ރަޝިއާއާ ދެކޮޅަށް އދ. ގެ ގަރާރަށް ވޯޓު ނުދެނީ އިންޑިއާ، ޗައިނާ، ޔޫއޭއީ

އދ. ގެ ސަލާމަތީ މަޖިލީހުގައި އިންނަވާ ރަޝިއާގެ މަންދޫބު. -- ފޮޓޯ: އާރްޓީއީ

އދ. ގެ ސަލާމަތީ މަޖިލީހުގައި އިންނަވާ ރަޝިއާގެ މަންދޫބު. -- ފޮޓޯ: އާރްޓީއީ

އދ.، އެމެރިކާ (ފެބްރުއަރީ 26) - ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ރަޝިއާއިން ވީޓޯ ކުރި އިރު، ތިން ގައުމަކުން ވަކި ކޮޅަކަށް ވޯޓު ނުދޭން ނިންމައިފި އެވެ.

ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 11 މެމްބަރުން އެ ގަރާރަށް ތާއީދު ކުރި އެވެ. ގަރާރު ތައްޔާރު ކުރީ އެމެރިކާ އާއި އަލްބޭނިއާ އިންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދޭން ނިންމި ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ޔޫއޭއީ އެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި ހިމެނޭ ރަޝިއާއަށް ވީޓޯ ކުރުމުގެ ބާރު އޮތުމާ އެކު ގަރާރު ތައްޔާރު ކުރި އިރު ވެސް ފެއިލްވާނެކަން އެނގެ އެވެ. ނަމަވެސް ގަރާރަށް ބަހުސް ކުރަން ލިބުނު ފުރުސަތުގައި ގައުމުތަކުގެ ހިތްހަމަނުޖެހުން ފާޅުކުރަން ލިބުނެވެ.

"ރަޝިއާއަށް މި ގަރާރު ވީޓޯ ކުރެވިދާނެ، އެކަމަކު އަޅުގަނޑުމެންގެ އަޑުތައް ވީޓޯއެއް ނުކުރެވޭނެ. ހަގީގަތެއްގެ ވީޓޯއެއް ނުކުރެވޭނެ. އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލުތަކާއި ޔޫކްރެއިން ރައްޔިތުން ވީޓޯއެއް ނުކުރެވޭނެ،" އެމެރިކާގެ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވި އެވެ.

ވޯޓަށް އެހުމުގެ ކުރިން ގަރާރުގައި ބޭނުންކޮށްފައި ހުރި ބައެއް ޖުމްލަތަކާއި ބަސްތަކަށް ބަދަލު ގެނަ އެވެ. އެއީ ގިނަ ގައުމުތަކުގެ ތާއީދު ހޯދުމަށެވެ. އެގޮތުން ސުލްހަ އަނބުރާ ގެނައުމަށް އދ. ގެ މެމްބަރުންނަށް އަސްކަރީ ފިޔަވަޅު އެޅޭނެ ކަމަށް އދ. ގެ ޗާޓަރުގައި ބުނާ މާއްދާ ގަރާރުން އުނިކުރި އެވެ.

ގަރާރުގައި ބުނީ ޔޫކްރެއިންގެ އިސްތިގްލާލް ބަލައިގަންނަ ކަމަށާއި ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާ ކަމަށެވެ. އދ. ގެ މެމްބަރު 70 އަށް ވުރެ ގިނަ ގައުމުން އެ ގަރާރު ކޯ-ސްޕޮންސާ ކުރި އެވެ.

ރަޝިއާގެ މަންދޫބު ވަސިލީ ނެބެންޒިއާ ވިދާޅުވީ ގަރާރަކީ ރަޝިއާ އަދި ޔޫކްރެއިނާ ވެސް ދެކޮޅު ގަރާރެއް ކަމަށެވެ.

"ގައުމުތަކަށް އަރައި ހަމަލާ ދިނުމުގައި އަޅުގަނޑުމެންނަށް އެމެރިކާއާ ވާދަކުރަން އުނދަގޫ. އެހެންވީމާ، މި ކަމުގައި ރަނގަޅު ގޮތަކީ މިއީ އޭ ބުނުމުގެ އެއްވެސް ހައްގެއް އެމެރިކާއަކަށް ނެތް."

ޔޫކްރެއިންގެ މަންދޫބު ސާގީ ކިސްލިސްޓާ އެދިވަޑާއިގެންނެވީ ހުރިހާ ގައުމަކުން ވެސް ސުލްހައަށް އެދި ދުއާ ކުރުމަށެވެ.

"ރަޝިއާއިން ބޭނުންވަނީ ހިޓްލަރުގެ ނާޒީ ޕާޓީގެ އަމަލުތަކާ އެއް ގޮތަށް ކުރިއަށް ދާން."

ޗައިނާގެ މަންދޫބު ޒާންގް ޖުންގެ ވާހަކައިގައި މަސައްކަތް ކުރެއްވީ ވަކި ކޮޅަކަށް ވޯޓު ނުދޭން ނިންމި ސަބަބު ސާފުކޮށްދިނުމަށެވެ.

"ރަޝިއާއިން ކަންބޮޑުވާ ސަލާމަތީ މައްސަލަތަކަށް ސަމާލުކަންދީ އެ ކަންކަމާ މެދު ފުރިހަމައަށް އަމަލު ކުރަން ޖެހޭ."

ބެލެވޭ ގޮތުގައި އދ. ގެ މެމްބަރު 193 ގައުމު ހިމެނޭ އާއްމު މަޖިލީހުގައި ވެސް ރަޝިއާއާ ދެކޮޅު ގަރާރަަށް ވޯޓަށް އަހާނެ އެވެ. އެ ގަރާރު ވީޓޯ ކުރުމުގެ ބާރު ރަޝިއާއަށް ނެތުމާ އެކު، ހަނި ގޮތަކަށް ފާސްވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން އަމަލު ކުރުން މަޖުބޫރު ގަރާރެއް ނޫނެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ރަޝިއާއިން ކްރައިމިއާ ހިފުމުން ވެސް އާއްމު މަޖިލީހުން އެފަދަ ގަރާރަކަށް ވޯޓަށް އެހި އެވެ. އެ ފަހަރު ރަޝިއާއާ ދެކޮޅަށް 100 ގައުމުން ވޯޓު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox