ޔޫކްރެއިންގައި ދިވެހިން ތިބި ސިޓީއަށް ވެސް ބޮޑެތި ހަމަލާތަކެއް!

ޔޫކްރެއިންގައި ދިވެހިން ތިބި ސިޓީއަކަށް މިއަދު ހެނދުނު ހަމަލާ ދެނީ -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގައި ދިވެހިން ތިބި ސިޓީއަކަށް މިއަދު ހެނދުނު ހަމަލާ ދެނީ -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާނު ކުރެއްވުމާ އެކު ބުރާސްފަތި ދުވަހުގެ ފަތިހު ދޭން ފެށި ހަމަލާތަކުގައި ދިވެހިން ތިބި ކާކިވް ސިޓީއަށް ވެސް ބޮޑެތި ހަމަލާތަކެއް ދެމުން އެބަ ދެ އެވެ.

ވެރިރަށް ކިޔެވްގެ އިތުރުން އެހެން ބޮޑެތި ސިޓީތަކަށް އެއް ވަގުތެއްގައި ހަމަލާދެމުން ދާއިރު، އޭގެ ތެރޭގައި ރަޝިއާގެ ބޯޑަރާ 35 ކިލޯމީޓަރު ދެކުނުން އޮންނަ ބޮޑު ސިޓީއެއް ކަމުގައިވާ ކާކިވްގައި ވެސް ގިނަ ގޮވުންތަކެއްގެ އަޑު އިވުނެވެ.

ޔޫކްރެއިންގައި ތިބި ދިވެހިން އެ މީހުންގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މީހުން ދިރިއުޅެނީ ކާކިވް ސިޓީގައި ކަމަށާއި "ކަމެއް ވެއްޖެއްޔާ ފުރަތަމަ އޭގެ އަސަރު ކުރާނީ މި ސިޓީ އަށް" ކަމަށެވެ.

ޔޫކްރެއިނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި އަދިވެސް ވަރަށް ގިނަ ކުދިން އެބަ ތިއްބެވެ. އެ އަދަދު ގާތްގަނޑަކަށް 40 މަތިވާނެ ކަމަށް ބެލެވެ އެވެ. އެ ގައުމުން ދިވެހިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮތީ އަންގަވައިފަ އެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ޔޫކްރެއިނުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޔޫކްރެއިނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު އާއްމު ދަތުރުތަކަށް ބަންދުކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުބެލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ކުރިމަތިވެފައި ވަނީ "އެންމެ ފުރިހަމަ ސްކޭލްގެ ހަމަލާއެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox