ނިޔުކްލިއާ ފައުޖު އެލާޓަށް ގެނައީ އިނގިރޭސިވިލާތާ ހެދި: ރަޝިއާ

އިނގިރޭސި ފޮރިން ސެކެޓްރީ ލިޒް ޓްރުސް.

އިނގިރޭސި ފޮރިން ސެކެޓްރީ ލިޒް ޓްރުސް.

ރަޝިއާގެ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނައީ އިނގިރޭސި ފޮރިން ސެކެޓްރީ ލިޒް ޓްރުސް އާއި އެހެން ފަރާތްތަކުގެ ބަސްމަގު ހުރި ގޮތުން ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނޭޓޯ އާއި ރަޝިއާގެ "ކުރިމަތިލުންތަކެއް" ހިނގާފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

"އެކި މަންދޫބުން އެކި ފެންވަރުގައި ދެއްކެވި ވާހަކަތަކުގައި ނޭޓޯ އާއި ރަޝިއާގެ ކުރިމަތިލުމެއް ސިފަކޮށްފައިވޭ. އެއީ އެއް ގޮތަކަށް ވެސް ބަލައިގަންނާނެ ވާހަކަތަކެއް ނޫން. އެ ވާހަކަތައް ދެއްކި ފަރާތްތަކުގެ ސީދާ ނަން ހާމަކުރަން ބޭނުމެއް ނޫން، އެކަމަކު އޭގެ ތެރޭގައި އިނގިރޭސި ފޮރިން މިނިސްޓަރު ހިމެނޭ."

ނަމަވެސް އިނގިރޭސި ފޮރިން ސެކެޓްރީ ދެއްކެވި ވާހަކަތަކުގެ ތެރެއިން ރަޝިއާ ހިތްހަމަނުޖެހުނީ ސީދާ ކޮން ކަމަކާ މެދު ކަމެއް ސާފެއް ނޫނެވެ.

އާދީއްތަ ދުވަހު އެކަމަކާ ވިދާޅުވީ ރަޝިއާ ނުހުއްޓުވައިފި ނަމަ، އެހެން ދައުލަތްތަކަށް ނުރައްކާ އެބަ އޮތް ކަމަށާއި، އެހެން ވެއްޖެ ނަމަ ނޭޓޯއިން ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށެވެ.

"ޔޫކްރެއިނާ ހަމައިން ޕުޓިން ނުހުއްޓުވައިފި ނަމަ އެހެން ގައުމުތަކަށް ނުރައްކާ ވާނެ، އޭގެ ތެރޭގައި ބޯލްޓިކް ގައުމުތަކާޢި ޕޮލޭންޑް އަދި މޯލްޑޯވާ ހިމެނޭ. އޭރުން މިއީ ނޭޓޯ ބައިވެރިވާން ޖެހޭ ހަނގުރާމައަކަށް ވެދާނެ، އެ ހިސާބަށް ދާން އަޅުގަނޑުމެން ބޭނުމެއް ނޫން،" ޓްރުސް އާދީއްތަ ދުވަހު ސްކައި ނިއުސްއަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox