ރަޝިއާ އާއި ޔޫކްރެއިނުން މަޝްވަރާގެ ދެ ވަނަ ބުރަކަށް

ބެލަރޫސްގައި ކުރިއަށް ދިޔަ މަޝްވަރާގެ ފުރަތަމަ ބުރުގެ ތެރެއިން.

ބެލަރޫސްގައި ކުރިއަށް ދިޔަ މަޝްވަރާގެ ފުރަތަމަ ބުރުގެ ތެރެއިން.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާ ދެމުންދާ މައްސަލައިގައި ދެ ގައުމުގެ މެދުގައި މަޝްވަރާގެ ދެ ވަނަ ބުރު ފަށަން ތައްޔާރުވެއްޖެ އެވެ.

ރަޝިއާ އާއި ޔޫކްރެއިނުން މަޝްވަރާގެ ފުރަތަމަ ބައްދަލުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ބައްދަލުވުން އޮތީ ޔޫކްރެއިން ބޯޑަރު ކައިރިން ބެލަރޫސްގަ އެވެ.

ބެލަރޫސްގެ ބެލްޓާ ނިއުސް އެޖެންސީން ބުނީ ރަޝިއާގެ ވަފުދު މިހާރު ދަތުރު ކުރަމުން ދަނީ މަޝްވަރާގެ ދެ ވަނަ ބުރުގައި ބައިވެރިވުމަށް ކަމަށެވެ.

މަޝްވަރާގެ ދެ ވަނަ ބުރު އޮންނާނީ ބެލަރޫސް އާއި ޕޮލޭންޑް ގުޅޭ ބޯޑަރު ކައިރީގައި ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އޮންނާނެ ގަޑިއެއް ސާފެއް ނޫނެވެ.

ރަޝިއާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުދަ ދުވަހުގެ ރޭ ބުނީ މަޝްވަރާގެ ދެ ވަނަ ބުރަށް ރަޝިއާގެ ވަފުތުން ތައްޔާރު ކަމަށެވެ.

އޭގެ އިތުރުން މަޝްވަރާގައި ބައިވެރިވާ ރަޝިއާގެ އިސް މަންދޫބު ލެޑިމިއަ މެޑިންސްކީ ވިދާޅުވީ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ ގޮތުން ދެ ގައުމުން ވާހަކަ ދައްކާނެ އެވެ.

ޔޫކްރެއިން ރައީސް އެޑްވައިޒަރު އޮލެކްސީ އަރެސްޓޮވިޗް ވެސް ވިދާޅުވީ މަޝްވަރާގެ ދެ ވަނަ ބުރެއް އޮންނާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް ކަމެއް ބަދަލުވާނެ ހެނެއް. އެއްވެސް ކަމެއް ބަދަލެއް ނުވާނެ. އަޅުގަނޑުމެންގެ ވިސްނުން ވެސް ބަދަލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox