ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ނިންމައިފި

ބެލަރޫސްގެ ރައީސް ލުކަޝެންކޯ: އެމަނިކުފާނު ވެރިކަން ކުރާތާ 27 އަހަރު ވެއްޖެ.

ބެލަރޫސްގެ ރައީސް ލުކަޝެންކޯ: އެމަނިކުފާނު ވެރިކަން ކުރާތާ 27 އަހަރު ވެއްޖެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ދޭ ހަމަލާތައް ލޯންޗު ކުރާ މަރުކަޒަކަށް ބެލަރޫސް ވެފައިވާ ދަނޑިވަޅެއްގައި އެ ގައުމުގައި ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ނިންމައިފި އެވެ.

ރަޝިއާގެ ނިއުސް އެޖެންސީތަކުން ބެލަރޫސްގެ އިލެކްޝަންސް ކޮމިޝަނާ ހަވާލަދީ ބުނީ ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ގާނޫނު އަސާސީއަށް ބަދަލު ގެންނަން ފެންނަ ކަމަށް 65.2 ޕަސެންޓު ރައްޔިތުން ބުނި ކަމަށެވެ.

އެކަމަށް އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލުމުން ވޯޓުލެވޭ އާބާދީގެ 78.63 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި ކަމަށް އެޖެންސީތަކުން ބުންޏެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައުމާ އެކު ބެލަރޫސްއިން ވަނީ ނިޔުކްލިއާ ހަތިޔާރުތައް ރަޝިއާއާ ހަވާލުކޮށްފަ އެވެ. އެހެންކަމުން ހޯމަ ދުވަހުގެ ނިންމުމާ އެކު ސޯވިއެޓް ޒަމާނަށް ފަހު ފުރަތަމަ ފަހަރަށް ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާރު ބަހައްޓާނެ ކަމަށް ބެލެވެ އެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އާއި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ގާތް ގުޅުމެއް އޮންނަ އިރު، ޕުޓިން އާދީއްތަ ދުވަހު އެންގެވީ ރަޝިއާގެ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނައުމަށެވެ.

އާދީއްތަ ދުވަހު ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހުންނަވައި ލުކަޝެންކޯ ވިދާޅުވީ ބެލަރޫސްގައި އަލުން ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ޕުޓިންގެ އަރިހުގައި ދަންނަވަން ވިސްނަވާ ކަމަށެވެ.

"ހުޅަނގުން ނިޔުކްލިއާ ހަތިޔާރު ޕޮލޭންޑާއި ލިތުއޭނިއާ، އަޅުގަނޑުމެންގެ ބޯޑަރު ކައިރީގައި ބަހައްޓައިފި ނަމަ، ރައްދުގައި އަޅުގަނޑު ވެސް ޕުޓިން އަރިހުގައި އެދޭނަން އެއްވެސް ޝަރުތެއް ނެތި އަޅުގަނޑު ދޫކޮށްލި ނިޔުކްލިއާ ހަތިޔާރުތައް އަނބުރާ ހޯދަން."

ބެލަރޫސްގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެކު ލުކަޝެންކޯގެ 27 އަހަރުވީ ވެރިކަން 2035 ވަނަ އަހަރާ ހަމައަށް ދިގުދެންމުމަށް ފުރުސަތު ފަހިވެ އެވެ. އަދި މަގާމުން ވަކިވުމުން ވެސް ދުނިޔޭގައި ހުރިހާ ދުވަހަކު އެއްވެސް ދައުވާއެއް ނުކުރެވޭނެ އެވެ.

ހުޅަނގުން ބުނީ ހުދުމުހުތާރު ލީޑަރަކު ރައޔިތުންނަށް ބިރު ދައްކައިގެން ބާޢްވާ އިންތިހާބެއްގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށެވެ.

ބެލަރޫސްގެ އިދިކޮޅު ވެރިން ފުރާނައަށް ބިރުން ގައުމު ދޫކޮށް ގޮސްފައިވާ އިރު، ލުކަޝެންކޯގެ އިސްތިއުފާއަށް ގޮވައި އާ އިންތިހާބަކަށް ޑިމާންކޮށް، މުޒާހަރާ ކުރި 35،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox