ރަޝިއާ-ޔޫކްރެއިން ހަނގުރާމަ: ދިވެހިން ތިބި ހާރްކީވް ސިޓީގެ މަގުތަކުގައި ހަމަލާ ބަދަލުކުރަނީ

ހާރްކީވް ސިޓީގެ މަގުމަތީގައި ރަޝިއާ އާއި ޔޫކްރެއިން ސިފައިންގެ ބަޑީގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން. -- ފޮޓޯ: އޭޕީ

ހާރްކީވް ސިޓީގެ މަގުމަތީގައި ރަޝިއާ އާއި ޔޫކްރެއިން ސިފައިންގެ ބަޑީގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން. -- ފޮޓޯ: އޭޕީ

ކިޔެވް، ޔޫކްރެއިން (ފެބްރުއަރީ 27) - ޔޫކްރެއިންގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ހާރްކީވްގެ މަގުތަކަށް ރަޝިއާ ސިފައިން ފޯރުމާ އެކު ބަޑީގެ ވަރުގަދަ ހަމަލާތައް ބަދަލު ކުރަން ފަށައިފި އެވެ.

"ރަޝިއާ ދުޝްމަނުންގެ ކުދި އުޅަނދުތައް ހާރްކީވް ސިޓީގެ ތެރެއަށް ވަދެއްޖެ،" ހާރްކީވް ސަރަހައްދީ އޮފީހުގެ ވެރިޔާ އޯލެގް ސިނެގުބޯވް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.

"ޔޫކްރެއިންގެ ސިފައިން ދަނީ ދުޝްމަނުން ނައްތާލުމުގެ މަސައްކަތް ކުރަމުން."

ހަނގުރާމައިގައި ހާރްކީވްގެ ހާލަތު ގޯސްވަމުންދާ އިރު، އެ ތަނުގެ ބިމު އަޑީގެ މެޓްރޯ ސްޓޭޝަނެއްގައި ފަސް ދިވެހިން ތާށިވެފައި އެބަ ތިއްބެވެ.

އެ މީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ އެ ސިޓީއިން ނުކުމެވޭނެ ރައްކާތެރި ގޮތެއް ހޯދުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރާ ކަމަށާއި ނަމަވެސް އަދި އެ ސިޓީން ނުކުމެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ބޮމުގެ ހަމަލާތަކުގެ އަޑުއިވޭ ކަމަށް ވެސް ބުންޏެވެ.

ހާރްކީވްގެ މަގުތަކުގައި ރަޝިއާ އާއި ޔޫކްރެއިންގެ ސިފައިން ހަމަލާ ބަދަލުކުރަމުން ދާއިރު، 400 ކިލޯމީޓަރު ހުޅަނގުން އޮންނަ ވެރިރަށް ކިޔެވް އަދިވެސް އޮތީ ޔޫކްރެއިން ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެކަމަކު އެ ސިޓީއަށް ވަނުމަށް ވެސް ރަޝިއާ ސިފައިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން އާދީއްތަ ދުވަހު ބުނީ ދެކުނުގައި އޮންނަ ހާސަން ސިޓީ އާއި އިރުދެކުނުގައި އޮންނަ ބާޑްޔާންސްކް ސިޓީ ވެސް ހިފާފައިވާ ކަމަށެވެ.

"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހާސަން ސިޓީ އާއި ބާޑްޔާންސް ސިޓީ ރަޝިއާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ވަނީ ގެނެސްފައި،" އެ މިނިސްޓްރީގެ ތަރުޖަމާނު އައިގޯރް ކޮނަޝެންކޯވްގެ ބަޔާނެއް މެދުވެރިކޮށް ވިދާޅުވި އެވެ.

އޭގެ އިތުރުން އަޒޯވް ކަނޑުގެ އައްސޭރިފަށުގައިވާ ގެނިޗެސްކް ޕޯޓް ސިޓީ އާއި ހާސަން ކައިރީގައިވާ އެއާފީލްޑެއް ވެސް ރަޝިއާއިން ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ބުނީ ޔޫކްރެއިންގެ 975 އަސްކަރީ ފެސިލިޓީ އާއި އަށް ފައިޓާ ޖެޓާއި، ހަތް ހެލިކޮޕްޓަރު އަދި 11 ޑްރޯން އާދީއްތަ ދުވަހާ ހަމައަށް ގޮއްވާލާފައިވާ ކަމަށެވެ.

ކޮނަޝެންކޯވް ވިދާޅުވި ގޮތުގައި ޔޫކްރެއިންގެ ސިފައިން ދަނީ "ބޮޑެތި އަދަދުތަކުން" ހަތިޔާރު ބަހައްޓައި އަމާންދެމުންނެވެ.

އެގޮތުން ހޮނިހިރު ދުވަހު ހާރްކީވް ކައިރީގައިވާ އެއާ ޑިފެންސް މިސައިލް ސިސްޓަމެއް ބަލަހައްޓާ ސިފައިން އަމިއްލައަށް ހަތިޔާރު ބެހެއްޓި ކަމަށާއި މިހާތަނަށް 470 އަށް ވުރެ ގިނަ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރަޝިއާގެ ވާހަކަތައް ރަސްމީ އެހެން އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އަދި ޔޫކްރެއިނުން ތަކުރާރުކޮށް ބުނަމުން ދަނީ މި ހަނގުރާމައިގައި ރަޝިއާގެ ގިނަ ސިފައިންތަކެއް މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox