ރަޝިއާއިން ޔޫކްރެއިނުން ފޭބުމަށް ގޮވާލައި އދ. ގެ އާއްމު މަޖިލީހުގެ ގަރާރު ފާސްކޮށްފި

އދ. ގެ އާއްމު މަޖިލިސް ކުރިއަށް ދަނީ.

އދ. ގެ އާއްމު މަޖިލިސް ކުރިއަށް ދަނީ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ އާއްމު މަޖިލީހުން ގަރާރު ފާސްކޮށްފި އެވެ.

އެ ގަރާރު ފާސްކުރީ އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 141 ގައުމުގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓު ދިނީ ފަސް ގައުމުންނެވެ. އަދި ވަކި އަތަކަށް ނުޖެހެނީ 35 ގައުމުންނެވެ. އޭގެ ތެރޭގައި ޗައިނާ ހިމެނެ އެވެ.

އާއްމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ގާނޫނީ ގޮތުން އަމަލު ކުރުން މަޖުބޫރު ގަރާރެއް ނޫނެވެ. ނަމަވެސް ގަރާރު ފާސްވުމުން ރަޝިއާއަށް ކުރިމަތިވެފައިވާ ފިއްތުން އިތުރުވާނެ އެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކާ ގުޅިގެން ރަޝިއާއިން ބުނެފައިވަނީ އެއީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބުނާ "އަމިއްލަ ދިފާއު"ގެ ދަށުން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުން އެ ވާހަކަ ދޮގުކުރުމަށް ބުނީ އދ. ގެ ޗާޓަރުގެ ދެ ވަނަ މާއްދާއާ ރަޝިއާއިން ހިލާފުވެފައިވާ ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ މައްސަލައެއް ހައްލު ކުރަން ބިރުދެއްކުމާއި ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

ޔޫކްރެއިނާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ގަރާރުގެ ލިޔުން ތައްޔާރު ކުރިއިރު، އެއަށް ގިނަ އިސްލާހުތަކެއް ވެސް ގެނެސްފައިވެ އެވެ. އެގޮތުން ރަޝިއާގެ އަމަލު "ކުށްވެރި" ކުރުމުގެ ބަދަލުގައި "އެންމެ ހަރުކަށި އިބާރާތުން ހިތްހަމަނުޖެހުން" ފާޅުކުރާ ކަމަށް ބަދަލުކޮށްފައިވެ އެވެ.

އޭގެ އިތުރުން ރަޝިއާގެ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނައުން އދ. އިން "ކުށްވެރި ކުރާ" ކަމަށް ގަރާރުގައި ހިމަނާފައިވެ އެވެ. ގަރާރުގައި ގޮވާލަނީ ރަޝިއާގެ ސިފައިން ވަގުތުން ޔޫކްރެއިނުން ފައިބާ ސުލްހައަށް މަސައްކަތް ކުރުމަށެވެ.

މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ގަރާރަށް ބަހުސް ކުރަން ހުޅުވާލުމުން، ގިނަ ގައުމުތަކުން ވަނީ ރަޝިއާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އަރަބި ދުނިޔެއިން ރަޝިއާއާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަދެއްކީ 1990 ވަނަ އަހަރު އިރާގުގެ ސިފައިން އަރައި ހަނގުރާމައެއް ކުރިމަތިވި ކުވެއިތުންނެވެ. އޭޝިއާއިން ޖަޕާނާއި ނިއުޒީލޭންޑުން ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

ނަމަވެސް އިންޑިއާއިން "ފަރުވާތެރި ބަސްމަގެއް" ބޭނުން ކުރިއިރު، ރަޝިއާއިން ބުނީ "އާ ފިނި ހަނގުރާމައަކުން ލިބޭނެ އެއްޗެއް ނެތް" ކަމަށެވެ.

ރަޝިއާއަށް ފުރިހަމައަށް ތާއީދުކޮށް ވާހަކަދެއްކި ގައުމުތަކަކީ ސީރިއާ، ނިކަރަގުއާ، ކިޔުބާ އަދި އުތުރު ކޮރެއާ އެވެ. ހުޅަނގުގެ ގައުމުތަކުން ގެންގުޅެނީ ދެފުށްކެހެރި އުސޫލުތަކެއް ކަމަށް ބުނެ، ލީބިޔާ، އިރާގް އަދި އަފްގާނިސްތާނަށް ސިފައިން ފޮނުވުން އެ ގައުމުތަކުން ކުށްވެރިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox