ރަޝިއާ-ޔޫކްރެއިން ހަނގުރާމަ: ބައެއް މުހިންމު އުސްއަލިތައް

ހަމަލާތަކުން ރައްކާތެރިވުމަށް ކިޔެވްގެ މެޓްރޯ ސްޓޭޝަނަކަށް ވަދެ ތިބި އާއިލާއެއްގެ މެމްބަރުން. -- ފޮޓޯ: އޭއެފްޕީ

ހަމަލާތަކުން ރައްކާތެރިވުމަށް ކިޔެވްގެ މެޓްރޯ ސްޓޭޝަނަކަށް ވަދެ ތިބި އާއިލާއެއްގެ މެމްބަރުން. -- ފޮޓޯ: އޭއެފްޕީ

ރަޝިއާއިން އަވައްޓެރި ޔޫކްރެއިނަށް އަސްކަރީ ހަމަލާތަކެއް ދޭން ފެށީ ބުރާސްފަތި ދުވަހުގެ ފަތިހު އެވެ. ޔޫކްރެއިންގެ އެކި ދިމަދިމާލުގައިވާ ޓާގެޓުތަކަށް މިހާރު ވަނީ ހަމަލާ ދީފަ އެވެ. ތިރީގައި މި ވަނީ މިއަދު ފަތިހުން ފެށިގެން ހިނގި ބައެއް މުހިންމު ކަންކަމެވެ.

ޕުޓިންގެ ނިންމެވުން

ބުރާސްފަތި ދުވަހުގެ ފަތިހާ އެކު ރަޝިއާގެ ވެރިރަށް މޮސްކޯގައި ޓީވީ ޗެނަލްތަކުން ކުއްލިއަކަށް ދައްކަން ފެށީ ރައީސް ލެޑިމިއަ ޕުޓިންގެ ރެކޯޑުކޮށްފައިވާ ހިތާބެކެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.

އުމުރުން 69 އަހަރުގެ ޕުޓިން އިއުލާނު ކުރެއްވި ގޮތުގައި އެމަނިކުފާނު ވާނީ ޔޫކްރެއިނުގައި "އަސްކަރީ އޮޕަރޭޝަނަކަށް" އަމުރު ކުރައްވާފަ އެވެ. އަދި ޔޫކްރެއިންގެ ސިފައިން ހަތިޔާރު ބެހެއްޓުމަށް ވެސް ގޮވާލެއްވި އެވެ.

ހަމަލާތައް ފެށުން

އެ ހިތާބު ޓީވީން ދެއްކިތާ މިނެޓުކޮޅެއްގެ ތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި އެހެން ބޮޑެތި ސިޓީތަކުގައި ވަރުގަދަ ގޮވުންތަކުގެ އަޑު އިވުނެވެ. އެގޮތުން ކިޔެވްގެ އިތުރުން އޮޑެއްސާ، ހާރްކީވް، ކްރަމަޓޯސްކް އަދި މަރިޔުޕޯލްގައި ހަމަލާތައް ދިނެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ހަމަލާތަކުގައި ޓާގެޓް ކުރަނީ އެ ގައުމުގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް ކަމަށެވެ.

ހާރްކީވްގައި ހުންނަ އަސްކަރީ އެއާޕޯޓަކުން ދުން އަރަނީ.
ހާރްކީވްގައި ހުންނަ އަސްކަރީ އެއާޕޯޓަކުން ދުން އަރަނީ.

ހާރްކީވްގައި ހުންނަ އަސްކަރީ އެއާޕޯޓަކުން ދުން އަރަނީ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ހަމަލާދެމުން ދަނީ "ވައިގެ ދިފާއީ ފެސިލިޓީތަކާއި، އަސްކަރީ އެއާފީލްޑްތަކާއި، ޔޫކްރެއިން ސިފައިންގެ ވައިގެ ގޮތްޕަށް" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓާގެޓުތަކަށް ހަމަލާ ދިނީ ބެލިސްޓިކް މިސައިލް، އާޓިލެރީ ޝެލް އަދި ކުދި އެހެނިހެން ގޮވާ ތަކެތިންނެވެ.

ދެ ގައުމުގެ ސިފައިންގެ މެދުގައި ސީދާ ހަމަލާ

ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އުޅޭ ފައުޖުން ބުނީ ރަޝިއާ އާއި ބެލަރޫސް ގުޅޭ ބޯޑަރާ ދިމާލުން ޔޫކްރެއިންގެ ޔުނިޓްތަކާއި ޗެކްޕޮއިންޓްތަކަށް ހަމަލާދެމުންދާ ކަމަށެވެ. އޭގެ އިތުރުން ރަޝިއާއިން ހިފައިގެން އުޅޭ ކްރައިމިއާއާ ދިމާލުން ވެސް ދިޔައީ ހަމަލާދެމުންނެވެ.

ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ބުނީ ޔޫކްރެއިންގެ އިރުމަތީގައިވާ ޝްޗަސްތްޔާ އަވަށުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ.

ޔޫކްރެއިން ދިފާއު ކުރުން

ރައީސް ޒެލެންސްކީ އެންމެ ފުރަތަމަ ވެސް މާޝަލް ލޯ ތަންފީޒުކޮށް، ރައްޔިތުން ހަމަޖެހިގެން ތިބުމަށް އެދިވަޑައިގެންނެވި އެވެ. ގައުމު ދިފާއު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔޫކްރެއިންގެ ސިފައިން ބުނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުން ރަޝިއާގެ ފަސް ފްލައިޓް އަދި ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.

އެކްޓް ކުރުމުން ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވި ޒެލެންސްކީ ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ފޯނުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ބައިޑެން ވިދާޅުވީ ދުނިޔެއިން ރަޝިއާ ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އެމެރިކާ އާއި އެހެން ގައުމުތަކުން އަޅާނެ ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް މިއަދު އިއުލާނު ކުރާނެ އެވެ.

ދުނިޔޭގެ ބާޒާރަށް ލޮޅުންތައް

ރަޝިއާގެ ހަމަލާގެ ހަބަރާ އެކު ދުނިޔޭގެ މާލީ މާކެޓަށް އަސަރު ކުރި އެވެ. ޓޯކިޔޯ، ހޮންކޮން އަދި ސިޑްނީގައި ހިއްސާގެ ބާޒާރަށް ލޮޅުންތައް އަރައި، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މަތިިވި އެވެ.

މޮސްކޯ އަދި ސެއިންޓް ޕީޓާޒްބާގްގެ ސްޓޮކް އެކްސްޗޭންޖް މުއްދަތެއް ނެތް ގޮތަށް ބަންދު ކުރި އިރު، ރަޝިއާ ފައިސާގެ އަގު ނުވަ ޕަސެންޓު ވެއްޓުނެވެ.

ޔޫކްރެއިނާއި ރަޝިއާގެ ދެކުނު ސިޓީތަކުގެ ވައިގެ ސަރަހައްދުން ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox