ވިރާތުގެ 100 ވަނަ ޓެސްޓް މެޗަށް ސަޕޯޓަރުން ނުވައްދާނެ

Feb 28, 2022, 4:45 PM
އިންޑިއާގެ ކްރިކެޓް ތަރި ވިރާތު.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ކްރިކެޓް ތަރި ވިރާތު.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ފެބްރުއަރީ 28) - އިންޑިއާ ގައުމީ ޓީމުގެ ތަރި ވިރާތު ކޯލީ، ކެރިއަރުގައި ކުޅޭ 100 ވަނަ ޓެސްޓް މެޗަށް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ނިންމައިފި އެވެ.

ސްރީ ލަންކާއާ ދެކޮޅަށް އިންޑިއާ އިން ކުޅޭ ދެ ޓެސްޓް މެޗުގެ އޮންނާާނެ އެވެ. ގިނަ ބަޔެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ހޮނިހިރު ނޫނީ އާދިއްތަ ދުވަހު ކުޅެން ނިންމާފައިވާ ފުރަތަމަ މެޗަށެވެ. އެއީ ވިރާތުގެ 100 ވަނަ ޓެސްޓް މެޗު ކަމަށްވާތީ އެވެ.

ޕަންޖާބް ކްރިކެޓް އެސޯސިއޭޝަން (ޕީސީއޭ)ގެ ސެކްރެޓަރީ ޕުނީތު ބާލީ ބުނީ ވިރާތުގެ 100 ވަނަ ޓެސްޓް މެޗަށް ކޮވިޑް-19ގެ ސަބަބުން ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހިފައިވާ ކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި ބޭނުންވި ގޮތެއް ނޫން ކަމަށްް އޭނާ ވަނީ ބުނެފަ އެވެ. ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުނަސް މި މެޗުގެ ހާއްސަކަން ފާހަގަވާނެ ވަރަށް އިސްތިހާރު ކުރުމުގެ ކަންކަން ރޭވިފައިވާ ކަމަށް ޕުނީތު ބުންޏެވެ.

ވިރާތު، 33، ގެ މި ހާއްސަ މެޗަށް ސަޕޯޓަރުން ވަންނަން ފުރުސަތު ނެތުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ވިރާތުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން ދައްކަމުން އަންނަ ވާހަކަތަކަށް ބަލާއިރު، ސަޕޯޓަރުން ވެއްދޭ ދަނޑަކަށް މި މެޗު ބަދަލުކުރަން ޖެހޭނެ އެވެ.

އިންޑިއާގެ މެޗެއްގެ ތެރެއިން ވިރާތު: އޭނާގެ 100 ވަނަ ޓެސްޓް މެޗަށް ސަޕޯޓަރުންނަށް ނުވަދެވޭ މައްސަލަ އަށް އަންނަނީ ސަމާލުކަން ލިބެމުން

މިހާރު ޝެޑިއުލްގައި އޮތީ ޓެސްޓް ސީރީސްގެ ފުރަތަމަ މެޗު މޮހާލީގައި ސަޕޯޓަރުން ނުވައްދައި ކުޅެފައި ދެ ވަނަ މެޗު ބެންގަލޫރުގައި މަދު އަދަކަށް ސަޕޯޓަރުން ވައްދައިގެން ކުޅޭ ގޮތަށެވެ. ވިރާތުގެ ސަޕޯޓަރުންގެ ހުށަހެޅުމަކީ ފުރަތަމަ މެޗު ބެންގަލޫރު ނޫނީ އެހެން ސިޓީއެއްގައި ވިޔަސް ސަޕޯޓަރުން ވައްދާފައި ކުޅެފައި، ދެ ވަނަ މެޗު މޮހާލީގައި ކުޅުމަށެވެ. އެކަމަކު، އެ ހުށަހެޅުންތަކަށް ރަސްމީ ފަރާތްތަކުން ޖަވާބެއް ދީފައިނުވެ އެވެ.

ދާދި ފަހުން އިންޑިއާ ގައުމީ ކްރިކެޓްގެ ހުރިހާ ފޯމެޓެއްގެ ޓީމުތަކުގެ ކެޕްޓަންކަން ވިރާތު ވަނީ ދޫކޮށްލައިފަ އެވެ. މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މިއީ ވިރާތަށް އިންޑިއާ ކްރިކެޓް ބޯޑުން ކުރިމަތިކުރަމުން އަންނަ ޕްރެޝަރުތަކުގެ ސަބަބުން އައި ނިންމުމެކެވެ.

އިންޑިއާ ކްރިކެޓް ޓީމުން މިހާރު ޓީ20 ސީރީސްއެއްގައި ލަންކާއާ ކުޅެމުން އަންނައިރު، ވިރާތު އެ މެޗުތަކުގައި ނުކުޅެ ހުރީ ބްރޭކެއް ނަގައިގެންނެވެ.

ޓެސްޓް ކްރިކެޓަށް ވިރާތު ނުކުތީ 2011 ވަނަ އަހަރު އެވެ. ވިރާތު ވަނީ 99 ޓެސްޓް މެޗުގައި 7962 ލަނޑު އެއްކޮށްފަ އެވެ. ސަތޭކަ ޓެސްޓް މެޗު ހަމަކޮށްފިނަމަ ވިރާތު ވެގެންދާނީ އެކަން ހާސިލްކުރާ އިންޑިއާގެ 11 ވަނަ ކުޅުންތެރިޔާ އަށެވެ. ޓެސްޓް ކްރިކެޓް މެޗު ކުޅުމުގެ ރެކޯޑް އޮތީ 200 މެޗު ހަމަކޮށް، 2013 ވަނަ އަަހަރު ކްރިކެޓުން ރިޓަޔާކުރި ލެޖެންޑަރީ ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox