ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއް އިއުލާނުކޮށް، ޔޫކްރެއިންގެ ވެރިރަށާއި ބޮޑެތި ސިޓީތަކަށް ހަމަލާ ދޭން ފަށައިފި

ޔޫކްރެއިނާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރީގައި ހަމަލާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިނާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރީގައި ހަމަލާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ބުރާސްފަތި ދުވަހުގެ ފަތިސް ވަގުތާ ދިމާކޮށް ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި އެހެން ބައެއް ބޮޑެތި ސިޓީތަކަށް ހަމަލާ ދޭން ފަށައިފި އެވެ.

ކިޔެވް އާއި އެހެން ސިޓީތަކުގައި ބޮޑެތި ގޮވުންތަކުގެ އަޑު އިވެމުންދާ އިރު، އޭގެ ކުޑައިރުކޮޅެއް ކުރިން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން އިއުލާނު ކުރައްވައިފަ އެވެ.

ޔޫކްރެއިނަށް ހަމަލާދޭން ފެށިއިރު މިހާރު އެންމެ ވަރުގަދައަށް ހަމަލާދެމުންދާ ރަޝިއާ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވް ސިޓީގައި އަދިވެސް ފަސް ދިވެހިން އެބަތިއްބެ އެވެ. އެ ގައުމުން ދިވެހިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮތީ އަންގަވައިފަ އެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއުވާން މުހައްމަދު ވިދާޅުވީ ހާރްކީވްގައި ތިބި ފަސް ދިވެހިން ވެސް ތިބީ ރައްކާތެރި ހިސާބެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ހާރްކީވް ހިމެނޭ ގޮތަށް ޔޫކްރޭންގައި ޖުމްލަ 50 އަކަށް ދިވެހި ދަރުވަރުން ތިބި ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ ބްލެކް ސީގެ އައްސޭރިފަށުގައިވާ މުހިއްމު ޕޯޓް ސިޓީއެއް ކަމުގައިވާ އޮޑެއްސާގައި ވެސް ގޮވުންތަކެއްގެ އަޑު އިވިފަ އެވެ. ގޮވުންތަކުގެ އަޑުފަށްގަނޑާ އެކު ކިޔެވްގައި ފުލުހުންނާއި އެމްބިއުލޭންސްގެ ސައިރެންގެ އަޑު ވެސް އިވެމުން ދިޔަ އެވެ.

ރަޝިއާގެ ބޯޑަރާ 35 ކިލޯމީޓަރު ދެކުނުން އޮންނަ ބޮޑު ސިޓީއެއް ކަމުގައިވާ ކާކިވްގައި ވެސް ގިނަ ގޮވުންތަކެއްގެ އަޑު އިވުނެވެ.

ޔޫކްރެއިންގެ އިރުމަތީގައި ސަރުކާރުގެ މައި ސިޓީއެއްގެ ގޮތުގައި އޮންނަ ކްރަމަޓޯސްކް އިން ވެސް ބޮޑު ހަތަރު ގޮވުން ނޫސްވެރިން ރިޕޯޓުކުރި އެވެ. އޭގެ އިތުރުން އިތުމަތީގެ ޕޯޓް ސިޓީ މަރިއުޕޯލް އިން ވެސް ގޮވުންތަކުގެ އަޑު އިވުނެވެ.

ޔޫކްރެއިނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު އާއްމު ދަތުރުތަކަށް ބަންދުކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުބެލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ކުރިމަތިވެފައި ވަނީ "އެންމެ ފުރިހަމަ ސްކޭލްގެ ހަމަލާއެއް" ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ ---

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox