ޔޫކްރެއިން ހަނގުރާމައަށް ދާން އުޅުނު ފްރާންސްގެ ސިފައިން ހުއްޓުވައިފި

ފްރާންސްގެ ފޮރިން ލީޖަންއަކީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އޮންނަ ސިފައިންގެ ޔުނިޓެއް. -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ފޮރިން ލީޖަންއަކީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އޮންނަ ސިފައިންގެ ޔުނިޓެއް. -- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (މާޗް 2) - ފްރާންސްގެ ފޮރިން ލީޖަން ސިފައިންގެ ޔުނިޓުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ޔޫކްރެއިންގެ 14 މީހުން ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވާން ދާން އުޅެނިކޮށް ހުއްޓުވައިފި އެވެ.

އޭގެ ތެރެއިން ނުވަ މީހުން ޗުއްޓީގައި ތިބި ނަމަވެސް، ފްރާންސުން ބޭރަށް ދިޔުމުގެ ހުއްދަ ލިބިފައެއް ނުވެ އެވެ. ބާކީ ފަސް މީހުން ޗުއްޓީ ނެގުމެއް ނެތި، މަސައްތަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ. އެ އެންމެން ވެސް ހައްޔަރު ކުރީ ޕެރިހުންނެވެ.

ލީޖަން ކޮމާންޑަރު އަލައިން ލާޑެޓް ވިދާޅުވީ އެ މީހުން ހައްޔަރު ކުރީ ޕޮލޭންޑަށް ދަތުރު ކުރަމުން ދިޔަ އުޅަނދަކުން ކަމަށެވެ. ޕޮލޭންޑަކީ ޔޫކްރެއިނާ ބޯޑަރު ހިއްސާ ކުރާ ގައުމެކެވެ.

ފޮރިން ލީޖަންއަކީ 9،500 ސިފައިން ހިމެނޭ ފްރާންސްގެ އަސްކަރިއްޔާގެ ހާއްސަ ޔުނިޓެކެވެ. އެއީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އޮންނަ ޔުނިޓެކެވެ. ވަކި މުއްދަތެއް ވަންދެން ހިދުމަތް ކުރުމުން، ލީޖަންގެ މެމްބަރުންނަށް ފްރާންސްގެ ރައްޔިތުކަން ލިބެ އެވެ.

އެ ޔުނިޓުގެ 14 ސިފައިން ދާން އުޅުނީ ހަނގުރާމައިގައި ބައިވެރިވާން ކަމެއް ނުވަތަ އާއިލާގެ މެމްބަރުންނަށް އެހީވާން ކަމެއް ސާފެއް ނޫނެވެ. އެ މީހުންގެ އަތުން އެއްވެސް ހަތިޔާރެއް ނުފެނެ އެވެ. ނަމަވެސް އެ މީހުންނާ އެކު އުޅަނދުގައި ތިބި އެހެން މީހުން އަތުގައި ހަތިޔާރު ހުއްޓެވެ.

އެހެންކަމުން އިދާރާތަކުން ދެކޭ ގޮތުގައި އެ އުޅަނދުތަކުގައި ތިބި މީހުންގެ މަގްސަދަކީ ހަނގުރާމައިގައި ބައިވެރިވުމެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ފޮރިން ލީޖަންގައި ހިމެނޭ ޔޫކްރެއިނަށް ނިސްބަތްވާ 25 ސިފައިން ވަނީ މަސައްކަތަށް ނުކުތުން ހުއްޓާލާފަ އެވެ. އެ އެންމެން ވެސް، ބެލެވޭ ގޮތުގައި، ބޭނުން ވަނީ ޔޫކްރެއިންގައި ހަނގުރާމަ ކުރަން ދިޔުމަށެވެ.

ފޮރިން ލީޖަންގެ ސިފައިންގެ ގޮތުގައި 710 ޔޫކްރެއިން ރައްޔިތުން އެބަ ތިއްބެވެ. އޭގެ ތެރެއިން 210 މީހުންނަށް ވަނީ ފްރާންސްގެ ރައްޔިތުކަން ވެސް ލިބިފަ އެވެ. އެ ޔުނިޓުގައި ހިމެނޭ ރަޝިއާ މީހުންގެ އަދަދަކީ 450 އެވެ.

ހަނގުރާމައިގެ ސަބަބުން އާއިލާއަށް އެހީ ވާން ދާން ބޭނުން މީހުންނަށް ޔުނިޓުން ދަނީ ދެ ހަފްތާގެ ޗުއްޓީއެއް ދެމުންނެވެ. ނަމަވެސް ސީދާ ޔޫކްރެއިނަށް އެތެރެވުމުގެ ހުއްދައެއް ނުދެ އެވެ. އެ މީހުންނަށް ތިބެވޭނީ ޔޫކްރެއިނާ އަވައްޓެރި ގައުމެއްގަ އެވެ.

އަންގާރަ ދުވަހު 25 މީހުންނަށް އެފަދަ ޗުއްޓީއެއް ދިނެވެ. އެހެން ނަމަވެސް، ޕޮލޭންޑަށް ދަނިކޮށް ހުއްޓުވި އުޅަނދުގައި ތިބި 14 މީހުންގެ އަތުގައި އެފަދަ ހާއްސަ ޗުއްޓީއެއް ލިބުނު ކަމުގެ ލިޔުމެއް ނެތެވެ. އެކަމަކު އޭގެ ތެރެއިން ނުވަ މީހުން ތިބީ އާއްމު ޗުއްޓީގަ އެވެ.

އެ ނުވަ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަށް ނުބެލެވެ އެވެ. ނަމަވެސް ޗުއްޓީ ނުނަގައި ދަތުރު ކުރަމުން ދިޔަ ފަސް މީހުން ބަންދު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox