މެޑްވެޑޭވް: 18 އަހަރުވީ ތާރީހު ބަދަލުކޮށް ދުނިޔޭގެ އެއް ވަނަ އަށް

Feb 28, 2022, 3:54 PM
ރަޝިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑޭވް.-- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑޭވް.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ފެބްރުއަރީ 28) - ދުބާއީ ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުން ސާބިއާގެ ނޮވަކް ޖޮކޮވިޗް ކެޓުމާ އެކު ފަހަކަށް އައިސް ތަފާތު މޮޅު ފޯމެއްގައި ގިނަ މުބާރާތްތަކެއް ކުޅެމުން އަންނަ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ޖެހިލައި، ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

މިދިޔަ 18 އަހަރު ތެރޭ ޓެނިހުގެ ފިރިހެން ރޭންކިންގެ އެއް ވަނައިގައި ޖޮކޮވިޗާއި، ސްޕެއިނުގެ ރަފައެލް ނަޑާލް، ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަދި އިނގިރޭސި އެންޑީ މަރޭ ނޫނީ އެހެން ކުޅުންތެރިއަކަށް ޖާގަ ނުލިބެ އެވެ. މެޑްވެޑޭވް، ރޭންކިން އެއް ވަނަ އަށް އެރިއިރު، މިއީ 2004 ވަނަ އަހަރުގެ ފަހުން ޓެނިހުގެ ވަރުގަދަ ހަތަރު ކުޅުންތެރިން ފަހަތަށް ޖައްސާލާފައި އެހެން ކުޅުންތެރިއަކު ޓެނިހުގެ ރޭންކިން ކުރިއަށް ޖެހިލި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ވެކްސިން މައްސަލައިގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޖޮކޮވިޗަށް، ރޭންކިން އެއް ވަނަ މި ގެއްލުނީ 361 ހަފްތާގައި މަގާމު ދެމެހެއްޓި ފަހުންނެވެ. ޖޮކޮވިޗަކީ އެންމެ ދިގު މުއްދަތަކަށް ރޭންކިން އެއް ވަނަ ދެމެހެއްޓުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.

މެޑްވެޑޭވަކީ ޓެނިސް ތާރީހުގައި އެއް ވަނަ އަށް އެރި ރަޝިއާ އަށް ނިސްބަތްވާ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ރަޝިއާ ކުޅުންތެރިންގެ ގޮތުގައި ވާދަކޮށް ދުނިޔޭގެ ރޭންކިން ކުރިއަށް ޖެހިލީ ޔެވްގެނީ ކަފެލްނިކޯފް އާއި މަރާތު ސަފިން އެވެ.

މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދި އުމުރުން 26 އަހަރުގެ މެޑްވެޑޭވް ވަނީ މިދިޔަ މަހުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ނަޑާލް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ރޭންކިންގައި ނަޑާލް ވެސް ވަނީ އެއް ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ.

ރޭންކިންގެ ޕޮއިންޓްތަކަށް ބަލާއިރު، މެޑްވެޑޭވް އަށް ވަނީ 8615 ޕޮއިންޓް ލިބިފަ އެވެ. ޖޮކޮވިޗް ދެ ވަނައިގައި އޮތީ 8465 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަށް ވަނީ 7515 ޕޮއިންޓް ލިބިފަ އެވެ. ހަތަރަކަށް ޖެހިލި ނަޑާލަށް ލިބިފައިވަނީ 6515 ޕޮއިންޓެވެ. އަދި ފަސް ވަނައިގައި އޮތް ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް އަށް ވަނީ 6445 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox