ނިޔުކްލިއާ ހަތިޔާރާ ގުޅޭ ގޮތުން އެނގެންޖެހޭ ބައެއް ކަންކަން

އެންމެ ގިނަ އަދަދެއްގެ ނިޔުކްލިއާ ހަތިޔާރު ހުރި ގައުމަކީ ރަޝިއާ: އެ ގައުމުން އާދީއްތަ ދުވަހު ވަނީ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނެސްފައި.

އެންމެ ގިނަ އަދަދެއްގެ ނިޔުކްލިއާ ހަތިޔާރު ހުރި ގައުމަކީ ރަޝިއާ: އެ ގައުމުން އާދީއްތަ ދުވަހު ވަނީ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނެސްފައި.

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ރަޝިއާއިން މިހާރު ވަނީ އެ ގައުމުގެ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ޓީވީ މެދުވެރިކޮށް އާދީއްތަ ދުވަހު ދެއްވި ހިތާބެއްގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ ރަޝިއާގެ ނިޔުކްލއާ "ޑެޓެރެންޓް ފައުޖު" އެންމެ މަތީ އެލާޓަށް ގެނެސް، ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރަޝިއާއިން އަބަދުވެސް ތައްޔާރީ ހާލަތުގައި 1،600 ނިޔުކްލިއާ ހަތިޔާރު ބަހައްޓަ އެވެ. އަދި ބޭނުން ޖެހިއްޖެ ނަމަ އެންމެ 10 މިނެޓު ތެރޭގައި އެފަދަ ހަތިޔާރު ލޯންޗު ކުރެވެ އެވެ.

Advertisement

ތިރީގައި އެ ވަނީ ނިޔުކްލިއާ ހަތިޔާރާ ގުޅޭ ގޮތުން އެނގުން މުހިއްމު ބައެއް މައުލޫމާތުތަކެވެ.

ނިޔުކްލިއާ ބޮމުގެ މައިގަނޑު ދެ ބާވަތެއްވެ އެވެ. އެއީ އެޓޮމިކް ބޮމާއި ހައިޑްރޮޖަން ބޮމެވެ. ދެ ބޮމުން ވެސް ގިނަ އަދަދެއްގެ ހަކަތަ ބޭރުކޮށް، ބޮޑު ގޮވުމެއް ގޮވަ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޯޝިމާ އާއި ނަގަޒާކީއަށް ވައްޓާލި ދެ ނިޔުކްލިއާ ބޮމުގެ ސަބަބުން 200،000 މީހުން މަރުވި އެވެ. އޭގެ ފަހުން ޒަމާނީ ނިޔުކްލިއާ ހަތިޔާރުތައް އުފައްދާފަ ވާތީ، އެއަށްވުރެ އެތައް ގުނައެއް ބާރުގަދަ ހަތިޔާރު މިހާރު އެބަ ހުއްޓެވެ.

ޖަޕާނުގެ ހިރޯޝިމާ އަދި ނަގަޒާކީއަށް ނިޔުކްލިއާ ބޮން އެޅުމުން ގޮވި ގޮވުން.
ޖަޕާނުގެ ހިރޯޝިމާ އަދި ނަގަޒާކީއަށް ނިޔުކްލިއާ ބޮން އެޅުމުން ގޮވި ގޮވުން.

ޖަޕާނުގެ ހިރޯޝިމާ އަދި ނަގަޒާކީއަށް ނިޔުކްލިއާ ބޮން އެޅުމުން ގޮވި ގޮވުން.

އެންމެ ބާރުގަދަ ނިޔުކްލިއާ ހަތިޔާރެއް މިހާތަނަށް ޓެސްޓު ކުރީ ސޯވިއެޓް ޔޫނިއަންއިން 1961 ވަނަ އަހަރު އެވެ. "ޒާ ބޮމްބާ"ގެ ނަން ދީފައިވާ އެ ނިޔުކްލިއާ ބޮމުގެ ބާރުގައި 50 މިލިއަން ޓަނުގެ ޓީއެންޓީ ހިމެނެ އެވެ. އެއީ ހިރޯޝިމާ އާއި ނަގަޒާކީއަށް ވައްޓާލި ބޮންތަކަށް ވުރެ 3000 ގުނަ ބާރުގަދަ ބޮމެކެވެ.

ދުނިޔޭގެ ތާރީހުގައި ހަނގުރާމައިގެ މައިދާނުގައި ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރީ އެންމެ ދެ ފަހަރު ނަމަވެސް، އޭގެ ފަހުން 2،000 އަށް ވުރެ ނިޔުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައިވެ އެވެ. ބައެއް ޓެސްޓުތައް ކުރީ ބިމުން މަތީގައި ކަމަށް ވާތީ ޖައްވުގެ ތެރެއަށް ރޭޑިއޭޝަން ބޭރުވެ، ދުނިޔޭގެ ބައެއް ހިސާބުތަކަކީ އާޢްމުންނަށް ދިރިއުނޫޅެވޭ ވަރަށް ތަގައްޔަރުވެ، ފުރާނައަށް ނުރައްކާ ހިސާބުތަކެވެ.

ނިޔުކްލިއާ ހަމަލާއަކާ ދެކޮޅަށް ދިފާއުވެވޭނެ ގޮތެއް ނޯވެ އެވެ. އޭގެ ބަދަލުގައި ދައުލަތްތަކުން ގެންގުޅޭ ސިޔާސަތަކީ "މިޔުޗުއަލީ އެޝުއާޑް ޑިސްޓްރަކްޝަން ނުވަތަ މޭޑް" އެވެ. އެއީ ނިޔުކްލިއާ ހަމަލާއެއް ދީފި ނަމަ ރައްދުގައި އެފަދަ ހަމަލާއެއް ދިނުމުގެ އިންޒާރެވެ. އެއީ އެކަކު އަނެކަކުގެ ބޮލުގައި ބަޑި ޖައްސައިގެން ތިބުން ފަދަ ހާލަތެކެވެ.

ކަޒަކިސްތާނުގެ މި ސައިޓަކީ ސޯވިއެޓް ޔޫނިއަންއިން ނިޔުކްލިއާ ހަތިޔާރު ޓެސްޓު ކުރުމުން ދިރޭ ތަކެއްޗަށް ނުރައްކާތެރި މިންވަރަށް ޖައްވުގައި ރޭޑިއޭޝަން ހިމެނޭ ތަނެއް.
ކަޒަކިސްތާނުގެ މި ސައިޓަކީ ސޯވިއެޓް ޔޫނިއަންއިން ނިޔުކްލިއާ ހަތިޔާރު ޓެސްޓު ކުރުމުން ދިރޭ ތަކެއްޗަށް ނުރައްކާތެރި މިންވަރަށް ޖައްވުގައި ރޭޑިއޭޝަން ހިމެނޭ ތަނެއް.

ކަޒަކިސްތާނުގެ މި ސައިޓަކީ ސޯވިއެޓް ޔޫނިއަންއިން ނިޔުކްލިއާ ހަތިޔާރު ޓެސްޓު ކުރުމުން ދިރޭ ތަކެއްޗަށް ނުރައްކާތެރި މިންވަރަށް ޖައްވުގައި ރޭޑިއޭޝަން ހިމެނޭ ތަނެއް.

ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ނިޔުކްލިއާ ހަތިޔާރެއް ފޮނުވުމުގެ ގާބިލްކަން ލިބިފައި ވަނީ ފަސް ގައުމަކަށެވެ. އެއީ ޗައިނާ، ފްރާންސް، ޔޫކޭ، އެމެރިކާ، އަދި ޜަޝިއާ އެވެ.

އިންޑިއާ، ޕާކިސްތާން، އުތުރު ކޮރެއާގައި ވެސް ނިޔުކްލިއާ ހަތިޔާރު އެބަ ހުރި ކަމަށް އެ ގައުމުތަކުން ބުނެ އެވެ. އޭގެ އިތުރުން ސައުދީ އަރަބިއްޔާ، އިރާން، އިޒްރޭލް، ދެކުނު ކޮރެއާ އަދި ޓައިވާނުގައި ވެސް ނިޔުކްލިއާ ހަތިޔާރު ހުރި ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެންމެ ގިނަ ނިޔުކްލިއާ ހަތިޔާރު ހުރީ ރަޝިއާގަ އެވެ. ޔޫކްރެއިންގައި ނިޔުކްލިއާ ހަތިޔާރު ނެތް ނަމަވެސް، ޔޫކްރެއިންގެ އެކުވެރި އެމެރިކާގައި ބޮޑު ސްޓޮކެއް އޮވެ އެވެ. އޭގެ އިތުރުން ޔޫކްރެއިނަށް އެހީވަމުންދާ ހުޅަނގުގެ ފްރާންސާއި ޔޫކޭގެ ވެސް ނިޔުކްލިއާ ހަތިޔާރުގެ ސްޓޮކެއް އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox