ރަޝިއާގެ ސިފައިން ވައި ކުޑައިގައި ތިރި ކުރުމާ އެކު ހާރްކީވްގައި ބޮޑެތި ހަމަލާތަކެއް

ހާރްކީވް ސިޓީގެ މެދުގައި އޮންނަ މައިދާނަށް އަންގާރަ ދުވަހު ބޮޑެތި ގެއްލުންތަކެއް ލިބުނު. -- ފޮޓޯ: އޭއެފްޕީ

ހާރްކީވް ސިޓީގެ މެދުގައި އޮންނަ މައިދާނަށް އަންގާރަ ދުވަހު ބޮޑެތި ގެއްލުންތަކެއް ލިބުނު. -- ފޮޓޯ: އޭއެފްޕީ

ކިޔެވް، ޔޫކްރެއިން (މާޗް 2) - ރަޝިއާގެ ސިފައިން ވަކި ކުޑައިގައި ޔޫކްރެއިންގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ހާރްކީވްއަށް ތިރި ކުރުމާ އެކު، ވަރުގަދަ ހަމަލާތައް ބަދަލުކުރަމުން އެބަދެ އެވެ.

"ވައި ކުޑައިގައި ރަޝިއާ ސިފައިން ހާރްކީވްއަށް ތިރިކޮށްފި. އަދި ހޮސްޕިޓަލަކަށް ހަމަލާ ދީފި،" ޔޫކްރެއިން ސިފައިން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އަދުއްވުންނާއި ޔޫކްރެއިންގެ ރައްޔިތުންނާ ދެމެދު ހަމަލާތައް ދަނީ ކުރިއަށް."

ހާރްކީވްއަކީ ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ސިޓީއެކެވެ. އެ ސިޓީގެ އާބާދީއަކީ 1.4 މިލިއަން މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ވާހަކަ ދައްކަނީ ރަޝިއާ ބަހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ދޭން ފެށި ހަމަލާތަކުގެ މައިގަނޑު އެއް އަމާޒަކީ ހާރްކީވް ސިޓީ ހިފުމެވެ.

ބްލެކް ސީއާ ދިމާލުން އޮންނަ ހާސަން ސިޓީ ވަށައިގެން ރަޝިއާ ސިފައިންގެ ޗެކްޕޮއިންޓްތައް އަންގާރަ ދުވަހު ގާއިމްކުރި އިރު، އެ ތަނުގެ ރޭލް ސްޓޭޝަނާއި ބަނދަރު ރޭ ދަންވަރު ހިފާފައިވާ ކަމަށް މޭޔަރު އައިގޯ ކޮލީހަޔޭވް ވިދާޅުވި އެވެ.

އަޒޯވް ކަނޑާ ދިމާލުން އޮންނަ މަރިޔުޕޯލް ސިޓީގައި އަންގާރަ ދުވަހުގެ ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް މޭޔަރު ވަޑީމް ބޮޔިޗެންކޯ ވިދާޅުވި އެވެ.

ވެރިރަށް ކިޔެވްއާ 50 ކިލޯމީޓަރު ދުރުން އޮންނަ ބޮރޮޑިޔަންކާގައި ރަޝިއާއިން އަންގާރަ ދުވަހު އާއްމުން ދިރިއުޅޭ ދެ އިމާރާތަކަށް ވައިގެ ހަމަލާތައް ފޮނުވި އެވެ.

ޔޫކްރެއިންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެމިނޭ ޒަޕަރޯވާ އާއްމު ކުރެއްވި ވީޑިއޯތަކުން ފެންނަނީ އިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުންވެ، ދުން އަރާ މަންޒަރެވެ.

އޭގެ އިތުރުން ބެލަރޫސްއިން ވެސް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ރޭ ދަންވަރު ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

"ބެލަރޫސް ސިފައިން ތައްޔާރީ ހާލަތަށް ގެނެސް، ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް ވަނީ ޖަމާކޮށްފައި،" އެ މިނިސްޓްރީން ފޭސްބުކްގައި އާއްމު ކުރި ބަޔާނެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox