ސުޕްރީމް ކޯޓުގެ ނިންމުމެއް ގާނޫނަކުން އުވައިލެވޭނެތޯ ސުވާލު އުފެދޭ: އިންތި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިުޔާޒް ފަހުމީ "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ސުޕްރީމްކޯޓްގެ ނިންމުމެއް ގާނޫނަކުން ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިުޔާޒް ފަހުމީ "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ސުޕްރީމްކޯޓްގެ ނިންމުމެއް ގާނޫނަކުން ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް.

ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތަކެއް އުވައިލެވޭ ގޮތަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކާ މެދު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޯޓްތަކާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އިންތި ވިދާޅުވީ ސުޕްރީމް ކޯޓްގެ ނިންމުންތައް އުވައިލެވޭނީ ހަމަ އެ ކޯޓަށް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނެއް ލިޔެގެން ސުޕްރީމް ކޯޓްގެ ނިންމުމެއް އުވައިލެވޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މެމްބަރު ޒަރީރު ހުށަހެޅުއްވި ބިލުގެ (14) ވަނަ މާއްދާގައި އޮތީ އެ މާއްދާގައި ބުނާ، ސުޕްރީމް ކޯޓްގެ ނިންމުންތަކާއި ގަރާރުތަކާއި ގަވައިދުތަކާއި ސާކިއުލާތަކާއި އާއްމު ސިޓީތައް، އެ ބިލު ގާނޫނަކަށްވުމުން އުވޭނެ ކަމަށެވެ. އެ މާއްދާގައި ދެން އޮތީ އުވައިލެވޭނެ ނިންމުންތަކުގެ ލިސްޓެކެވެ.

"މިއީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. ސުޕްރީމް ކޯޓެއްގެ ރޫލިންއެއް އަޅުގަނޑު ހިތުން، ބާތިލުކުރަން ޖެހޭނީ ހަމަ ސުޕްރީމް ކޯޓުން. ގާނޫނެއް އަޅުގަނޑުމެން ލިޔެގެން ރޫލިން އެއް ބާތިލުކުރެެވިދާނެތޯ އެއީ އަޅުގަނޑު ސުވާލު އުފައްދާ ކަމެއް،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް އެ ބިލުގައިވާ ލިސްޓްގައިވާ އެހެން ބައިތައް ގާނޫނަކުން އުވައިލެވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ރޫލިންތައް އެކޯޓުން ފަހުން އުވާލައިފައި އެބަހުރި ކަމަށާއި އެގޮތަށް އަމަލުކުރެވިދާނެ ކަމަށެވެ.

ކޯޓްތަކާ ބެހޭ ގާނޫނަށް ބަދަލުތައް ގެންނަން ހުށަހެޅި ބިލުގައިވާ އެހެން ބައެއް ކަންތައްތަކަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ. ބައެއް އެހެން ގާނޫނުތަކުގައި މިހާރު ވެސް ހުރި މަފްހޫމްތައް އެ ބިލުގައި ހިމަނައި، ރިޕީޓްވާ ގޮތަށް އޮތް ތުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox