތުގައި ހަނގުރާމައިގައި މިހާތަނަށް 350 އަށް ވުރެ ގިނަ އާއްމުން މަރުވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox