ކުށްކުރަން ރާއްޖޭގައި ތިބެން ދިވެހިންނާ ކައިވެނިކުރާ ބިދޭސީން އުޅޭ: އިމިގްރޭޝަން

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބައެެއް ބިދޭސީންނަކީ އުޅެން ފަަސޭހައަކަށް ކައިވެނިކުރާ ބައެެއް ކަމަށާއި އެފަދަ ބައެއް މީހުން ރާއްޖޭގައި ބޮޑެތި ކުށްތައް ކުރާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބައެެއް ބިދޭސީން، ހަށިވިއްކުން ފަދަ ކުށްތައް ކުރުމުގައި އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

"މެރިޖް އޮފް ކޮންވީނިއެންސް" ގައި ނުވަތަ އުޅެން ފަސޭހައަކަށް ކައިވެނިކުރާ ބިދޭސީން ކައިވެނިކުރަނީ ހާއްސަކޮށް އުމުރުން ދުވަސްވީ ދިވެހިންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަރާތްތައް، މި ތުހުމަތު ކުރެވެނީ ހަށިވިއްކުމުގަޔާ އެކަަހަލަ ކަންކަމުގައި އުޅޭކަމަށް. ދިވެހިންނާ، މެރިޖް އޮފް ކޮންވީނިއެންސްގެ ގޮތުގައި [އުޅެން ފަސޭހަކައަށް] ކައިވެނިކޮށްގެން އުޅޭ ފަރާތްތައް މި ފާހަގަކުރެވެނީ. ހާއްސަކޮށް އުމުރުން ދުވަސްވީ ބައެއް ބޭފުޅުންނާ ކައިވެނިކޮށްގެން، މިކަހަލަ ކައިވެނިތަކުގެ ތެރޭން،" ޝިފާން ވިދާޅުވި އެވެ.

އެފަދަ ތުހުމަތެއް ކުރެވުނަސް، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކު ރާއްޖޭން ފޮނުވައިލުމުގައި ކުރިމަތިވާ ގޮންޖެހުންތަކެއް ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމާ ބެހޭ ގޮތުން އިމިގްރޭޝަނުން ފުލުހުންނާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިސާ ކެންސަލް ކުރަން ބަލާއިރު އަޅުގަނޑުމެންނަށް މިވާ ގޮތަކީ އެކައިވެނީގައި، ގިނަ ދުވަސްވެފައި ތިބި ކައިވެނިވީމާ ކުދިން އެބަތިބޭ. އެެހެންވީމާ، ބައްޕައެއް ނުވަތަ މަންމައެއް ފޮނުވައިލަންވީމާ އެެފަދަ މައްސަލަތައް ކުރިމަތި އެބަވޭ،" ޝިފާން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ބިދޭސީން ދިވެހިންނާ ކައިވެނިކުރާ އިރު އެ ބިދޭސީއަކީ ރާއްޖޭގައި ގާނޫނާ ގަވައިދާ އެއްގޮތަށް އައިސްހުރި މީހެއްތޯ ކޯޓުން ބަލާ ކަމަށެވެ. ކޯޓުން ކައިވެންޏެއް ކޮށްދެވީ އިމިގްރޭޝަނުން ހުއްދަ ދިނީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް, އެފަދަ ބައެއް ކައިވެނިތަކުން ނާޖާއިޒް ފައިދާ ނަގާ ބިދޭސީން އުޅޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox