އަމިއްލަ އެޕާޓްމަންޓެއްގައި ދިރިއުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރަނުގެ ފުރުސަތެއް!

Feb 24, 2022, 1:52 AM
ސޮލިޓެއާގެ އެޕާޓްމަންޓެއްގެ ބަދިގެ

ސޮލިޓެއާގެ އެޕާޓްމަންޓެއްގެ ބަދިގެ

މާލެ ސަރަހައްދުގައި އަމިއްލަ ވެހިކަލް ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް މިހާރު ވަނީ ވެފަ އެވެ. މަގުތަކުގެ ދަތިކަމުގެ އިތުރުން ޕާކުކުރާނެ ޖާގައެއް ނޯވެ އެވެ. ދާންވާ ތަނަށް ދެވުމުން ނިމުނީއެއް ނޫނެވެ، ބްލޮކް ވަށާ ދުއްވާ ޕާކު ކުރާނެ ތަންކޮޅެއް ހޯދުމުގެ މަސައްކަތް ކުރަންވެސް އިރުތަކެއް ނަގަ އެވެ. ޕާކްކޮށްފައިވާ ސައިކަލް ނެރުމަކީވެސް ހަމައެހާ ދަތި ކަމެކެވެ.

ހުޅުމާލެގެ ފިތުރޯނު މަގުގައި ތަރައްގީ ކުރަމުން އަންނަ ސެންޑަލް މޮރިޝަސްގެ ސޮލިޓެއާ އަކީ މި ހުރިހާ ކަމަކުން ދުރުގައި ސިޓީއަކުން ލިބޭ ހުރިހާ ހިދުމަތާއި ފައިދާއާއި އެކު ޖާގައާއި ހިތްފަސޭހަކަންވެސް ތިޔާގި ތަނެކެވެ. ސެންޑަލް މޮރިޝަސް ތަރައްގީކުރަނީ ލޮވަ އަދި އަޕަ ގްރައުންޑް ފްލޯގައި ކާރާއި ސައިކަލް ޕާކުކުރާނެ ޖާގަތަށް ހިމަނައިގެންނެވެ.

އާއިލާއާއިކު ދިރިއުޅުން ބިނާކޮށް އުފަލާއި އަރާމުގައި ދުވަސްތައް ހޭދަކުރާނެ އަމިއްލަ ތަނެއް ލިބުމަކީ ކޮންމެ މީހަކުވެސް ދެކޭ ހުވަފެނެކެވެ. ކޮންމެ ގޮތަކުން ވިސްނިޔަސް ސޮލިޓެއާ އަކީ އެފަދަ ޑްރީމް ހޯމްއަކަށް ފުދޭ ތަނެކެވެ. ސޮލިޓެއާ ފަރުމާކޮށް ތަރައްގީކުރަމުން އަންނަނީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމަކަށް ބަލައިގެންނެވެ. ނިއު ދިއްލީގެ އެސޮޓެކް ރިއަލްޓީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ސެންޑަލް މޮރިޝަސްއަކީ އޮފީސް ކޮމްޕްލެކްސް، ޝޮޕިން މޯލް އަދި ލަގްޝަރީ އެޕާޓްމަންޓްފަދަ ޕްރޮޕަޓީތައް ތަރައްގީ ކުރުމުގައި ކާމިޔާބު ދިގު މާޒީއެއް އޮތް އިތުބާރުހުރި ކުންފުންޏެކެވެ. މިތަޖުރިބާގެ އަލީގައި ތަރައްގީކުރާ އެޕާޓްމަންޓް ކޮމްޕްލެކްސްތަކަކީ ދިރިއުޅުމުގެ ފެންވަރާއި ފަރުމާ ފުރިހަމަ ތަންތަނެވެ.

ސޮލިޓެއާގައި އިމާރާތުގެ އެތެރޭގައި ކަސްރަތުކުރާ ޖިމެއް ހުރެ އެވެ. އެންމެ ފަހުގެ ކަސްރަތު އިކުއިޕްމަންޓާއި އެކު ހަދާ މި ޖިމަކީ ޓެރަސް ފްލޯގައި ހުންނަ، ސޮލިޓެއާގައި ދިރިއުޅޭ މީހުންނަށް ކޮންމެ ވަގުތެއްގައި ވެސް ބޭނުންކުރެވޭނެ ތަނެކެވެ. ޖިމްގެ އިތުރުން ޓެރަސް ފްލޯގައި އިންފިނިޓީ ޕޫލެއްވެސް ހުންނާނެއެވެ. ޓެރަސްގެ މިހިތްގައިމު މަންޒަރާއެކު ކަސްރަތު ކުރުމަކީ އިތުރު ހިތްހަމަޖެހުމެއް ލިބިދޭނެ ކަމެކެވެ.

ސޮލަޓެއާގެ ފުރިހަމަ ފާހާނާ
ސޮލަޓެއާގެ ފުރިހަމަ ފާހާނާ

ސޮލަޓެއާގެ ފުރިހަމަ ފާހާނާ

ކަސްރަތު ނިންމާލުމަށް ފަހު ސޮލިޓެއާގެ ޑިލަކްސް އެޕާޓްމަންޓައް އެނބުރި ގޮސް ފުރަތަމަ ވެސް ބޭނުން ވާނީ ފެންވަރާލާ އަރާމުކޮށްލާށެވެ. ސޮލިޓެއާ އެޕާޓްމަންޓްތަކުގެ ފާހަނާއަކީ ވެސް އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ތަންތަނެވެ. ރީތި ލަގްޝަރީ ތަނެއްގައި، ފެންވަރާލުން ފަދަ އާދައިގެ ކަމެއް ކޮށްލުމަކީވެސް ހާއްސަކަމާއި ހިތްގައިމުކަން އިހުސާސުކުރެވޭ ކަމެކެވެ.

ފެންވަރާލައިގެން އަރާމު ކޮށްލުމަށް ދެން ބޭނުންވަނީ ކަސްރަތަށްފަހު ކާލާނެ ދުޅަހެޔޮ ކެއުމެކެވެ. ސޮލިޓެއާގައި ބަދިގެއަކީ ކެއްކުމަށާއި ވަގުތު ހޭދަކޮށްލުމަށްވެސް އެހާމެ އެކަށޭނަ ތަނެކެވެ. ޖާގަ ތަނަވަސްވެފައި ފަސޭހަ ވުމުގެ އިތުރުން އެހާމެ ރީއްޗެވެ. ބަދިގޭގައި އެންމެ ފަހުގެ އާލާތްތައް ހުންނާނެއެވެ. ކައްކާ އިރު ގޭތެރޭގައި ވަސް ނުހިފާނެހެން އެކްސްޓްރެކްޓަ ފޭންވެސް ހުންނާނެ އެވެ.

ކާން ތައްޔާރުވުމުން ކާމޭޒު ކައިރީގައި ހަމަޖެހިލައިގެން ކާލަންވީއެވެ. ނުވަތަ ސިޓިން ރޫމުގެ ބެލްކަނިން ފެންނަ ރީތި މަންޒަރާއި އެކު ކާއެއްޗިއްސަށް އިންސާފު ކޮށްލެވިދާނެއެވެ.

އިރު އޮއްސޭ ވަގުތަކީ ހާއްސަކޮށް ސޮލިޓެއާގެ ހިތްގައިމުކަން ފާހަގަވެގެންދާނެ ވަގުތެކެވެ. އެޕާޓްމަންޓްގެ އެތެރެއަށް ބޮޑެތި ބިއްލޫރި ދޮރުތަކުން އިރުއޮއްސުމުގެ ކުލަވަރު ފާއްދާލާއިރު ދުވަހުގެ ނިމުން އަންނާނީ ހިތްހަމަޖެހުމާއެކުއެވެ. އަދި އެޕާޓްމަންޓްގެ ބެލްކަނީގައި ހުންނަ އިރު ކުރިމަތިން އޮންނަ ފަޅު ތެރެއަށް އިރު އޮއްސިގެންދާ މަންޒަރު ފެނުމުން ކޮންމެ ދުވަހެއްގެ ނިމުން ހާއްސަވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox