ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ހަތް ވަނަ ދުވަސް: ހާލަތަކީ ކޮބާ؟

ހަނގުރާމައާ ގުޅިގެން ކިޔެވްގެ މަގެއް ބަންދުކޮށް ބެރިކޭޑް ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ހަނގުރާމައާ ގުޅިގެން ކިޔެވްގެ މަގެއް ބަންދުކޮށް ބެރިކޭޑް ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށިތާ މިއަދަކީ ހަތް ވަނަ ދުވަހެވެ. ރަޝިއާއިން ހީކުރި ވަރަށް ވުރެ ޔޫކްރެއިންގެ ދިފާއީ ބާރު ގަދަވުމާ އެކު ހަމަލާތަކުން މާ ބޮޑު ކުރިއެރުމެއް ނުފެނެ އެވެ.

އެހެންކަމުން، ހަފްތާއެއް ވާން ގާތްވުމާ އެކު ރަޝިއާގެ ސްޓްރެޓެޖީ ބަދަލުކޮށް، ސިޓީތަކަށް ހަމަލާ ދީ، ވެރިރަށް ކިޔެވް ކައިރިއަށް ގިނަ އަދަދެއްގެ ފައުޖުތައް ޖަމާކުރަން ފެށީ އަންގާރަ ދުވަހު އެވެ.

އޭގެ އިތުރުން، މުއާސަލާތީ ހިދުމަތަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް ރަޝިއާއިން ހަމަލާ ދިނީ ވެސް އަންގާރަ ދުވަހު އެވެ. ރަޝިއާއިން ބުނީ "ލަނޑުދަނޑިތައް ހާސިލްނުވަނީސް" ނިންމާ ނުލާނެ ކަމަށެވެ.

ތިރީގައި މިވާ މައުލޫމާތަކީ ރަޝިއާ އާއި ޔޫކްރެއިންގެ ވާހަކަތާއި ހުޅަނގުގެ އޮފިޝަލުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ބަހާއި ޖާސޫސީ މަސްދަރުތަކަށް ބިނާކޮށް، ހަނގުރާމަ މިހާރު އޮތް ހާލަތާ ގުޅޭ މައުލޫމާތެވެ.

ސެޓެލައިޓް ފޮޓޯއިން ފެންނަ ގޮތުގައި ރަޝިއާގެ ސިފައިންނާއި އުޅަނދުތައް ވަނީ ކިޔެވް ކައިރިއަށް ޖަމާވާން ފަށާފަ އެވެ. އެގޮތުން 40 މޭލުގެ ދިގު ސަފެއް ފޮޓޯތަކުން ފެެނެ އެވެ.

ކިޔެވް ސިޓީގައި އާއްމު ރައްޔިތުން ނުކުމެ، މަގުތަކުގައި ބެރިކޭޑް ޖަހަން ފެށި އެވެ. އަދި ކިޔެވްގެ ޖާސޫސީ އިދާރާ ކައިރީގައި އުޅޭ އާއްމުން ދުރަށް ދިޔުމަށް ރަޝިއާއިން ގޮވާލި އެވެ.

ޔޫކްރެއިނުން ބުނީ ރަޝިއާގެ ލަޝްކަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން 29 ޖެޓު، 29 ހެލިކޮޕްޓަރު އަދި 198 ޓޭންކު ގޮއްވާލާފައިވާ ކަމަށް ބުންޏެވެ.

ދެ ވަނައަށް އެންމެ ބޮޑު ސިޓީ ހާރްކިވްއަށް ވަރުގަދަ ހަމަލާތަކެއް ދީ 10 މީހުން މަރުވެ، 20 މީހުންނަށް އަނިޔާވި އެވެ. ރަޝިއާއަށް ހާރްކީވް އާއި ޗެރްނިހިވްގެ ކޮންޓްރޯލް ނުލިބި ލަސްވާތީ އާއްމުން އުޅޭ ހިސާބުތަކަށް އަމާޒު ކުރާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި އެވެ.

ދެކުނު ހާސަން ސިޓީގައި ރަޝިއާއިން ޗެކްޕޮއިންޓްތައް ގާއިމްކުރި އެވެ. ފާއިތުވި 24 ގަޑިއިރު ރަޝިއާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށާއި ޔޫކްރެއިންގެ ވައިގެ ސަރަހައްދު ވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށް އިނގިރޭސީ ޖާސޫސީ މަސްދަރުތަކުން ބުންޏެވެ.

ފްރާންސްގެ އިތުރު ސިފައިން ރޮމޭނިއާއަށް ފޮނުވި އެވެ. އަދި ނޭޓޯ ގައުމުތަކުގެ ބިމުގެ "އެންމެ އިންޗިއެއް" ވެސް ދޫނުކޮށް ދިފާއު ކުރާނެ ކަމަށް ނޭޓޯއިން ބުންޏެވެ.

އދ. އިން ލަފާކުރާ ގޮތުގައި ޔޫކްރެއިންގެ 12 މިލިއަން މީހުންނަށް އެހީ ބޭނުންވެ އެވެ. ޔޫކްރެއިންގެ އެތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ އިރު، 660،000 އަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox