ނަދީމްގެ މަރު: ހަތަރު އަހަރަށްފަހު ޝަރީއަތް ނިމި، އަންނަ މަހު ހުކުމް ކުރަނީ

ނަދީމްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން: ހުލާސާ ބަޔާނަށް ފަހު މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މައްސަލަ ހުށަހެޅުނުތާ ހަތަރު އަހަރަށްފަހު -- ފޮޓޯ: ސްކްރީން ކެޕްޗާ

ނަދީމްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން: ހުލާސާ ބަޔާނަށް ފަހު މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މައްސަލަ ހުށަހެޅުނުތާ ހަތަރު އަހަރަށްފަހު -- ފޮޓޯ: ސްކްރީން ކެޕްޗާ

ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުލަތާއި، ދިފާއުގެ ހެކިތަކުގައި ހުރި އެތައް ފުށުއެރުމެއް ފާހަގަކޮށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ އަޑުއެހުންތައް ހަތަރު އަހަރަށްފަހު، ނިންމާލައިފި އެވެ.

އެ ކެފޭ ތެރޭގައި ނަޑޭ އިންދައި މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލީ 2017 ޖުލައި 27 ވަނަ ދުވަހުގެ ރޭ 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އެ މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

ދިފާއީ ހެކިވެރިންގެ ހެކިބަސް ދިމާ ނުވާކަން ފާހަގަކޮށް، ދައުލަތުން ހުލާސާބަޔާން އިއްވަމުން ވަނީ އެމީހުން މުޅި ހާދިސާ އޮޅުވާޅުމަށް މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ. ނަދީމްގެ ގާތިލުންގެ ތުހުމަތުވާ މީހުން އެވަގުތު އެ ސަރަހައްދަށް ގޮސްފައި ނުވާކަން ދެއްކުމަށް ދިފާއީ ހެކިވެރިން މަސައްކަތް ކުރި ކަމަށް ދައުލަތުގެ ވަކީލު ފާތުމަތު މީޝާ ތުހުމަތުކުރެއްވި އެވެ.

ނަމަވެސް ޓައިމް ސްޓޭމްޕްއާ އެކު ހުށަހަޅާފައިވާ ސީސީޓީވީ ފޫޓޭޖްތަކުން އެ ވާހަކަ ނަފީކުރެވޭކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަަދި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓުންނާއި، ފޮޓޯ ރިޕޯޓުންނާ ހެކިންގެ ހެކިބަހުން އެ މީހުން އެވަގުތު ޓާމިނަލް ކެފޭއަށް ދިޔަކަން ސާބިތުކުރެވޭނެ ކަމަށް މީޝާ ދެކެ އެވެ.

ދައުލަތުގެ އެ ނުކުތާއަށް ރައްދު ދެމުން ދިފާއީ ވަކީލް ނޫރުއްސަލާމް ވަނީ އެ މައްސަލާގައި ދައުލަތުގެ ވަކީލު ދައްކާފައިވާ ބައެއް ވާހަކަތައް ދިމާނުވާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ސީޓީވީ ފޫޓޭޖްތަކަށް ހަވާލާދީ، އެ ހާދިސާ ހިނގި ދުވަހުގެ އިރުއޮއްސި 18:25 ގައި އެ މައްސަލާގައި ތުހުމަތުވާ މީހުން ނަދީމް މަރާލުމަށްފަހު ގަލޮޅު ފުޓްބޯޅަ ދަނޑާ ދިމާލުން މަޖީދީ މަގަށް ނިކުމެވޭ ޝަބްނަމް މަގުން ފެންނަ ކަމަށް ދައުލަތުން ކުރީގެ އަޑުއެހުންތަކުގައި ފާހަގަކުރި ނަމަވެސް، މިއަދު ހުލާސާ ބަޔާން އިއްވަމުން އެ ވަގުތު އެމީހުން ތިބީ ޝަބްނަމް މަގުން މަޖީދީ މަގަށް ނިކުމެ، ރެޑްވޭވް ފިހާރަ ކައިރީ ކަމަށް ބުނެފައިވާކަން ދިފާއުން ފާހަގަކުރި އެވެ.

އަދި ފޮޓޯ ރިޕޯޓް ތައްޔާރު ކުރި އޮފިސަރުގެ ވަނަވަރާއި ، ސެޓްފިކެޓްތައް ލިޔުމުން ޝަރީއަތަށް ހުށަހަޅާފައި ނުވާތީ އޭނާގެ ގާބިލްކަމާ ވެސް ދިފާއުން ސުވާލު އުފެއްދި އެވެ.

ދައުވާ ލިބޭ މަފާޒް ޓާމިނަލް ކެފޭ ތެރެއަށް ވަދެ، ނަދީމުގެ ބޮލުގެ ވާތްފަރާތަށް ވަޅި ހަރާލި މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސް ދީފައިވާ ދެ ސިއްރު ހެކިވެރިން ހެކިބަހުން ރުޖޫއަވުމަށް ސިޓީ ފޮނުވާފައިވާތީ، އެ މައްސަލާގައި ދައުލަތުގެ ވާހަކަތަކަށް ދެވޭ ބަރުދަން ދަށްވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިއްރު ހެކިވެރިޔާ 1 އަދި 2 ފޮނުވި ސިޓީގައި ވަނީ ޓާމިނަލް ކެފޭ ތެރެއިން ފެނުނީ މަފާޒްކަން ޔަގީންނުވެ ހެކިބަސް ދެވުނު ކަމަށް ބުނެފަ އެވެ. އެ ސިޓީގައި ދެމީހުން ސޮއިކޮށްފައިވާއިރު، އެ ދެ މީހުންގެ ފިންގާ ޕްރިންޓްވެސް ޖަހާފައި ވެއެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި އެ ސިޓީގެ މައިގަނޑުގައި އެއްވެސް ބަދަލެއް ނެތުމުން، އެއީ އެމީހުންނަށް ނުފޫޒު ފޯރުވައިގެން ކުރި ކަމެއް ކަމުގައި ބެލުމުގެ އިހްތިމާލު އެބައޮތެވެ. އެއީ ހެކިބަހަށް ފަހު ގިނަ ދުވަސްތަކެއް ފަހުން އެ ސިޓީ ފޮނުވާފައި ވާތީ އެވެ.

މަފާޒް ހުރީ މާސްކެއް އަޅައިގެން ކަމަށް ދައުލަތުގެ އެއް ހެކިވެރިއަކު ބުނާއިރު، އަނެއް ހެކިވެރިއާ މަފާޒު ހުރީ ސްކާފެއް އައްސައިގެން ކަމަށް ބުނެފައިވާކަން ދިފާއުން ފާހަގަކޮށްފައި ވެއެވެ. އަދި ބޮލާއި މޫނު ނިވާވާ ގޮތަށް މޫނުން ތިރިއަށް ވައްޓާލާނެ މާސްކެއް އަޅައިގެން އޭނާ ހުރި ކަމަށް ދައުލަތުން ބުނާއިރު، ސިއްރު ހެކިވެރިންނަށް މަފާޒުގެ މޫނު ފެނުނު ގޮތާ މެދު ދިފާއުން ސުވާލު އުފެއްދި އެވެ.

މީގެ އިތުރުން ހަމަލާދިން ވަޅި ކުށުގެ ވެށިން ފެނިފައިވާއިރު، އެ ވަޅިންނާއި، އެ ސަރަހައްދުން ފެނުނު ލޭ ހުރި ގަމީހާއި ޓީޝާޓުން ޑީއެންއޭ ނަގާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ތަކެތިން ފިންގާ ޕްރިންޓް ވެސް ހޯދަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަކޮށް، ދިފާއުން ވަނީ ފުލުހުންގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ، ގިނަ ކަންކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

އެ ގަތުލުގައި ބައިވެރިވި ކަމުގެ ތުހުމަތުކުރާ ޝާމިންއާ، ކަރަމްއާ، ނިފާޒްއަށް ކުރާއިރު، އެމީހުން ކުރި އަމަލެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށާއި، ހަރުދަނާ ވަރުގަދަ ހެއްކެއް އެމީހުންގެ މައްޗަށް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ދިފާއުން ބުންޏެވެ.

އެހެންވެ އެ މައްސަލަ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދިނުމުގެ ބުރަ ދައުލަތަަށް އަދާކުރެވިފައި ނުވާ ކަމަށް ދިފާއުން ގަބޫލުކުރެ އެވެ. ނަމަވެސް, ގަސްތު މަރެއްގެ ހުރިހާ ރުކުނެއް އެ މައްސަލާގައި ސާބިތުވާ ކަމަށް، އިސްލާމީ ޝަރީއަތަށް ހަވާލާދީ ދައުލަތުން މިއަދުގެ އަޑުއެހުމުގައި ފާހަގަކުރި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ ހުސައިން ފާއިޒް ވިދާޅުވީ އަންނަ މަހުގެ 31 ވަނަ ދުވަހު އެ މައްސަލާގައި ހުކުމް ކުރެއްވުމަށް އަޑުއެހުމެއް ތާވަލް ކުރައްވާފައި ވާނެ ކަމަށެވެ. އަދި އޭގެ ކުރިން މައްސަލަ ދިރާސާކުރައްވާއިރު ސާފުކުރަން ބޭނުންވާ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

މައްސަލާގައި ދައުލަތުން ދެއްކި ވާހަކަތައް

ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ.

އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.

މެޑިކަލް ލީގަލް ރިޕޯޓްތަކަށާއި، މަރުގެ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހަށް ހަވާލާދީ ދައުލަތުން ބުނީ ނަދީމް މަރުވީ އޭނާގެ ސިކުނޑީގެ ފަހަތުބައި، ބޮލުގެ ނާށިގަނޑުން ބޭރަށް ނިކުމެ، ފުން ޒަހަމްތަކަކާއި އެކު ސިނކުޑިއަށް ލޭ އެޅިފައި ވާތީ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއެކު ނިކުމެގެން ގޮސްފައިވަނީ އަލީ ނިފާޒް އެވެ. އޭނާ އެހެން މީހަކަށް ހަމަލާދޭން ދިޔަ ކަމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުންޏެވެ. އެވާހަކައަކީ މީގެ ކުރިން ޝަރީއަތުގެ އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކައެއް ނޫނެވެ.

މީގެ އިތުރުން ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ. ޓާމިނަލް ކެފޭއަށް ވަން މަފާޒާއި ނިފާޒް ފިލި ކަމަށް ދައުލަތުން ބުނަނީ އެ ދެމީހުން ބަލައި އައި ދެ ސައިކަލެއްގެ ފަހަތުގަ އެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލުގައި އެކަނި ކަމަށް ބުނެ އެވެ. އެފަދައިން ޝަރީއަތުގެ މަރުހަލާގެ ހުރިހާ އަޑުއެހުމެއްގައި ބުނި ނަމަވެސް މިއަދު ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ކަރަމްގެ ފަހަތުގައި 18 އަހަރު ނުވާ ކުއްޖާ އިން ކަމަށް ބުނެފަ އެވެ.

މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. އެ މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދާތީ، ކުށުގައި ތުހުމަތުވާ މީހުން ދޫކުރުމަށް ދައުލަތުން އުޒުރުވެވީ، އެމީހުންގެ ފަރާތުން އަދިވެސް މުޖްތަމައުއަށް ނުރައްކާ އޮތް ކަމަށް ބުނެ އެވެ.

އެހެންވެ ހުލާސާ ބަޔާނަށްފަހު ބޭއްވި ބަންދު މުރާޖާގެ އަޑުއެހުމުގައި ގާޒީ ކަނޑައެޅީ އެމީހުން ދޫނުކުރުމަށެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox