ޔޫކްރެއިންގެ ސަރުކާރު ވައްޓާލަން އެ ގައުމުގެ ސިފައިންނަށް ޕުޓިން ގޮވާލައިފި

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭޕީ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭޕީ

މޮސްކޯ، ރަޝިއާ (ފެބްރުއަރީ 25) - ޔޫކްރެއިންގެ ވެރިންނަކީ "ޓެރަރިސްޓުންނާއި ނާޒީންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ގޭންގެއްގެ" ގޮތުގައި ސިފަކުރެއްވުމަށް ފަހު، ސަރުކާރު ވައްޓާލުމަށް އެ ގައުމުގެ ސިފައިންނަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ގޮވާލައްވައިފި އެވެ.

އޭގެ އިތުރުން ބޮޑެތި ސިޓީތަކުގައި މީހުން ދިރިއުޅޭ ހިސާބުތަކުގައި ބަރު ހަތިޔާރު ބޭނުންކޮށް، ރަޝިއާގެ އަސްކަރިއްޔާގެ ރައްދެއް ހޯދުމަށް "ޔޫކްރެއިންގެ ގައުމިއްޔަތައިގެން އުޅޭ މީހުން" މަސައްކަތް ކުރާ ކަމަށް ވެސް ޕުޓިން ތުހުމަތު ކުރެއްވި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ޔޫކްރެއިން އަސްކަރިއްޔާއާ މުހާތަބު ކުރައްވަމުން ޕުޓިން ގޮވާލެއްވީ "ބާރުތައް އަމިއްލަ އަތަށް ނެގުމަށެވެ."

"ނާޒީންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މި ގޭންގާ އެކު އެއްބަސްވުމަކަށް ވުރެ، ޔޫކްރެއިން އަސްކަރިއްޔާއާ އެކު އެއްބަސްވުމަކަށް އަންނަން މާ ފަސޭހަވާނެ ކަމަށް ބެލެވޭ،" ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ސަރުކާރަށް އިޝާރާތް ކުރައްވަމުން ޕުޓިން ވިދާޅުވި އެވެ.

ޖަރުމަނުވިލާތުގައި އެޑޯލްފް ހިޓްލަރު އުފަން ކުރިގެ ނާޒީ ފިކުރަށް ޔޫކްރެއިން ސަރުކާރު ނިސްބަތްވާ ކަމަށް ޕުޓިން ސިފަކުރެއްވި އިރު، ޒެލެންސްކީއަކީ ޔަހޫދީ ދަރިކޮޅުގެ މީހެކެވެ. ހިޓްލަރު ވަނީ ޔަހޫދީންނާ ދެކޮޅަށް ބޮޑު ގަތުލުއާއްމެއް ހިންގާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިނަށް އަރަން ރަޝިއާ ސިފައިންނަށް އަމުރު ކުރެއްވި ޕުޓިން ވިދާޅުވީ "ގައުމިއްޔަތައިގެން އުޅޭ މީހުން" ދަނީ ބޮޑެތި ސިޓީތަކުގައި އާއްމުން ދިރިއުޅޭ ހިސާބުތަކަށް އެއް ފަހަރާ ގިނަ ރޮކެޓުތަކެއް ފޮނުވަން ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ވެރިރަށް ކިޔެވް އާއި އިރުއުތުރުގައި އޮންނަ ހާރްކިވްގެ ނަން ފާހަގަކުރެއްވި އެވެ.

ޔޫކްރެއިންގެ ލީޑާޝިޕުން "އަމަލު ކުރަމުން ދަނީ ޓެރަރިސްޓުންގެ ގޮތުގައި" ކަމަށާއި "ރައްޔިތުންގެ ފަހަތުގައި ފިލައި ތިބީ އާއްމުން މަރުވުމުން އެކަމުގެ އިލްޒާމް ރަޝިއާގެ ބޮލުގައި އަޅުވަންވެގެން" ކަމަށް ވެސް ޕުޓިންގެ ހިތާބުގައި ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ހަގީގަތަކީ މިކަން ކުރަމުން ދަނީ ބޭރުގެ ކޮންޒަލްޓެންޓުން، ވަކިން ހާއްސަ އެމެރިކާގެ ލަފާދޭ ފަރާތްތަކުގެ ނަސޭހަތް އަޑުއަހައިގެންކަން."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox