ޔޫރަޕުން ކުރާ މަސައްކަތް އިތުރު ކުރަން ޔޫކްރެއިން ރައީސް އެދިއްޖެ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގައުމާ މުހާތަބު ކުރައްވަނީ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގައުމާ މުހާތަބު ކުރައްވަނީ.

ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނަށް އެހީވުމުގެ ގޮތުން ޔޫރަޕުގެ ގައުމުތަކުން ކުރާ މަސައްކަތް އިތުރުކޮށްދޭން ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެދިވަޑައިގެންފި އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާއިން ހަމަލާ ދޭން ފެށުމުން ޔޫކްރެއިނުން ވެސް ދިފާއުގައި ހަމަލާދެމުންދާ އިރު، ހުކުރު ދުވަހު އަސްކަރީ ޓޭންކުތައް ވެރިރަށް ކިޔެވްއަށް އެތެރެވި އެވެ.

ޔޫކްރެއިންގެ އޮފިޝަލުން ބުނީ ހަނގުރާމައިގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ރައްޔިތުންނަށް 18،000 ބަޑި ބަހާފައިވާ ކަމަށެވެ. އޭގެ އިތުރުން ޕެޓްރޯލް ބޮން ހަދާނެ ގޮތުގެ އިރުޝާރު ވެސް ސަރުކާރުން ވަނީ އާއްމުންނަށް ދީފަ އެވެ.

ރަޝިއާއިން ކިޔެވް ހިފުމަށް މަސައްކަތް ކުރަމުންދާ އިރު، ޔޫކްރެއިންގެ އުތުރާއި، ދެކުނާއި، އިރުމަތިން ދެމުންދާ ހަމަލާތައް ވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

ދެ ވަނައަށް އެންމެ ބޮޑު ސިޓީ ހާރްކީވްގައި ހުކުރު ދުވަހު ވެސް ބޮޑެތި ގޮވުންތަކުގެ އަޑު އިވުނު އިރު، ޔޫކްރެއިނުން ބުނީ ރަޝިއާ ސިފައިން އެ ސިޓީއަށް ވަންނަން ކުރާ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށެވެ.

އަޒޯވް ކަނޑުގެ އައްސޭރިފަށުގައި އޮންނަ މުހިއްމު ސިޓީއެއް ކަމަށްވާ މަރިޔުޕޯލް އަށް ރަޝިއާގެ ސިފައިން ދަނީ ވަންނަން މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން ޒްމީނީ ރަށުގައި ތިބި 13 ސިފައިން ރަޝިއާގެ އަސްކަރީ މަނަވަރެއްގެ އެންގުމާ އެއް ގޮތަށް އަމާން ދޭން ދެކޮޅު ހެދުމުން، ބޮން އަޅާ މަރާލާފައިވާ އިރު، އެ މީހުންނަށް ގައުމީ ބަތަލުންގެ ލަގަބު ދޭން ވަނީ ނިންމާފަ އެވެ.

ޔޫކްރެއިނުން ބުނީ ސިފައިންނާއި އާއްމުން ހިމެނޭ ގޮތަށް ޖުމްލަ 137 މީހުން މަރުވެފައިވާ ކަމަށެވެ. ރަޝިއާގެ ފަޅިން އެއްވެސް މީހަކު މަރުވިކަން އިއުލާނުކޮށްފައެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި 100،000 އަށް ވުރެ ގިނަ މީހުން ގެތައް ދޫކޮށް ވަނީ ރައްކާތެރި ހިސާބުތަކަށް މިސްރާބު ޖަހާފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އީޔޫއިން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތައް އެޅި ނަމަވެސް، ބައިނަލްއަގްވާމީ ބޭންކިން ނިޒާމް، ސްވިފްޓުން ރަޝިއާ ވަކިކުރުމަށް ނިންމާފައެއް ނުވެ އެވެ.

ނަމަވެސް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން އިތުރު ކަންކަން ކުރަން ޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް ކައިރީގައި ޔޫރަޕްގެ ގައުމުތަކުން ލަސްނުކޮށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

"މި އަނިޔާވެރިކަން ހުއްޓުވަން ބޭނުންވާ ބާރު ޔޫރަޕުގެ އަތުގައި އެބަ އޮތް."

ޒެލެންސްކީ ވިދާޅުވީ ރަޝިއާއާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅަކާ މެދު ވިސްނަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ސްވިފްޓުން ވަކި ކުރުމާއި، ވިސާ ނުދިނުމާއި، ވައިގެ ސަރަހައްދު ބަންދު ކުރުން ހިމެނޭ ކަމަށެވެ.

ޔޫރަޕްގެ އެހީ އިތުރު ކުރަން ޒެލެންސްކީ ގޮވާލައްވާފައިވާ އިރު، ރަޝިއާއިން ވަނީ މަޝްވަރާ ކުރަން ފުރަތަމަ ފަހަރަށް ޔޫކްރެއިނަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox